ސިމްޑީ އިން ބޭބީ ޗެރަމީއާ ގުޅިގެން އާދީއްތަ ދުވަހު ކުޑަކުދިންގެ ހަވީރެއް ބާއްވަނީ

ފޮޓޯ: ސިމްޑީ

ފޮޓޯ: ސިމްޑީ

އަންނަ އަދީއްތަ ދުވަހު ފާހަގަކުރާ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ސިމްޑީ ގްރޫޕުގެ ކޮންޒިއުމާ ޕްރޮޑަކްޓްސް ޑިވިޝަނުން ބޭބީ ޗެރަމީއާ ގުޅިގެން އާއިލީ ހަވީރެއް ބޭއްވުމަށް ނިންމައިފި އެވެ.

މި ކުޑަކުދިންގެ ހަވީރު ބޭއްވުމަށް ހަމަޖެހިފައިވަނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި އާދީއްތަ ދުވަހު ހަވީރު 16:00 އިން ފެށިގެން އިރުއޮއްސި 18:00 ޖެހުމާ ހަމައަށެވެ. 

މި ހަވީރުގައި ކުޑަކުދިންނާ ގުޅޭ ތަފާތު ކުޅިވަރުތައް ކުރިއަށްދާނެ އެވެ. މި ކުޅިވަރުތަކުގައި ބައިވެރިވާ ކުދިންނަށް ވަރަށް އިނާމުތަކެއް ދިނުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

ސިމްޑީން ބުނީ މި ހަރަކާތް ކުރިއަށްގެންދިޔުމުގެ މައިގަނޑު މަގުސަދަކީ އާއިލާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، މަޖާ މާހައުލެއްގައި ބޭބީ ޗެރަމީ ބްރޭންޑުގެ އުފެއްދުންތަކާ ގާތުން ތަޖުރިބާކުރުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ. 

ކުޑަކުދިންގެ ހަވީރުގެ ތެރެއިން  ބޭބީ ޗެރަމީގެ ހުރިހާ އުފެއްދުންތަކަކުން 20 ޕަސަންޓުގެ ބޮޑު ޑިސްކައުންޓެއް ދިނުމަށްވެސް ހަމަޖެހިފައިވާ ކަމަށް ސިމްޑީން ބުންޏެވެ. ސިމްޑީން ބުނީ އެތަނުގެ އައުޓްލެޓްތަކުގެ އިތުރުން ބައެއް އެހެން ފިހާރަތަކުންވެސް ވިއްކާ ބޭބީ ޗެރަމީގެ އުފެއްދުންތަކުން ޑިސްކައުންޓް ލިބޭނެ ކަމަށެވެ.

މި ހަރަކާތުގެ އެންމެ ހާއްސަ އެއް ބަޔަކީ ބޭބީ ޗެރަމީ ކިޑްސް ގްލޭމް ސްޓޭޝަނެވެ. މި ސްޓޭޝަނަކީ ކުޑަކުދިންނަށް ރައްކާތެރިކަމާއެކު ރީތިވުމުގެ ތަޖުރިބާކޮށްލުމަށާއި، ބޭބީ ޗެރަމީގެ އުފެއްދުންތައް އަމަލީގޮތުން ބޭނުންކޮށްލުމަށް ހުޅުވާލެވޭ ހާއްސަ ފުރުސަތެކެވެ. 

ސިމްޑީ ކޮންޒިއުމާ ޕްރޮޑަކްޓްސް ޑިވިޝަނަކީ 2002 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ދުނިޔޭގެ މަގުބޫލު ބްރޭންޑުތައް ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ. ރީޓެއިލް ބާޒާރަށާއި ރިސޯޓުތަކަށް ބޭނުންވާ މަތީ ފެންވަރުގެ މުދާ އެތެރެކޮށް މާކެޓްކުރުމުގައި އެ ކުންފުނި ވަނީ އިތުބާރު ހޯދާފަ އެވެ. 

މިފަދަ ހަރަކާތްތަކުގެ ޒަރީއާއިން ކަސްޓަމަރުންނާ އޮންނަ ގުޅުން އިތުރަށް ވަރުގަދަވެ، އާއިލާތަކަށް އުފާވެރި މާހައުލެއް ބިނާކޮށްދިނުމަކީ ސިމްޑީގެ އަމާޒެެއް ކަމަށް އެ ކުންފުނިން ބުންޏެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox