މޯލްޑިވްސް މޮނިން ކަޕްގެ ގަދަ ހަތް ފައިނަލިސްޓުން އިއުލާނުކޮށްފި

މޯލްޑިވްސް މޮނިން ކަޕް 2026 ގެ ތެރެއިން

މޯލްޑިވްސް މޮނިން ކަޕް 2026 ގެ ތެރެއިން

ސިމްޑީ ބެވް އިން އިންތިޒާމުކޮށްގެން ބާއްވާ "މޯލްޑިވްސް މޮނިން ކަޕް 2026" ގެ ގަދަ ހަތް ފައިނަލިސްޓުން އިއުލާނުކޮށްފި އެވެ.

މިއީ ބުއިންތައް ތައްޔާރުކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި ދުނިޔޭގެ ފެންވަރުގައި މަގުބޫލުކަން ހޯދާފައިވާ މޮނިން ބްރޭންޑުން ބާއްވާ ބައިނަލްއަގުވާމީ މުބާރާތުގެ ރާއްޖޭގެ އެޑިޝަނެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި ރާއްޖޭގެ އެކި ރިސޯޓުތަކުންނާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ބާޓެންޑަރުން ވަނީ ބައިވެރިވެފަ އެވެ. ބައިވެރިން ހުށަހެޅި މޮނިން ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ އަމިއްލަ ރެސިޕީތައް ވަޒަންކޮށްފައިވަނީ މޮނިންގެ ބައިނަލްއަގުވާމީ މިންގަނޑުތަކަށެވެ.

މިގޮތުން އުފެއްދުންތެރިކަމާއި، ރަހައިގެ ހަމަހަމަކަމާއި، ބުއިން ތައްޔާރުކުރުމުގެ ފަންނީ ހުނަރުގެ މައްޗަށް ބަލައި ފައިނަލިސްޓުން ވަނީ ކަނޑައަޅާފަ އެވެ.

މޯލްޑިވްސް މޮނިން ކަޕްގެ ފައިނަލިސްޓުން: 

  1. އެންޑްރިއަސް ޕެޓްރާ ގުލްޓޮމް - ޖޯލި ބީން
  2. ޖެކް ކުއިން - ޖޭއޭ މަނަފަރު
  3. ނިރް މުހައްމަދު މިކައިލް ޒައިން - ހިލްޓަން މޯލްޑިވްސް އަމިންގިރި ރިސޯޓް އެންޑް ސްޕާ
  4. ރިޝްމީ ޝެހާނާ - އޯބްލޫ ސެލެކްޓް ލޯބިގިލީ
  5. ޝަޔާން ޕޯލް - ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް
  6. ސުޖަލް ސިރްތާ - އަނަންތަރާ ވެލި ރިސޯޓް އެންޑް ސްޕާ
  7. އުދާރާ ލަކްޝަން - ރޮބިންސަން މޯލްޑިވްސް

މި ހަތް ފައިނަލިސްޓުން ވާދަކުރާ މޯލްޑިވްސް މޮނިން ކަޕްގެ ފައިނަލް އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ މެއި 18، ގައި ނިވާ ކުރުމްބާ މޯލްޑިވްސްގަ އެވެ. މި އިވެންޓުގައި ބައިވެރިންގެ ހުނަރުތައް ވަޒަންކުރާނީ މޮނިންގެ ބައިނަލްއަގުވާމީ ޓީމުގެ މަންދޫބުންނާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުން ހިމެނޭ ފަނޑިޔާރުންގެ ޕެނަލަކުންނެވެ.

މި މުބާރާތުން އެއްވަނައަށް ހޮވޭ ފަރާތަކަށް މޮނިންގެ ސަރަހައްދީ މުބާރާތުގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އަދި އެ މުބާރާތުގައި ބައިވެރިވުމުގެ ހުރިހާ ހަރަދެއް ބަލަހައްޓާނީ ސިމްޑީ ބެވްގެ ފަރާތުންނެވެ.

މިއީ ރާއްޖޭގެ ބާޓެންޑަރުންގެ ހުނަރު ތަރައްގީކޮށް، ބައިނަލްއަގުވާމީ ފެންވަރުގައި ދިވެހި ފަންނުވެރިންނަށް ފުރުސަތުތައް ހޯދައިދިނުމަށް ސިމްޑީ ބެވްއިން ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށް އެ ކުންފުނިން ބުންޏެެވެ.

ސިމްޑީ ބެވް އަކީ 1980 ގެ އަހަރުތަކުން ފެށިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ ތަފާތު ބުއިންތައް ފޯރުކޮށްދިނުމުގައި ކުރިއަރާފައިވާ ކުންފުންޏެކެވެ. އެ ކުންފުނިން މިހާރުވެސް ދަނީ ރިސޯޓުތަކަށާއި އާންމު ބާޒާރަށް ބޭނުންވާ މަތީ ފެންވަރުގެ ބުއިންތައް މާކެޓްކޮށް ފޯރުކޮށްދެމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox