މޮނިން ކަޕްގެ ޗެމްޕިއަންކަން ހިލްޓަން އަމިންގިރީގެ ނިކް ހޯދައިފި

މޮނިން ކަޕް 2026 ގެ ތެރެއިން

މޮނިން ކަޕް 2026 ގެ ތެރެއިން

ސިމްޑީ ގްރޫޕްގެ ސިމްޑީ ބެވް އާއި "މޮނިން" ބްރޭންޑް ގުޅިގެން ބޭއްވި "މޮނިން ކަޕް މޯލްޑިވްސް 2026" ގެ ޗެމްޕިއަންކަން ހިލްޓަން މޯލްޑިވްސް އަމިންގިރި ރިސޯޓް އެންޑް ސްޕާގެ ނިކް މުހައްމަދު މިކައިލް ޒައިން ހޯދައިފި އެވެ.

ނިވާ ކުރުނބާ ރިސޯޓުގައި ބޭއްވި ފޯރިގަދަ ފައިނަލް މުބާރާތުން ނިކް އެއްވަނަ ހޯދިއިރު، އޭނާއާ ވާދަކޮށް ދެވަނަ ހޯދީ ޖޭއޭ މަނަފަރު މޯލްޑިވްސްގެ ޖެކް ކުއިން އެވެ. އަދި ތިންވަނަ ހޯދާފައިވަނީ ޖޯލި ބީންގެ އެންޑްރިއަސް ޕެޓްރާ އެވެ.

މި ކާމިޔާބީއާއެކު ނިކް މުހައްމަދު މިކައިލް ޒައިން ދެން ވާދަކުރާނީ، ބައިނަލްއަގުވާމީ މައިދާނަށް ދިއުމަށްޓަކައި ބާއްވާ ސަރަހައްދީ ކޮލިފައިން މަރުހަލާގަ އެވެ.

މިއީ ރާއްޖޭގައި މޮނިން ކަޕް ބޭއްވި ދެވަނަ ފަހަރެވެ. 2024 ވަނަ އަހަރު ބޭއްވި ފުރަތަމަ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ރިޓްޒް-ކާލްޓަން މޯލްޑިވްސްގެ އެރެސްޓާ ދިއަންތާރާ އެވެ.

މޮނިން ކަޕަކީ 2014 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބާއްވަމުން އަންނަ، ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެފައިވާ ބޮޑު މުބާރާތެކެވެ. މި މުބާރާތް ކުރިއަށްދަނީ ފުރަތަމަ ގައުމީ ފެންވަރުގައި ހުނަރުވެރިން ހޮވުމަށްފަހު، އެއަށްފަހު ބައިނަލްއަގުވާމީ މަރުހަލާތަކަށް ދާ ގޮތަށެވެ. މޮނިން ބްރޭންޑަކީ ރާއްޖޭގެ ރިސޯޓުތަކާއި، ކެފޭ އަދި ރެސްޓޯރަންޓުތަކުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ބްރޭންޑެކެވެ.

މި އަހަރުގެ މުބާރާތަށް ރާއްޖޭގެ އެކި ރިސޯޓުތަކުން 50 އަށްވުރެ ގިނަ ބާޓެންޑަރުން އެމީހުންގެ އަމިއްލަ ރެސިޕީތައް ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން ފައިނަލް އިވެންޓަށް ހޮވުނު އެންމެ މޮޅު ހަތް ބައިވެރިންގެ ހުނަރު ވަޒަންކޮށްފައިވަނީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށެވެ.

މި މުބާރާތާ ގުޅޭގޮތުން ސިމްޑީ ގްރޫޕްގެ މެނޭޖިން ޑައިރެކްޓަރު މިޝާލް ދީދީ ވިދާޅުވީ، މިއީ ހަމައެކަނި މުބާރާތެއް ނޫން ކަމަށާއި، މިއީ ރާއްޖޭގެ ހުނަރުވެރިންނަށް ދުނިޔޭގެ ފެންވަރުގައި ކުރިއަށް ދިއުމަށް ހުޅުވާލެވޭ ރަނގަޅު މަގެއް ކަމަށެވެ. އަދި ބައިވެރިންގެ އުފެއްދުންތެރިކަމަށްޓަކައި ފަހުރުވެރިވާ ކަމަށާއި، މިފަދަ ފުރުސަތުތައް ފަހިކޮށްދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ބައިވެރިންގެ ހުނަރުތައް ވަޒަންކުރި ފަނޑިޔާރުންގެ ޕެނަލްގައި ހިމެނެނީ ދާއިރާގެ ތަޖުރިބާކާރުންނެވެ. އޭގެ ތެރެއިން 23 އަހަރުގެ ތަޖުރިބާހުރި މޮނިންގެ ބެވަރޭޖް އެކްސްޕާޓް ނާނާ ސެޗެރޭ އާއި، މޮނިންގެ ހެޑް އޮފް މާކެޓިން އެންޖެލޯ ކޭރަމްގެ އިތުރުން ރާއްޖޭގެ މަޝްހޫރު މިކްސޮލޮޖިސްޓް އަލީ ހަމްދާން ހިމެނެ އެވެ.

ސިމްޑީ ބެވް އާއި މޮނިންގެ މެދުގައި އޮތް ގުޅުމަކީ 2009 ވަނަ އަހަރުން ފެށިގެން އޮތް ވަރުގަދަ ގުޅުމެކެވެ. 1980 ގެ އަހަރުތަކުގައި އުފެދުނު ސިމްޑީ ބެވް އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ ބުއިންތައް ފޯރުކޮށްދިނުމުގައި އެންމެ ކުރިއަރާފައިވާ އެއް ކުންފުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox