މެރިން އެކްސްޕޯ: މޮޓޯއެކްސްއިން ވިއްކާ އައުޓްބޯޑު އިންޖީނުން ހާއްސަ ޑިސްކައުންޓެއް!

މޮޓޯ އެކްސްގެ ސްޓޯލް -- އަދަދު

މޮޓޯ އެކްސްގެ ސްޓޯލް -- އަދަދު

ހުޅުމާލެ ސެންޓްރަލް ޕާކުގައި މިއަދު ފެށި މޯލްޑިވްސް މެރިން އެކްސްޕޯ ގައި މޮޓޯ އެކްސް މޯލްޑިވްސް އިން ދުނިޔޭގެ މަޝްހޫރު ޕްރިމިއަމް ބްރޭންޑުތައް ދައްކާލައި، އެ ކުންފުނިން އަލަށް ތައާރަފުކުރި އިންޖީނުތަކުން ހާއްސަ ޑިސްކައުންޓެއް ދޭން ފަށައިފިއެވެ.

މި އެކްސްޕޯގައި މޮޓޯ އެކްސްގެ ސްޓޯލުން އެންމެ ބޮޑު ސަމާލުކަމެއް ލިބެމުންދަނީ، ދުނިޔޭގެ މާކެޓުގައި މިހާރު އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ "ޕާސަން" ބްރޭންޑުގެ އައުޓްބޯޑު އިންޖީނުތަކަށެވެ. އިތުބާރު ހިފޭ އަދި ފެންވަރު ރަނގަޅު މި އިންޖީނުތަކުގެ ތެރެއިން 15, 40, 60, 115، 130 އަދި 300 ހޯސްޕަވަރުގެ މޮޑެލްތައް މިހާރު ވަނީ ބާޒާރަށް ނެރެފައެވެ.

އެކްސްޕޯގެ ތެރެއިން މި އިންޖީނުތައް ގަންނަ ފަރާތްތަކަށް 5 ޕަސެންޓުގެ ޑިސްކައުންޓެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މޮޓޯ އެކްސްގެ މެނޭޖަރު ވިދާޅުވި ގޮތުގައި، މި ހާއްސަ ޑިސްކައުންޓް އެކްސްޕޯ ނިމުމަށްފަހު ވެސް 14 ދުވަހުގެ މުއްދަތަށް ކުރިއަށްދާނެއެވެ.

Advertisement

އިންޖީނުތަކުގެ އިތުރުން، ކަނޑުދަތުރުފަތުރުގެ ފަސޭހަކަމަށްޓަކައި "ސީކީޕާ" ބްރޭންޑުގެ ޖައިރޯ ވެސް މި ސްޓޯލުގައި އެބަ ހުއްޓެވެ. މިއީ ލޯންޗު ފަހަރު ދުއްވާފައި ދާއިރު ރާޅާ ޖެހުމުން އަންނަ ލޮޅުންތަކާއި، ކަނޑުގަދަވުމުގެ ސަބަބުން ކުރިމަތިވާ ރޯލުކުރުންތައް މައިތިރިކޮށްދޭ، ދަތުރުވެރިންނަށް އަރާމު ދަތުރެއް ކަށަވަރުކޮށްދޭ އުފެއްދުމެކެވެ.

މީގެ އިތުރުން، އިންޖީނުގެ ރައްކާތެރިކަމަށް ހާއްސަ، އަގުހެޔޮ އަދި އިތުބާރު ހިފޭ "ޝެލް" ބްރޭންޑުގެ އެކި ބާވަތްތަކުގެ އަޑީތެޔޮ ވެސް މި ސްޓޯލުން ލިބެން ހުންނާނެއެވެ.

މިއަދު ހަވީރު ފެށި މޯލްޑިވްސް މެރިން އެކްސްޕޯ ކުރިއަށްދާނީ އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށެވެ. ކޮންމެ ދުވަހަކުވެސް ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް މި އެކްސްޕޯ އާންމުންނަށް ހުޅުވިފައި ހުންނާނެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox