އަލްވަރޭޒްގެ ޑީލްގައި ހިމެނެން ފެރާން ދެކޮޅު ހަދައިފި

May 29, 2026, 11:47 AM
މި ސީޒަނުގައި ބާސެލޯނާ އާއި އެތުލެޓިކޯ ކުޅުނު މެޗެއްގެ ތެެރެއިން ފެރާން އާއި އަލްވަރޭޒް.

މި ސީޒަނުގައި ބާސެލޯނާ އާއި އެތުލެޓިކޯ ކުޅުނު މެޗެއްގެ ތެެރެއިން ފެރާން އާއި އަލްވަރޭޒް.

ބާސެލޯނާ (މެއި 29) - އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް، ހޫލިއަން އަލްވަރޭޒް ގަންނަން ބާސެލޯނާ އިން ހުށަހަޅާ ބިޑްގައި ހިމެނެން އެ ކްލަބަށް ކުޅެމުން އަންނަ ސްޕެއިނުގެ ފޯވާޑް، ފެރާން ޓޮރޭޒް ދެކޮޅު ހަދާފައިވާ ކަމަށް ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ. 

ތަޖުރިބާކާރު ފޯވާޑް، ރޮބަޓް ލެވަންޑޯސްކީ، މި ސީޒަނަށް ފަހު ބާސެލޯނާ ދޫކޮށްލާން ނިންމާފައިވާއިރު، އެ މަގާމަށް ދިގު މުއްދަތަށް ރަނގަޅު ސްޓްރައިކަރަކު ހޯދަން ބާސެލޯނާ އިން ކުރާ މަސައްކަތުގައި އެ ޓީމުގެ އެއް ވަނަ ޓާގެޓަކީ އުމުރުން 26 އަހަރުގެ އަލްވަރޭޒް އެވެ.

އެކަމަކު، އެތުލެޓިކޯ އިން ވަނީ މަދުވެގެން 100 މިިލިއަން ޑޮލަރު ނުލިބޭ ޑީލެއްގައި އަލްވަރޭޒް ދޫކޮށްނުލަން ނިންމައިފަ އެވެ. 

Advertisement

ރިޕޯޓްތައް ބުނާގޮތުން، ބާސެލޯނާ އިން ވިސްނީ، ކުރިން ވެލެންސިއާ އާއި މެންޗެސްޓާ ސިޓީ އަށް ކުޅުނު ފެރާން ހިމެނޭ ގޮތަށް، 60-80 މިލިއަން ޑޮލަރު ދީފައި އަލްވަރޭޒް ގަންނާށެވެ. އެކަމަކު، އެ ޑީލުގައި ހިމެނެން ފެރާން ދެކޮޅު ހެދުމާ އެކު، ބާސެލޯނާ އިން މިހާރު މަސައްކަތް ކުރަމުން އަންނަނީ އެ ކްލަބުން ވިއްކާލެވޭނެ ކުޅުންތެރިން ބަލާފައި، 100 މިލިއަން ޑޮލަރުގެ ޑީލެއްގައި، އަލްވަރޭޒް ގެންނަން މަސައްކަތް ކުރާށެވެ. 

 ރިވަ ޕްލޭޓް ދޫކޮށް، 2022 ވަނަ އަހަރު ޖެނުއަރީ މަހު ސިޓީ އަށް އަލްވަރޭޒް ބަދަލުވީ 20 މިލިއަން ޑޮލަރަށެވެ. ސިޓީން ވަނީ، މީގެ އެއް އަހަރު ކުރިން، އެތުލެޓިކޯ އިން ހުށަހެޅި 85 މިލިއަަން ޑޮލަރުގެ އޮފާ ގަބޫލުކޮށް، އެ ޓީމަށް އޭނާ ވިއްކާލައިފަ އެވެ.

އާޖެންޓީނާއާ އެކު، ގަތަރުގައި 2022 ގައި ބޭއްވި ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި އަލްވަރޭޒް، މި ވަގުތު އެތުލެޓިކޯގެ ކޮންޓްރެކްޓްގަައި ހުރީ 2030 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެކަމަކު، އެއްބަސްވުމުގައި، އަލްވަރޭޒް އިހުތިޔާރުކުރާ ބައެއް ކަންކަން ފުރިހަމަނުވާނަމަ، އޭނާ އަށް ކްލަބް ބަދަލުކުރެވިދާނެ ބައެއް ހާލަތްތައް ވެސް ހިމަނާފައިވެ އެވެ. އެކަންކަމަށް ބަލައި، އަލްވަރޭޒް ދިގު މުއްދަތަކަށް އެތުލެޓިކޯގައި ހުރެދާނެތޯ އުފެދިފައިވާ ސުވާލަށް އެތުލެޓިކޯގެ ކޯޗު، ޑިއޭގޯ ސިމިއޯނީ އަށް ވެސް ސީދާ ޖަވާބެއް ދެވިފައިނުވެ އެވެ. 

އަލްވަރޭޒް ވަނީ އެތުލެޓިކޯ އަށް ކުޅެދިން 106 މެޗުން އެ ޓީމަށް 49 ގޯލު ޖަހައިދީފަ އެވެ. އަދި، އެ މެޗުތަކުގައި އޭނާ ވަނީ، 17 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ކެރިކް ވަކިކޮށްފިނަމަ ޔުނައިޓެޑްގެ ކޯޗުކަން ޕޮޗެޓީނޯ އަށް: ރިޕޯޓް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކޮށްފިނަމަ، އެ މަގާމަށް އެމެރިކާ ގައުމީ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ގެނައުމަށް އެ ކްލަބުން އަންނަނީ ވިސްނަމުންނެވެ. ލީގުގެ ރެލިގޭޝަން ޒޯނަށް ވެއްޓިފައިވާ ޔުނައިޓެޑުން ކެރިކާ މެދު ގޮތެއް ނިންމުމަށް ބޯޑު ބައްދަލުވުންތައް ބާއްވަމުންދާއިރު، ޕޮޗެޓީނޯގެ އިތުރުން ނާގަލްސްމަން އާއި އެޑީ ހޯވް ފަދަ ކޯޗުންނަށްވެސް އެ ކްލަބުން ފާރަލަމުންދެއެވެ.

ޕާކިސްތާނުން ތަށްޓާ މެދު އަދި ނުވިސްނާ

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ބަލިކޮށް ޕާކިސްތާނުން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރި ނަމަވެސް، އެ ޓީމުގެ މިހާރުގެ އަމާޒަކީ ހަމައެކަނި ފައިނަލަށް ދިއުން ކަމަށް ކޯޗު ސޮލާނޯ ބުނެފި. އަށް އަހަރަށްފަހު ސެމީއަށް ދަތުރުކުރި ޕާކިސްތާނުން ތަށްޓާ މެދު ވިސްނުމުގެ ބަދަލުގައި މިވަގުތު އިސްކަންދެނީ ކުރިއަށް އޮތް ސެމީ މެޗަށް ރަނގަޅަށް ތައްޔާރުވުމަށް

ރައުލް، ރެއާލް އޮވިއޭޑޯގެ ކޯޗަކަށް ހަމަޖައްސައިފި

ރެއާލް މެޑްރިޑްގެ ލެޖެންޑް ރައުލް ގޮންޒާލޭޒް، ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ ކްލަބް ރެއާލް އޮވިއޭޑޯގެ ކޯޗަކަށް 2028 ވަނަ އަހަރުގެ ނިޔަލަށް ހަމަޖައްސައިފި. އޭނާ މި މަގާމާ ހަވާލުވީ ރެއާލް މެޑްރިޑްގެ ރިޒާވް ޓީމުގައި ހަ އަހަރު ދުވަހު ކޯޗުކަން ކުރުމަށްފަހު، ނަތީޖާ ދަށްވުމުގެ ސަބަބުން ވަކިކުރި ޖޫލިއަން ކަލޭރޯގެ ބަދަލުގައި

ތަޖުރިބާ ރަނގަޅު، ބޭނުމީ ވަރުގަދަ ޓީމުތަކާ ކުޅެން: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ތިންވަނަ ރާއްޖެއަށް ލިބުނުއިރު، މިއީ ގައުމީ ޓީމުގެ ކުރިއެރުމަށް ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށް ކެޕްޓަން އިމްރާން (އިންމި) ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ރާއްޖޭގެ ޓީމުން މިހާރު ބޭނުންވަނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެގެން ފެންވަރު ރަނގަޅުކުރަން ކަމަށް

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

Newsletter

Get the latest news delivered straight to your inbox