ލިވިން އެކްސްޕޯގައި "ގަވިން 360" ތައާރަފުކޮށްފި
މޯލްޑިވްސް ލިވިން އެކްސްޕޯގައި ގަވިންގެ "360" ސޮލިއުޝަން ތައާރަފުކޮށް، ގޭގެ އިންޓީރިއާގެ ހުރިހާ ކަމެއް އެއްފުރާޅެއްގެ ދަށުން ފުރިހަމަކޮށްދިނުމުގެ ފުރުސަތާއި ހިލޭ ކޮންސަލްޓޭޝަން ދޭން ވަނީ ފަށާފައެވެ. މީގެ އިތުރުން، އެ ކުންފުނީގެ އަމިއްލަ ބްރޭންޑެއް ކަމަށްވާ "އޭވިން" ގެ އާ ދޮންނަ މެޝިން މި އެކްސްޕޯގައި ދައްކާލާފައިވާއިރު، ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ލިބޭ ގުރުއަތެއްގައި ބައިވެރިވުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ.