ބޮޑުތަކުރުފާނު މަގުގެ ފުޅާ ކުރި ސަރަހައްދު މިއަދު ހަވީރު ހުޅުވާލަނީ

ބޮޑުތަކުރުފާނު މަގު ފުޅާކޮށް ތާރު އަޅާފައި --- ފޮޓޯ: އެމްޓީސީސީ

ބޮޑުތަކުރުފާނު މަގު ފުޅާކޮށް ތާރު އަޅާފައި --- ފޮޓޯ: އެމްޓީސީސީ

މާލޭ ބޮޑުތަކުރުފާނު މަގު ތަރައްގީކުރަން ހިންގާ ޕްރޮޖެކްޓުގެ ދަށުން އެންމެފަހުން ތަރައްގީކުރި ބައިގެ މަސައްކަތްތައް ނިމި މިއަދު ހަވީރު ޓްރެފިކަށް ހުޅުވާލަން ނިންމާފައިވާކަމަށް ހައުސިން މިނިސްޓްރީން ހާމަކޮށްފި އެވެ. 

ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ގޮސް ނޯތު ހާބަރާ ހަމައަށް ބޮޑުތަކުރުފާނު މަގު ފުޅާކޮށް އެ މަގުގައި ތާރު އެޅުމުގެ މަސައްކަތް ހަވާލުކުރީ އެމްޓީސީސީއާ އެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ނިންމީ އެމްއެމްއޭ ސަރަހައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށް ހިމެނޭ ސެގްމެންޓެވެ. 

އެއަށްފަހު ތަރައްގީކުރަން ފެށީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އެމްއެމްއޭއާ ހަމައަށް އޮތް ސަރަހައްދެވެ. މަޝްރޫއު ކުރިއަށްގެންދިޔައީ ފަޅުތެރެއިން ބައެއް ހިއްކައި މަގު ފުޅާކޮށްގެންނެވެ. މަގުގެ އަރިމަތީގައި ޖަހާފައިވަނީ ދިވެހި ރުކެވެ. 

އަލުން މަގު ހުޅުވާލާއިރު މަގުމަތީ ޕާކުކުރުން މަނާވާނެ ކަމަށް ސަރުކާރުން އޮތީ ހާމަކޮށްފަ އެވެ. ޕާކުނުކުރެވޭ ގޮތަށް މަގު ހުޅުވާލާއިރު، ސަރުކާރުން ވަނީ ސައިކަލުތައް ޕާކުކުރަން ފަސް ނަމްބަރު ޖެޓީއާ ދިމާލުން ބޭރަށް އިތުރު ސަރަހައްދެއް ހިއްކާފަ އެވެ. އެ ތަނުގައި 500 ސައިކަލު ޕާކުކުރެވޭނެ ކަމަށް ސަރުކާރުން ބުނެ އެވެ. 

ބޮޑުތަކުރުފާނު މަގުގެ އިތުރުން ސަރުކާރުން ވަނީ މާލޭގެ އެތެރޭގެ މަގުތައް ތަރަައްގީކުރުމުގެ މަޝްރޫއެއް ހިންގާނެ ކަމަށް ވެސް ބުނެފަ އެވެ. ޗައިނާގެ ހިލޭ އެހީގައި ހިންގާ މި މަޝްރޫއުގެ މަސައްކަތް ފަށަން ގިނަ ތާރީހުތަކެއް ދިނުމަށް ފަހު، ސަރުކާރުން މިހާރު ބުނަނީ އަންނަ އަހަރުގެ ކުރީކޮޅު މަގު ހެދުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ.

ސަރުކާރުން ބުނާ ގޮތުގައި މި މަޝްރޫއުތައް ނިމި، ޕާކިން މައްސަލަ ހައްލުކުރަން އިމާަރާތްކުރާ ޕާކިން ބިލްޑިންތަކުގެ މަސައްކަތް ނިމުމުން މާލޭގެ ޓްރެފިކް މައްސަލަ އާއި ފެންވަރު ދަށް މަގުތަކުގެ މައްސަލަ އެއްކޮށް ހައްލުވާނެ ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox