ކައުންސިލްތަކުގެ ބާރު ހަނިކުރަނީ؛ ސަރުކާރުން ބޭނުންވާ ރަށްރަށުގެ ބިންތައް އަތުލުމަށް ގާނޫނު ބަދަލުކުރަން ހުށަހަޅައިފި

ރައީސް އޮފީހުގައި ޖޫން 29، 2026 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒު ވާހަކަ ދައްކަވަނީ: މި ސަރުކާރުން ވަނީ ވަރަށް ބޮޑަށް ކައުންސިލްތަކުގެ ބާރުތައް ހަނިކޮށްފައި --- ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުގައި ޖޫން 29، 2026 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒު ވާހަކަ ދައްކަވަނީ: މި ސަރުކާރުން ވަނީ ވަރަށް ބޮޑަށް ކައުންސިލްތަކުގެ ބާރުތައް ހަނިކޮށްފައި --- ފޮޓޯ: ރައީސް އޮފީސް

ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތަކާއި ތަންތަން ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި އެ ރަށެއް ނުވަތަ ސިޓީއެއްގެ އިހުތިސާސުން ވަކިކުރުމަށް މައި ސަރުކާރުން ނިންމާ ހާލަތެއްގައި އެ ތަންތަން ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނު ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން އަންނަނީ ކައުންސިލްތަކުގެ ބާރު ކަނޑުވާލައި ވަރަށް ބޮޑަށް މަރުކަޒު ކުރަމުންނެވެ. އެކަމަށް މަގުފަހި ކުރުމަށްޓަކައި ލާމަރުކަޒީ ގާނުނަށް ގިނަ ބަދަލުތަކެއް ފާއިތުވި ދެ އަހަރުގެ ތެރޭގައި ވަނީ ގެނެސްފަ އެވެ. 

މިފަހަރު ގާނޫނު ބަދަލުކުރުމަށް ބިލު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު އެވެ. އޭނާއަކީ އަމިއްލަ މެންބަރެއްގެ ގޮތެއްގައި ހުންނެވި ނަމަވެސް މަޖިލީހުގެ މަސައްކަތް ކުރައްވަނީ ވެރިކަން ކުރާ ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)  އާއެކު އެވެ. އެ ބިލުގައި އޮތީ ހަތަރު އަކުރެއް އެ ގާނޫނަށް އިތުރުކުރުމަށް ހިމަނާފަ އެވެ. 

"މަޝްރޫއުތައް ހިންގުމަށްޓަކައި ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިމެއް ނުވަތަ ތަނެއް ވަކިކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމުމަށްފަހު، އެކަން ކަމާބެހޭ ގައުމީ އިދާރާއިން ކައުންސިލްގެ މިލްކިއްޔާތުން ވަކިވެ، ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ބިމާއި ތަންތަން ކަމުގައި ވެގެންދާނެ،" ބިލުގައި ބުނެފައިވެ އެވެ. 

އެ ބިލުގައި ބުނެފައިވާ ގޮތުގައި ރަށްރަށުގެ ފިޒިކަލް ޑިވެލޮޕްމަންޓު ޕްލޭން ފާސްކުރުމުގެ ކުރިން ވެސް ސަރުކާރުން ތަރައްގީގެ މަޝްރޫއުއެއް ހިންގަން ބިމެއް ހޯދަން އެދޭ ހާލަތްތަކުގައި އެ ބިން ސަރުކާރާ ހަވާލުކުރަން ޖެހެ އެވެ. 

އޭގެ އިތުރުން، ކައުންސިލް މެންބަރުންގެ ސުލޫކީ މިންގަނޑު ބަޔާންކޮށްފައިވާ މާއްދާއަށް ވެސް އަކުރުތަކެއް އިތުރުކުރަން ވަނީ ހުށަހަޅާފަ އެވެ.

އެއީ، ސަރުކާރަށް ފުރިހަމަައަށް އެއްބާރުލުން ދޭން ޖެހޭނެ ކަމަށް ބުނެ އިތުރުކުރާ އަކުރަކާއި ސަރުކާރުގެ މަޝްރޫއުތަކަށް މަގުބޫލު ސަބަބެއް ނެތި ހުރަސްއެޅޭ ގޮތަށް އަމަލުކޮށްގެން ނުވާނެ ކަމަށް ބަޔާންކުރާ އަކުރެކެވެ. އެފަދަ މަޝްރޫއުތައް ހުއްޓުވުމަށް ނިންމުންތައް ނިންމައިގެން ނުވާނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ. 

ކައުންސިލްތައް އެއްފަރާތް ކުރުމަށް ފަހު ސަރުކާރުން ބޭނުންވާ މަޝްރޫއުތައް ހިންގޭ ގޮތަށް ގާނޫނު ބަދަލުކޮށްފި

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ކައުންސިލްތަކުން ހޯދަން ޖެހޭ ހުއްދަތައް ހޯދުމަށް ހުށަހެޅުމަށް ފަހު، އެކަށީގެންވާ މުއްދަތެއްގައި އެ ހުއްދަތައް ދޫނުކުރާނަމަ، އެލްޖީއޭގެ ހުއްދައާއެކު އެ މަޝްރޫއުއެއް ހިންގުމުގެ އިހުތިޔާރު ސަރުކާރަށް ލިބޭ ގޮތަށް މިދިޔަ އަހަރު ގާނޫނު އޮތީ ބަދަލުކޮށްފަ އެވެ. 

ރަށްރަށުގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ބައެއް ކައުންސިލްތަކުން އެއްބާރުލުން ނުދޭ ކަމަށް ވިދާޅުވެ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕޭނުގައި މުއިއްޒު ނުރުހުން ފާޅުކުރެއްވި އެވެ. 

މަޝްރޫއުތަކަށް އެއްބާރުލުން ނުދިން ކައުންސިލެއްގެ ނަމެއް ރައީސް އޮފީހަށް ނުބުނެވުނު

މުއިއްޒު އިޝާރާތް އެ ކުރެއްވީ ކޮން ރަށެއްތޯ، ކޮން ޕްރޮޖެކްޓެއްތޯ އޮޅުން ފިލުވުމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަދަދު ނޫހުން ހުށަހެޅި. ރައީސް އޮފީހުން ބުނީ މައުލޫމާތު ދެވެން ނެތް ކަމަށާއި، އެ އާރުޓީއައި ފޯމު މިހާރު ފިނޭންސަށް ބަދަލުކޮށްފައިވާ ކަމަށް.

މުއިއްޒު އިޝާރާތް އެ ކުރެއްވީ ކޮން ރަށެއްތޯ، ކޮން ޕްރޮޖެކްޓެއްތޯ އޮޅުން ފިލުވުމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަދަދު ނޫހުން ހުށަހެޅުމުން އެ މައުލޫމާތު ރައީސް އޮފީހުން ދީފައި ނުވެ އެވެ. 

މިފަދަ ބިލެއް މަޖިލީހަށް ހުށަހަޅާފައި މިވަނީ ސަރުކާރުން ބޭނުންވާ ބިންތައް ދިނުމަށް ބައެއް ކައުންސިލްތަކުން ދެކޮޅު ހަދަމުންދާ ދަނޑިވަޅެއްގަ އެވެ.

އެގޮތުން، ސ. މަރަދޫފޭދޫގައި 2،900 އަކަފޫޓުގެ އިމާރާތެއް އަޅަން 9،000 އަކަފޫޓުގެ ބިމެއް އައްޑޫ ސިޓީ ކައުންސިލުން ދީފައި އޮއްވައި އެ ބިމުގެ ޖާގަ 11،000 އަކަފޫޓަށް ބަދަލުކޮށްދިނުމަށް އެދުމުން އެ ކަމަށް އެ ކައުންސިލުން ވަނީ ދެކޮޅު ހަދާފަ އެވެ. 

ހަމައެހެންމެ، ގޫގުލްއިން އައްޑޫ ސިޓީ ހިތަދޫގައި، އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނަކާއި ނެޓްވޯކް ފެސިލިޓީއެއް ގާއިމުކުރަން ހިންގާ މަޝްރޫއުގެ ބޭނުމަށް ނަގާ ބިން ވެސް ކުލި ނުލިބޭ ގޮތަށް ދޫނުކުރާނެ ކަމަށް އެ ކައުންސިލުން އޮތީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox