ތުރުކީ އާއި ރާއްޖެ އާ ދެމެދު ސޮއިކުރި ޕްރިފެރެންޝަލް ޓްރޭޑް އެއްބަސްވުމަށް އަމަލުކުރަން ފަށައިފި

Aug 1, 2026, 11:52 AM
ނޮވެމްބަރު 2024، ގައި ތުރުކީ އާއި ރާއްޖެ އާ ދެމެދު ސޮއިކުރި ޕްރިފެރެންޝަލް ޓްރޭޑުގެ އެއްބަސްވުން ބަދަލުކުރަނީ  -- ފޮޓޯ: އިކޮނޮމިކް މިނިސްޓަރީ

ނޮވެމްބަރު 2024، ގައި ތުރުކީ އާއި ރާއްޖެ އާ ދެމެދު ސޮއިކުރި ޕްރިފެރެންޝަލް ޓްރޭޑުގެ އެއްބަސްވުން ބަދަލުކުރަނީ -- ފޮޓޯ: އިކޮނޮމިކް މިނިސްޓަރީ

މީގެ 20 މަސްދުވަސް ކުރިން ނޮވެމްބަރު 2024، ގައި ރާއްޖެ އާއި ތުރުކީއާ ދެމެދު ސޮއިކުރި ޕްރިފެރެންޝަލް ޓްރޭޑް އެގްރިމެންޓަށް މިއަދުން ފެށިގެން އަމަލުކުރަން ފަށައިފި އެވެ.

ޕްރިފެރެންޝަލް ޓްރޭޑް އެގްރިމެންޓުގެ ދަށުން ޑިއުޓީއަކާ ނުލައި އެއް ގައުމުން އަނެއް ގައުމަށް މުދާ އެތެރެ ކުރުމަށް މަގުފަހިވެގެންދާނެ އެވެ. އެެ އެގްރީމެންޓުގައި ރާއްޖެއިން ތުރުކީއަށް އެކްސްޕޯޓުކުރާ 154 ބާވަތަކުން ޑިއުޓީ ކުޑަކުރަން ވަނީ ހިމަނާފަ އެވެ. އޭގެ ތެރޭގައި ގިނައީ މަހުގެ ބާވަތްތަކެވެ. 

ހަމައެހެންމެ، ތުރުކީއިން ރާއްޖެއަށް އިމްޕޯޓުކުރާ 404 ބާވަތަކުން ޑިއުޓީ ނުނަގަން އެގްރީމެންޓުގައި ވަނީ ހިމަނާފަ އެވެ. އޭގެ ތެރޭގައި ކާބޯތަކެއްޗާއި، ސެންޓާއި، ޕްލާސްޓިކާއި، ފޭރާމާއި، ދަނގަޑާއި އެއާކޮންޑިޝަނާއި، ޖެނެރޭޓަރާއި، ކޭބަލާއި، ޓީވީ އާއި، ފަރުނީޗަރާއި، އުޅަނދުފަހަރާއި އީ-ސްކޫޓަރުގެ ބައިތައް ހިމެނެ އެވެ. 

މި އެގްރީމެންޓަށް އަމަލުކުރަން ފެށުމުގެ ކުރިން ރާއްޖެއިން ތުރުކީއަށް އެކްސްޕޯޓް ކުރާ ގިނަ ބާވަތްތަކުން ދިޔައީ 50 ޕަސެންޓަށްވުރެ ބޮޑު ޑިއުޓީއެއް ނަގަމުންނެވެ. 

މީގެ ކުރިން ސަރުކާރުން ވަނީ ޗައިނާ އާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމަށް މިހާރު ވަނީ އަމަލުކުރަން ފަށާފަ އެވެ. 

އޭގެ އިތުރުން އަވައްޓެރި އިންޑިއާ އާއެކު ވެސް މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއި ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox