ސިމްޑީ ރޯދަ ޕްރޮމޯޝަން؛ 20 ޕަސެންޓު ޑިސްކައުންޓު

Feb 19, 2026, 5:39 PM
ސިމްޑީ ރޯދަ ޕްރޮމޯޝަން؛ 20 ޕަސެންޓު ޑިސްކައުންޓު

"ސިމްޑީ ރަމަޟާން ޕްރޮމޯޝަން 2026" ފަށައިފި އެވެ.

ސިމްޑީން ބުނީ މިއީ ބަރަކާތްތެރި ރަމަޟާން މަހަށް ހާއްސަކޮށްގެން، ކަސްޓަމަރުންނަށް ބޭނުންވާ ގޭތެރޭގެ ޒަރޫރީ ސާމާނާއި ހަދިޔާ ދިނުމުގެ ފުރުސަތުތައް އެއްތަނަކުން ފަސޭހަކަމާއެކު ލިބޭނެހެން ފަރުމާކޮށްފައިވާ އިން-ސްޓޯ ކެމްޕޭނެއް ކަމަށެވެ.

ފެބްރުއަރީ 15 އިން މާޗު 19، 2026 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ހޮވާލެވޭ ބައެއް އުފެއްދުންތަކުން 20 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބެ އެވެ.

Advertisement

ޕްރޮމޯޝަން ކުރިއަށްދާނީ ހަމައެކަނި ހުޅުމާލޭ ނިރޮޅުމަގުގައި ހުންނަ ސިމްޑީ ރެކްރިއާ ގައެވެ.

ސިމްޑީގެ މެނޭޖިން ޑިރެކްޓަރު މިޝްއަލް އިބްރާހިމް މުހައްމަދު ދީދީ އަދި ޖެނެރަލް މެނޭޖަރު ޔޫޝައު ސައީދު ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ؛

"ރަމަޟާން މަހަކީ ވިސްނުމާއި، ދީލަތިކަމާއި، އަދި އެކުވެރިކަމުގެ މަހެކެވެ. ސިމްޑީ ގްރޫޕުން އަބަދުވެސް މަސައްކަތް ކުރަނީ މިފަދަ ހާއްސަ ދުވަސްވަރެއްގައި ކަސްޓަމަރުންނަށް ބޭނުންތެރި އަދި އިތުބާރު ހުރި އުފެއްދުންތަކެއް ފޯރުކޮށްދިނުމަށެވެ،" ބަޔާނުގައިވެ އެވެ.

"އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒަކީ ރަމަޟާން މަހުގެ ތެރޭގައި ފެންވަރު ރަނގަޅު ތަކެތި ހެޔޮ އަގުގައި ކަސްޓަމަރުންނަށް ލިބޭނެކަން ކަށަވަރުކުރުމެވެ."

މި ޕްރޮމޯޝަންގައި ހިމެނޭ މުދަލުގެ ތެރޭގައި؛

  • ދުނާރު ބާސްމަތީ ހަނޑޫ، ގަރޮފާލޯ ޕާސްތާ، ސަންޓަން ކޯކޯނަޓް މިލްކް، އަދި ސަންއަޕް ކައްކަން ބޭނުންކުރާ ސާމާނު.
  • ދިލްމާ ސައި، މޮނިން ސިރަޕް، އަދި ބޮންކަފޭގެ ތައްޔާރީ ކޮފީ.
  • ކެޑްބަރީ (ސިލްކް، ޖެމްސް)، މައި ބިސްކިޓް، އަދި ޕަރފެޓީ ބްރޭންޑްތައް (މެންޓޯސް، ޗުޕާ ޗުޕްސް).
  • ގޭތެރެ ސާފުކުރުމާއި އަމިއްލަ ސާފުތާހިރުކަމަށް އްރިއަލް، ޓައިޑް، ޖިލެޓް، ހެޑް އެންޑް ޝޯލްޑާސް، ޕެންޓީން، އަދި އޮލޭ.
  • ކުޑަކުދިންނަށް ބޭނުންވާ ޕެމްޕަރސް އަދި ބޭބީ ޗެރަމީ ގެ ސާމާނު.
  • އިލެކްޓްރޯލަކްސް ބްރޭންޑްގެ ދޮންނަ މެޝިން، އައިސްއަލަމާރި، އެއަރ ފްރަޔަރ، އަދި ވެކިއުމް ކްލީނަރު ފަދަ ތަކެތިން ހާއްސަ ޑިސްކައުންޓްތަކެއް ލިބޭނެއެވެ. މިއީ ހާއްސަކޮށް ހުޅުމާލޭގައި އަލަށް ގެދޮރުވެރިވާ ފަރާތްތަކަށް އަމާޒުކޮށްފައިވާ އޮފާ އެކެވެ.

ސިމްޑީ ރޯދަ ހަދިޔާ ޕެކް

ހަދިޔާ ދިނުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި، ސިމްޑީން ވަނީ ހާއްސަ "ރޯދަ ހަދިޔާ" ޕެކްތަކެއް ތައްޔާރުކޮށްފައެވެ. ސިމްޑީ އޮންލައިން އެޕް މެދުވެރިކޮށް މި ޕެކްތަކަށް އޯޑަރު ކުރުމުން، ހަދިޔާ ލިބެންޖެހޭ ފަރާތަށް ސީދާ ޑެލިވަރީ ކޮށްދޭނެއެވެ.

  • 199 ރުފިޔާގެ ރޯދަ ހަދިޔާ ޕެކް
  • 499 ރުފިޔާގެ ރޯދަ ހަދިޔާ ޕެކް
  • 999 ރުފިޔާގެ ރޯދަ ހަދިޔާ ޕެކް

ކުންފުނިތަކާއި ޖަމިއްޔާތަކުން މުވައްޒަފުންނަށް ނުވަތަ އިޖުތިމާއީ ކަންކަމަށް ހަދިޔާ ދިނުމަށް ބޮޑެތި އޯޑަރު ދިނުމުގެ ފުރުސަތު އޮންނާނެ ކަމަށް ސިމްޑީ ބުންޏެވެ.

މީގެ 25 އަހަރު ކުރިން 2001 ވަނަ އަހަރު އުފެދުނު ސިމްޑީ ގްރޫޕަކީ ރާއްޖޭގެ އެންމެ ފުޅާދާއިރާއެއްގައި ވިޔަފާރިކުރާ އެއް ކުންފުންޏެވެ. އެ ކުންފުނިން 200 އަށްވުރެ ގިނަ ބައިނަލްއަގުވާމީ ބްރޭންޑްތައް ތަމްސީލުކޮށް، 15,000 އަށްވުރެ ގިނަ އުފެއްދުންތަކާއި ހިދުމަތްތައް ފޯރުކޮށްދެއެވެ. 2023 ވަނަ އަހަރު ހުޅުވި ސިމްޑީ ރެކްރިއާ ޝޯރޫމަކީ ގޭތެރެއަށް ބޭނުންވާ ފެންވަރު ރަނގަޅު ސާމާނު އެއްތަނަކުން ލިބޭނެހެން ފަރުމާކޮށްފައިވާ ތަނެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox