އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް ޖުލައި 27 ގައި ފަށަނީ

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މެޗެއްގެ ތެރެއިން.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މެޗެއްގެ ތެރެއިން.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މުޅި ރާއްޖެ އަށް ބާއްވާ ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް އަންނަ ޖުލައި 27 ވަނަ ދުވަހު ފަށަން ނިންމައި، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ. 

އެފްއޭއެމް އިން ނިންމާފައި އޮތީ، މިހާރު ރާއްޖޭގެ ފުޓްބޯޅައިގެ އޮނިގަނޑު ވެސް ކުރިއަށްގެންދާ އުސޫލުން ހަތަރު ރީޖަނަކަށް ބެހުމަށް ފަހު ފުޓްސަލް މުބާރާތް ކުރިއަށްގެންދިއުމަށެެވެ. މިއީ، މި ގޮތަށް ރަށްރަށަށް ހުޅުވާލައިގެން އެފްއޭއެމް އިން ބާއްވާ ފުރަަތަމަ ފުޓްސަލް މުބާރާތެވެ. 

އެފްއޭއެމުން އިއުލާނުކޮށްފައިވާ ގޮތުން، ހަތަރު ޒޯނަކަށް ރާއްޖެ ބަހާލާއިރު، ނޯތު ރީޖަންގައި ހިމެނެނީ، ހއ. ހދ. ށ، ނ، ރ، ބ، ޅ، ކުޅުދުއްފުށި ސިޓީ އެވެ. އަދި، ސެންޓްރަލް ރީޖަންގައި ހިމެނެނީ، ކ، އއ، އދ، ވ، މ، ފ، ދ އެވެ. ސައުތު ރީޖަންގައި ތ، ލ، ގއ، ގދ، ތިނަދޫ، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ ހިމެނޭއިރު، ދެން އޮންނާނީ، މާލެ ރީޖަން އެވެ. އެއީ، މާލެ ސިޓީ ކްލަބުތައް، ދެ ވަނަ ޑިވިޝަނުގެ ކްލަބްތައް، ތިން ވަނަ ޑިވިޝަނުގެ ކްލަބްތަކެވެ.

Advertisement

ޖުލައި މަހު ފަށާ އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް އޮންނާނީ ކޮންމެ އަތޮޅަކުން ބައިވެރިވާ ޓީމުަތަކުގެ އަދަދުން ހޯސްޓްކުރާނެ ރަށެއް ކަނޑައަޅައިފަ އެވެ. ކޮންމެ އަތޮޅެއްގެ ޗެމްޕިއަނާއި ރަނަރަޕަށް ޒޯން ޗެމްޕިއަންޝިޕް ނޫނީ ރީޖަނަލް ލީގު ކޮލިފިކޭޝަނުން ޖާގަ ލިބޭނެ އެވެ.

އެ ގޮތުން، ނޯތު ރީޖަންގެ ޒޯން އެކެއްގައި ކުޅޭނީ ހއ، ހދ، އަދި ށ ގެ ޓީމުތަކެވެ. އަދި ނޯތު ރީޖަން ޒޯން ދޭއްގައި ކުޅޭނީ، ނ،ރ، ބ އަދި ޅ. ގެ ޓީމުތަކެވެ. ސެންޓްރަލް ރީޒަނުގެ ޒޯން އެކެއްގައި ކ. އއ، އަދި އދ. އަތޮޅު ކުޅޭއިރު، ޒޯން ދޭއްގައި ވާދަކުރާނީ ވ، މ، ފ އަދި ދ ގެ ޓީމުތަކެވެ. މާލެ ރީޖަންގައި، މާލެ، ވިލިމާލެ އަދި ހުޅުމާލެ ކުޅޭއިރު، ސައުތު ރީޖަންގެ ޒޯން އެކެއްގައި ތ، ލ، އަދި ގއ ވާދަކުރާނެ އެވެ. އަދި، ޒޯން ދޭއްގައި، ގދ، ޏ އަދި އައްޑޫ ސިޓީގެ ޓީމުތައް ކުޅޭނެ އެވެ. 

ކޮންމެ ރީޖަނެއްގެ ޗެމްޕިއަން ޓީމު އެފްއޭއެމްގެ ފުޓްސަލް ނެޝަނަލް ޗެމްޕިއަންޝިޕަށް ކޮލިފައިވާނެ އެވެ. އަދި، ކޮންމެ ރީޖަނެއްގެ ޗެމްޕިއަަންގެ މެދުގައި މުބާރާތެއް ކުޅުމަށް ފަހު ރާއްޖޭގެ ޗެމްޕިއަން ޓީމު ކަނޑައެޅޭނެ އެވެ. އަދި، ނެޝަނަލް ޗެމްޕިއަންޝިޕަށް ކޮލިފައިވާ ހަތަރު ޓީމު، 2027 ވަނަ އަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގައި ކުޅޭނެ އެވެ.  

މީގެ އިތުރުން، އަތޮޅު ޗެމްޕިއަންޝިޕްގައި ބައިވެރިވާ ރަށްތަކުގެ ޓީމުތަކަށް ކުޅޭ ދިވެހި ކުޅުންތެރިން ވާން ޖެހޭނީ އެ ރަށެއްގެ ރަޖިސްޓްރީގައި ހިމެނޭ ކުޅުންތެރިންނަށެވެ. އަދި ކޮންމެ ރަށެއްގެ ޓީމެއްގައި ބިދޭސީ އެއް ކުޅުންތެރިއަކު ހިމެނުމުގެ ފުރުސަތު ލިބޭނެއެވެ. ޒޯން/ރީޖަނަލް ޗެމްޕިއަންޝިޕަށް ކޮލިފައިވާ ޓީމުތަކުން އެ މުބާރާތަށް އަލުން ޓީމު ލިސްޓް ހުށަހެޅުމުގެ ފުރުސަތު ލިބޭނެއެވެ. އަދި ޒޯން/ރީޖަނަލް ޗެމްޕިއަންޝިޕަށް ހުށަހަޅާ ޓީމް ލިސްޓުގައި ބިދޭސީ އެއް ކުޅުންތެރިއަކު އަދި ރަށުން ބޭރު ދިވެހި އެއް ކުޅުންތެރިއަކު ހިމެނުމުގެ ފުރުސަތު ކޮންމެ ޓީމަކަށްވެސް ލިބޭނެ އެވެ. 

އެފްއޭއެމް އިން ހަމަޖައްސާފައިވަނީ މުބާރާތުގައި ބައިވެރިވުމުގެ ފީގެ ގޮތުގައި ހަތް ހާސް ރުފިޔާ އެވެ. ބައިވެރިވުމުގެ ފަހުގެ ތާރީހަކީ އަންނަ މަހުގެ 14 ވަނަ ދުވަހެވެ. 

އެފްއޭއެމް އިން މި އަހަރަށް އެކުލަވާލި ކަލަންޑަރާއި ފާސްކުރި ބަޖެޓުގައި ފުޓްސަލް މުބާރާތްތަކެއް ކުރިއަށްގެންދަން ވަނީ ހިމަނައިފަ އެވެ. އެއީ، އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް އާއި އެފްއޭއެމް ފުޓްސަލް ލީގުގެ އަންހެން އަދި ފިރިހެން މުބާރާތެވެ. އެ މުބާރާތްތަކަށް ގާތްގަނޑަކަށް 2.3 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ. 

މީގެ ކުރިން، އެފްއޭއެމް އިން ވަނީ 2017 އާއި 2019 ވަނަ އަހަރު ފުޓްސަލް މުބާރާތްތަކެއް ބާއްވައިފަ އެވެ. އެފްއޭއެމުން ވަނީ 2017 ވަނަ އަހަރު ޕްރެޒިޑެންޓްސް ފުޓްސަލް ރެކްރިއޭޝަނަލް ކަޕްގެ ނަމުގައި އަންހެން އަދި ފިރިހެން ކުޅުންތެރިންނަށް މުބާރާތެއް ބާއްވައިފަ އެވެެ. އެ ފަހަރު އަންހެން މުބާރާތުގެ ޗެމްޕިއަންކަން އެމްޕީއެލް އިން ހޯދިއިރު، ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ އެސްޓީއޯ އިންނެވެ.

އޭގެ ފަހުން، 2019 ވަނަ އަހަރު ބޭއްވި އެފްއޭއެމް ފުޓްސަލް ކަޕްގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ ޕޮލިސް ކްލަބް އެެވެ. އަދި، އަންހެން ޑިވިޝަން ކާމިޔާބުކުރީ ބީޖީ ސްޕޯޓްސް ކްލަބް އެވެ. 

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox