ސިމްޑީގެ އުފެއްދުންތައް ލ. އަތޮޅަށް ފުޅާކުރުމަށް ޝަބްނަމީ ހޯލްޑިންގްސްއާއެކު އެއްބަސްވުމެއް

Aug 4, 2026, 9:56 AM
ސިމްޑީ ގްރޫޕުގެ ވިޔަފާރި ފުޅާކޮށް، ލާމު އަތޮޅުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް މުދާ ފޯރުކޮށްދިނުމަށްޓަކައި ޝަބްނަމީ ހޯލްޑިންގްސްއާއެކު ސަބް-ޑިސްޓްރިބިއުޝަން އެއްބަސްވުމެއްގައި ވަނި ސޮއިކޮށްފައި.

ސިމްޑީ ގްރޫޕުގެ ވިޔަފާރި ފުޅާކޮށް، ލާމު އަތޮޅުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް މުދާ ފޯރުކޮށްދިނުމަށްޓަކައި ޝަބްނަމީ ހޯލްޑިންގްސްއާއެކު ސަބް-ޑިސްޓްރިބިއުޝަން އެއްބަސްވުމެއްގައި ވަނި ސޮއިކޮށްފައި.

ސިމްޑީ ގްރޫޕުގެ ވިޔަފާރި ފުޅާކޮށް، ލާމު އަތޮޅުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު މުދާ ފޯރުކޮށްދިނުމަށްޓަކައި ޝަބްނަމީ ހޯލްޑިންގްސްއާއެކު ސަބް ޑިސްޓްރިބިއުޝަން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި ޕާޓްނާޝިޕަކީ މުޅި ރާއްޖެއަށް ސިމްޑީގެ މުދާ ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށާއި މި އެއްބަސްވުމުގެ ދަށުން ލާމު އަތޮޅުގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށާއި، އާންމުންނަށް ސިމްޑީން އެތެރެކޮށް މާކެޓްކުރާ ދުނިޔޭގެ މަޝްހޫރު ބްރޭންޑްތައް މެދުކެނޑުމެއް ނެތި ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ވެސް ސިމްޑީން ބުންޏެވެ. 

ސިމްޑީ ސީ.ޕީ.ޑީ މެދުވެރިކޮށް އެ ކުންފުނިން ރާއްޖެއަށް އެތެރެކުރާ ބްރޭންޑްތަކުގެ ތެރޭގައި ކާބޯތަކެއްޗާއި، ގޭތެރެއަށް ބޭނުންވާ ސާމާނުގެ އިތުރުން އަމިއްލަ ސާފުތާހިރުކަމަށް ބޭނުންވާ ތަފާތު އުފެއްދުންތައް ހިމެނެ އެވެ.

މީގެ ތެރޭގައި ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ ދިލްމާ ސައިފަތް، ދުނާރު ބާސްމަތީ ހަނޑޫ، މެންޓޯސް، ކެޑްބަރީ، ބޭބީ ޗެރަމީ، ޕެންޓީން، ހެޑް އެންޑް ޝޯލްޑާސް، ޖިލެޓް، އެރިއަލް، ޓައިޑް، ޕެމްޕާސް، ވެލްވެޓް، ހޮލްސްޓަން، ވިސްޕާ، ގޯލްޑް، ވިކްސް، ސަންޓަން، މައި ބިސްކިޓް އަދި އައިކަފޭ ފަދަ އެތައް ބްރޭންޑެއް ހިމެނެއެވެ.

ލާމު އަތޮޅުގައި ސިމްޑީގެ މުދާ ފޯރުކޮށްދިނުމާއި، އޯޑަރު ނެގުމުގެ ހުރިހާ ކަމެއް ބަލަހައްޓާނީ ޝަބްނަމީ ހޯލްޑިންގްސްއިންނެވެ. އެގޮތުން މުދަލާ ގުޅޭ މައުލޫމާތު ހޯދުމަށާއި އޯޑަރު ދިނުމަށް ޝަބްނަމީ ޝޮޕްގެ ނަންބަރު 7799117  ގުޅޭނެއެވެ. އިތުރުން އީމެއިލް މެދުވެރިކޮށް މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކަށް shabnameeshop@gmail.com މެއިލް ކުރެވޭނެ އެވެ.

ސިމްޑީ ސީ.ޕީ.ޑީ އަކީ ދުނިޔޭގެ ފެންވަރުގެ މުދާ ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށް، ރިސޯޓުތަކަށާއި ރީޓެއިލް ވިޔަފާރިތަކަށް ފޯރުކޮށްދިނުމަށް 2002 ގައި އުފެއްދި ސިމްޑީ ގްރޫޕުގެ ގޮތްޕެކެވެ. މި ދާއިރާގައި ސިމްޑީން ދަނީ އިތުބާރު ހުރި، ފެންވަރު ރަނގަޅު އުފެއްދުންތައް ދިވެހި ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox