50 ރަށް ބައިވެރިވެއްޖެ، އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގައި ބައިވެރިވުުމުގެ މުއްދަތު އިތުރުކޮށްފި

Jun 15, 2026, 3:31 PM
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މެޗެއްގެ ތެރެއިން: މީގެ ކުރިން ގޯލްޑަން އިން ރާއްޖޭގެ ރަށްތަކަށް ފުޓްސަލް މުބާރާތް ބާއްވަމުން އަންނައިރު، އެފްއޭއެމް އިން އަންނަ މަހު މުބާރާތްތައް ފަށަން ވަނީ ނިންމައިފައި.--- ފޮޓޯ: އިމޭޖަސް،އެމްވީ

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މެޗެއްގެ ތެރެއިން: މީގެ ކުރިން ގޯލްޑަން އިން ރާއްޖޭގެ ރަށްތަކަށް ފުޓްސަލް މުބާރާތް ބާއްވަމުން އަންނައިރު، އެފްއޭއެމް އިން އަންނަ މަހު މުބާރާތްތައް ފަށަން ވަނީ ނިންމައިފައި.--- ފޮޓޯ: އިމޭޖަސް،އެމްވީ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މުޅި ރާއްޖެ އަށް ބާއްވާ ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް އަންނަ މަހު 27 ވަނަ ދުވަހު ފަށަން ނިންމައި، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލި މުއްދަތު ތެރޭގައި 50 ރަށް ބަައިވެރިވެފައިވާއިރު، ބައިވެރިވުމަށް އިތުރު ފުރުސަތެއް ދޭން އެފްއޭއެމް އިން ނިންމައިފި އެވެ. 

މި މަހު 14 ވަނަ ދުވަހުގެ ނިޔަލަށް ބައިވެރިވުމަށް އެފްއޭއެމް އިން ހުޅުވާލާފައި އޮތް ފުރުސަތު ހަމަވެފައިވާއިރު، މުއްދަތު އިތުރުކޮށްދީފައިވަނީ، މި މަހު 21 ވަނަ ދުވަހުގެ ރޭ 23:59 ގެ ނިޔަލަށެވެ. 

އެފްއޭއެމް އިން މިއަދު ގެޒެޓުކުރި އިއުލާނެއްގައި ބުނެފައިވަނީ، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ކުރިން ހުޅުވާލެވިފައިވަނީ ރަށްރަށުގެ ކައުންސިލުން ބައިވެރިކުރާ ޓީމެއް ނުވަތަ ރަށްރަށުގެ ކައުންސިލުން އެންޑޯޒް ކުރާ ޓީމެއް ކަމަށް ވުމުން އެ ތަށެއްގެ ކައުންސިލުން މަުބާރާތުގައި ބައިވެރިނުވެ، އަދި ޓީމެއް ވެސް އެންޑޯޒްކުރަން ބޭނުންނުވި ބައެއް ރަށްރަށުގެ ބައެއް ކްލަބްތަކުން މުބާރާތުގައި ބައިވެރިވުމަށް އެފްއޭއެމްގައި އެދެމުން އަންނަ ކަމަށެވެ. މި ސަބަބާ ހުރެ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރު ކުރަން ނިންމާފައިވާ ކަމަށެވެ. 

އެހެންކަމުން، ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026" މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ރަށްތަކުން ބައިވެރިވުމަށްއެދި ހުށަހަޅާ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު (futsal@famaldives.com) އީމެއިލް އަށް ފޮނުއްވުން އެދޭ ކަމަށް އެފްއޭއެމް އިން ވަނީ ބުނެފަ އެވެ. މުބާރާތުގައި ބައިވެރިވުމުގެ ފީ އަކަށް 7000 ރުފިޔާ ވަނީ ހަމަޖައްސައިފަ އެވެ. 

މުބާރާތުގައި ކްލަބް ބައިވެރިކުރުމުގައި އިސްކަންދޭނެ ތަރުތީބު:

  1. މުބާރާތުގައި ބައިވެރިވާ ރަށުގެ ކައުންސިލުން ކޮމިޝަނަރ އޮފް ސްޕޯރޓްސްގައި ރަޖިސްޓްރީކޮށްފައިވާ ކްލަބް.
  2. މުބާރާތުގައި ބައިވެރިވާ ރަށުގެ ކައުންސިލުން އެންޑޯޒް ކޮށްފައިވާ އެ ރަށަކަށް ނިސްބަތްވާ ކްލަބެއް.
  3. މުބާރާތުގައި ބައިވެރިވާ ރަށުގެ ކައުންސިލުން އެންޑޯޒް ނުކުރާ ރަށް ރަށުގައި ރަޖިސްޓްރީ ވެފައިވާ ކްލަބް ޖަމްޢިއްޔާތައް.

އެފްއޭއެމުން އިއުލާނުކޮށްފައިވާ ގޮތުން، ހަތަރު ޒޯނަކަށް ރާއްޖެ ބަހާލާއިރު، ނޯތު ރީޖަންގައި ހިމެނެނީ، ހއ. ހދ. ށ، ނ، ރ، ބ، ޅ، ކުޅުދުއްފުށި ސިޓީ އެވެ. އަދި، ސެންޓްރަލް ރީޖަންގައި ހިމެނެނީ، ކ، އއ، އދ، ވ، މ، ފ، ދ އެވެ. ސައުތު ރީޖަންގައި ތ، ލ، ގއ، ގދ، ތިނަދޫ، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ ހިމެނޭއިރު، ދެން އޮންނާނީ، މާލެ ރީޖަން އެވެ. އެއީ، މާލެ ސިޓީ ކްލަބުތައް، ދެ ވަނަ ޑިވިޝަނުގެ ކްލަބްތައް، ތިން ވަނަ ޑިވިޝަނުގެ ކްލަބްތަކެވެ.

އަންނަ މަހު ފަށާ އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް އޮންނާނީ ކޮންމެ އަތޮޅަކުން ބައިވެރިވާ ޓީމުަތަކުގެ އަދަދުން ހޯސްޓްކުރާނެ ރަށެއް ކަނޑައަޅައިފަ އެވެ. ކޮންމެ އަތޮޅެއްގެ ޗެމްޕިއަނާއި ރަނަރަޕަށް ޒޯން ޗެމްޕިއަންޝިޕް ނޫނީ ރީޖަނަލް ލީގު ކޮލިފިކޭޝަނުން ޖާގަ ލިބޭނެ އެވެ.

އެ ގޮތުން، ނޯތު ރީޖަންގެ ޒޯން އެކެއްގައި ކުޅޭނީ ހއ، ހދ، އަދި ށ ގެ ޓީމުތަކެވެ. އަދި ނޯތު ރީޖަން ޒޯން ދޭއްގައި ކުޅޭނީ، ނ،ރ، ބ އަދި ޅ. ގެ ޓީމުތަކެވެ. ސެންޓްރަލް ރީޒަނުގެ ޒޯން އެކެއްގައި ކ. އއ، އަދި އދ. އަތޮޅު ކުޅޭއިރު، ޒޯން ދޭއްގައި ވާދަކުރާނީ ވ، މ، ފ އަދި ދ ގެ ޓީމުތަކެވެ. މާލެ ރީޖަންގައި، މާލެ، ވިލިމާލެ އަދި ހުޅުމާލެ ކުޅޭއިރު، ސައުތު ރީޖަންގެ ޒޯން އެކެއްގައި ތ، ލ، އަދި ގއ ވާދަކުރާނެ އެވެ. އަދި، ޒޯން ދޭއްގައި، ގދ، ޏ އަދި އައްޑޫ ސިޓީގެ ޓީމުތައް ކުޅޭނެ އެވެ. 

ކޮންމެ ރީޖަނެއްގެ ޗެމްޕިއަން ޓީމު އެފްއޭއެމްގެ ފުޓްސަލް ނެޝަނަލް ޗެމްޕިއަންޝިޕަށް ކޮލިފައިވާނެ އެވެ. އަދި، ކޮންމެ ރީޖަނެއްގެ ޗެމްޕިއަަންގެ މެދުގައި މުބާރާތެއް ކުޅުމަށް ފަހު ރާއްޖޭގެ ޗެމްޕިއަން ޓީމު ކަނޑައެޅޭނެ އެވެ. އަދި، ނެޝަނަލް ޗެމްޕިއަންޝިޕަށް ކޮލިފައިވާ ހަތަރު ޓީމު، 2027 ވަނަ އަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގައި ކުޅޭނެ އެވެ.  

މީގެ އިތުރުން، އަތޮޅު ޗެމްޕިއަންޝިޕްގައި ބައިވެރިވާ ރަށްތަކުގެ ޓީމުތަކަށް ކުޅޭ ދިވެހި ކުޅުންތެރިން ވާން ޖެހޭނީ އެ ރަށެއްގެ ރަޖިސްޓްރީގައި ހިމެނޭ ކުޅުންތެރިންނަށެވެ. އަދި ކޮންމެ ރަށެއްގެ ޓީމެއްގައި ބިދޭސީ އެއް ކުޅުންތެރިއަކު ހިމެނުމުގެ ފުރުސަތު ލިބޭނެއެވެ. ޒޯން/ރީޖަނަލް ޗެމްޕިއަންޝިޕަށް ކޮލިފައިވާ ޓީމުތަކުން އެ މުބާރާތަށް އަލުން ޓީމު ލިސްޓް ހުށަހެޅުމުގެ ފުރުސަތު ލިބޭނެއެވެ. އަދި ޒޯން/ރީޖަނަލް ޗެމްޕިއަންޝިޕަށް ހުށަހަޅާ ޓީމް ލިސްޓުގައި ބިދޭސީ އެއް ކުޅުންތެރިއަކު އަދި ރަށުން ބޭރު ދިވެހި އެއް ކުޅުންތެރިއަކު ހިމެނުމުގެ ފުރުސަތު ކޮންމެ ޓީމަކަށްވެސް ލިބޭނެ އެވެ. 

އެފްއޭއެމް އިން މި އަހަރަށް އެކުލަވާލި ކަލަންޑަރާއި ފާސްކުރި ބަޖެޓުގައި ފުޓްސަލް މުބާރާތްތަކެއް ކުރިއަށްގެންދަން ވަނީ ހިމަނައިފަ އެވެ. އެއީ، އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް އާއި އެފްއޭއެމް ފުޓްސަލް ލީގުގެ އަންހެން އަދި ފިރިހެން މުބާރާތެވެ. އެ މުބާރާތްތަކަށް ގާތްގަނޑަކަށް 2.3 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ. 

މީގެ ކުރިން، އެފްއޭއެމް އިން ވަނީ 2017 އާއި 2019 ވަނަ އަހަރު ފުޓްސަލް މުބާރާތްތަކެއް ބާއްވައިފަ އެވެ. އެފްއޭއެމުން ވަނީ 2017 ވަނަ އަހަރު ޕްރެޒިޑެންޓްސް ފުޓްސަލް ރެކްރިއޭޝަނަލް ކަޕްގެ ނަމުގައި އަންހެން އަދި ފިރިހެން ކުޅުންތެރިންނަށް މުބާރާތެއް ބާއްވައިފަ އެވެެ. އެ ފަހަރު އަންހެން މުބާރާތުގެ ޗެމްޕިއަންކަން އެމްޕީއެލް އިން ހޯދިއިރު، ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ އެސްޓީއޯ އިންނެވެ.

އޭގެ ފަހުން، 2019 ވަނަ އަހަރު ބޭއްވި އެފްއޭއެމް ފުޓްސަލް ކަޕްގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ ޕޮލިސް ކްލަބް އެެވެ. އަދި، އަންހެން ޑިވިޝަން ކާމިޔާބުކުރީ ބީޖީ ސްޕޯޓްސް ކްލަބް އެވެ

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox