ނިއުކާސަލްގެ ގޯޑަން ގަންނަން ބާސެލޯނާ އިން އެއްބަސްވުމަކަށް

May 28, 2026, 1:10 AM
ނިއުކާސަލް އަށް ކުޅެމުން އަންނަ އިނގިރޭސި ފޯވާޑް، އެންތަނީ ގޯޑަން، އަންނަ ސީޒަނުގައި ފެންނާނީ ބާސެލޯނާ އިން ކަމަށް ރިޕޯޓްތައް ބުނޭ

ނިއުކާސަލް އަށް ކުޅެމުން އަންނަ އިނގިރޭސި ފޯވާޑް، އެންތަނީ ގޯޑަން، އަންނަ ސީޒަނުގައި ފެންނާނީ ބާސެލޯނާ އިން ކަމަށް ރިޕޯޓްތައް ބުނޭ

ލަންޑަން (މެއި 28) - ނިއުކާސަލް ޔުނައިޓެޑަށް ކުޅެމުން އަންނަ  އިނގިރޭސި ގައުމީ ޓީމުގެ، އެންތަނީ ގޯޑަން ގަންނަން ބާސެލޯނާ އިން އެއްބަސްވުމަކަށް އަތުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ. 

ބަޔާން މިއުނިކުން ވެސް ހޯދަން ޝައުގުވެރިކަން ފާޅުކޮށްފައިވާ، އުމުރުން 25 އަހަރުގެ ގޯޑަންގެ ޑީލް ބާސެލޯނާ އިން ނިންމާނީ ޖުމްލަ އެކު، 80 މިލިއަން ޑޮލަރު ދައްކާ ގޮތަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެ ގޮތުން، ބާސެލޯނާ އިން ފުރަތަމަ ދައްކާނީ 68 މިލިއަން ޑޮލަރެވެ. ބާކީ، 12 މިލިއަން ޑޮލަރު ދޭނީ ބާސެލޯނާގައި ގޯޑަން ދައްކާ ކުޅުމުގެ ތެރެއިން ވަކި ކަންކަން ހާސިލްވެއްޖެނަމަ އެވެ. 

ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ބާސެލޯނާ އިން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި، ގޯޑަންއާ އެކު ކޮންޓްރެކްޓްގައި ސޮއިކޮށް، ފީފާ ވޯލްޑް ކަޕްގެ ކުރިން މި ޑީލް ނިންމާނެ އެވެ. ގޯޑަންގެ ސޮއި ހޯދުމުގެ ރޭހުގައި ބަޔާނުން ވެސް ވާދަކުރި ނަމަވެސް، ނިއުކާސަލް އިން ކިޔާ އަގުދޭން ބަޔާނުން ބޭނުމެއް ނުވެ އެވެ. 

އެކަމަކު، ބާސެލޯނާ އިން ގޯޑަންއާ އެކު މަޝްވަރާތައް ފަށައި، މިހާރު މި ވަނީ ކޮންޓްރެކްޓްގައި ސޮއިކުރުމާ ހަމައަށް ގޮސްފަ އެވެ. ގޯޑަން، ނިއުކާސަލްގެ ކޮންޓްރެކްޓްގައި ހުރީ، 2030 ވަނަ އަހަރުގެ ނިޔަލަށެވެ. އެހެން ނަމަވެސް ބާސެލޯނާގެ އޮފާ ލިބުމާ އެކު، ގޯޑަން ނިންމީ އެ ޓީމާ ގުޅޭށެވެ.

މީގެ ދެ އަހަރު ކުރިން، ގޯޑަން، އެވަޓަން ދޫކޮށް ނިއުކާސަލް އަށް ބަދަލުވީ، 50 މިލިއަން ޑޮލަރުގެ ޑީލެއްގެ ދަށުންނެވެ. އޭގެ ފަހުން، ގޯޑަން ވަނީ ޗެމްޕިއަންސް ލީގުގައި ނިއުކާސަލާއި ބާސެލޯނާ ބައްދަލުކުރި މެޗުތަކުގައި ވެސް ކުޅެފަ އެވެ. 

މިދިޔަ ސީޒަނުގައި ބާސެލޯނާ އަށް ލޯން އެއްބަސްވުމެއްގެ ދަށުން ކުޅުނު އިނގިރޭސި ފޯވާޑް، މާކަސް ރެޝްފޯޑް ވެސް އަންނަނީ އެ ކްލަބާ އެކު ހަދާފައިވާ އެއްބަސްވުން ދާއިމީ ކުރަން މަސައްކަތް ކުރަމުންނެވެ. ރިޕޯޓްތައް ބުނާގޮތުން، ގޯޑަން، ބާސެލޯނާ އަށް ގެންދަން ރެޝްފޯޑް އަންނަނީ ބާރު އަޅަމުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ވިއްސާރައާ ހެދި ބުރު އާއި ނިއު މެޗު ފަސްކުރަން ޖެހިއްޖެ

މޫސުން ގޯސްވެ ގަލޮޅު ދަނޑުގައި ފެންބޮޑުވުމުގެ ސަބަބުން، ދިވެހި ޕްރިމިއާ ލީގުގައި މިރޭ ނިއު ރޭޑިއަންޓާއި ބުރު ސްޕޯޓްސް ކްލަބް ބައްދަލުކުރަން އޮތް މެޗު އެފްއޭއެމް އިން ފަސްކޮށްފި. މިއަދު ހަވީރު ކުޅުނު މެޗަށްވެސް ވިއްސާރައިގެ އަސަރުކޮށްފައިވާއިރު، މިރޭގެ މެޗު ފަސްކުރަން ނިންމީ މެޗު ކުޅެވޭނެ ފަދަ ހާލަތެއް ދަނޑުގައި ނެތުމުން.

އޮޑި އާއި އީގަލްސްގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު 0-0 އިން އެއްވަރުވުމުން، ލީގުގެ އެއް ވަނަ އަށް އެރުމަށް އީގަލްސް އަށް ލިބުނު ފުރުސަތު ގެއްލުނު. ވިއްސާރައިގެ ސަބަބުން ކުޅުމަށް ހުރަސްތަކެއް ކުރިމަތިވި މި މެޗުގައި، ދެ ޓީމުން ލަނޑެއް ޖެހުމަށް ކުރި މަސައްކަތް ކާމިޔާބުނުވީ ދެ ޓީމުގެ ކީޕަރުންގެ ކުޅުން ރަނގަޅުވުމުން

ކްވަރަޝްކޭލިއާ އަށް ސީޒަން ނިމުމުގެ ބިރު

ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުގައި ޕީއެސްޖީގެ ކްވަރަޝްކޭލިއާގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން އޭނާއަށް މި ސީޒަން ނިމިއްޖެ. ޓެސްޓްތަކުން ދައްކާގޮތުގައި އޭނާގެ އޭސީއެލް އިރައިގެން ގޮސްފައިވާއިރު، މި އަނިޔާއިން ރަނގަޅުވުމަށް ގާތްގަނޑަކަށް 6 މަހާއި 9 މަހާ ދެމެދުގެ މުއްދަތެއް ނަގާނެ

އިންގްލެންޑުން ރިޓަޔާނުކުރާ ކަމަށް ހެންޑަސަން ބުނެފި

މިހާރު ޗެލްސީއަށް ކުޅެމުން އަންނަ ތަޖުރިބާކާރު މިޑްފީލްޑަރު ހެންޑަސަން، އިންގްލެންޑް ގައުމީ ޓީމުން ރިޓަޔާނުކުރާ ކަމަށާއި އަދިވެސް ގައުމީ ޓީމަށް ކުޅުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް ބުނެފި. އޭނާ ގަބޫލުކުރާ ގޮތުގައި ޗެލްސީގައި ރަނގަޅު ކުޅުމެއް ދައްކައިގެން އަދިވެސް އެންމެ މަތީ ފަންތީގައި ގައުމީ ޓީމަށް ޚިދުމަތް ކުރުމުގެ ފުރުސަތު އޭނާއަށް އެބައޮތް

އިހުތިރާމް ކުރާތީ ފަބްރެގަސް ސުވާލަކަށް ޖަވާބު ނުދިން

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދޭން ކޯމޯގެ ކޯޗު ސެސްކް ފަބްރެގަސް ދެކޮޅުހަދައިފި. ފަބްރެގަސް ބުނީ މިވަގުތު ޔުނައިޓެޑްގެ ކޯޗަކަށް ހުރި މައިކަލް ކެރިކަށް އިހުތިރާމް އަދާކުރުމުގެ ގޮތުން އެ ސުވާލަށް ޖަވާބުދޭން ބޭނުންނުވާ ކަމަށް

ނިއު އަކީ ވަރުގަދަ ޓީމެއް ވިޔަސް ބުރަށް ވާދަކުރެވޭނެ

ނިއު ރޭޑިއަންޓަކީ ވަރުގަދަ ޓީމެއް ނަމަވެސް، ބުރު ސްޕޯޓްސް ކްލަބުން އެ ޓީމާ ދެކޮޅަށް ރަނގަޅު ވާދައެއްކޮށް ކާމިޔާބު ހޯދޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ކޯޗު ރޮޑްރިގޭޒް ބުނެފި. ކޯޗު ފާހަގަކުރި ގޮތުގައި ޓީމުގެ ކުޅުން ދުވަހުން ދުވަހަށް ކުރިއަރަމުން އަންނާތީ، ކޮންމެ ޓީމެއް އަތުންވެސް މޮޅުވެވޭނެ ކަމުގެ އިތުބާރު މިހާރު އެބައޮތް

ލިވަޕޫލަށް ތަފާތު މޮޅެއް، ޕީއެސްޖީން ބާސެލޯނާ ބަލިކޮށްފި

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ޕީއެސްޖީން 4-2 އިން ބާސެލޯނާ ބަލިކުރިއިރު، ލިވަޕޫލުން ވަނީ ފަހަތުން އަރައި 4-3 އިން ވިޔަރެއާލްގެ މައްޗަށް ކުރިހޯދާފައި މީގެ އިތުރުން މެންޗެސްޓާ ސިޓީން 5-1 އިން އޭއީކޭ އެތަންސް ބަލިކުރިއިރު، އެ މެޗުގައި ފިލް ފޯޑެން ވަނީ ހެޓްރިކެއް ހަދާފައި

Newsletter

Get the latest news delivered straight to your inbox