ގާދިއްފުށި ބަނދަރު ކޮނުމަށްފަހު އަޅާނުލާ އޮންނަތާ 11 މަސް، އެންމެ ފަހުން އުދަ އަރަނީ

ގާދިއްފުއްޓަށް އުދަ އެރުން

ގާދިއްފުއްޓަށް އުދަ އެރުން

ގާދިއްފުށި ބަނދަރު ހެދުމަށް ކޮނުމަށްފަހު އަޅާނުލާ ދޫކޮށްލާފައި އޮތްތާ 11 މަސްވެފައިވާއިރު، މޫސުން ގޯސްވުމުގެ ސަބަބުން އެ ރަށަށް މިއަދު އުދަ އަރައިފި އެވެ. 

ގާދިއްފުށި ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށް އެ މަޝްރޫއުގެ އަމަލީ މަސައްކަތް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފެށީ މުހައްމަދު މުއިއްޒު އެ ރަށަށް ކުރެއްވި ދަތުރުގަ އެވެ. 

ގާދިއްފުށިން އަދަދު އަށް މައުލޫމާތު ދިން މީހަކު ބުނީ މަޝްރޫއުގެ މަސައްކަތަށް ކަމަށް ބުނެ ބަނދަރު ހެދުމަށް ކަމަށް ބުނެ ބަނދަރުގެ އެކި ދިމާލުން ކޮނުމަށްފަހު ދޫކޮށްލާފައި އޮތުމުން ހުރިހާ ވެއްޔެއް ބަނދަރު ތެރެއަށް އެޅި، އެއްފަޅި ބެދިފައިވާ ކަމަށެވެ. 

މިގޮތުން މީގެ ކުރިން އާދަޔާ ހިލާފަށް އުދަ ނާރާ ގާދިއްފުއްޓަށް މިއަދު އުދަ އަރާފައިވާ ކަމަށާއި އޭގެ ސަބަބުން ޕާކާއި މަގުތަކުގައި ފެންބޮޑުވި ކަމަށް ވެސް އޭނާ ބުންޏެވެ. 

އޭނާ ބުނީ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްދިޔައީ އެންމެ ހަފްތާއެއްހާ ދުވަހު ކަމަށާއި އެއަށްފަހު މިހާތަނަށް އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށެވެ.  

މީގެއިތުރުން އުދަރަ އެރުމުގެ ސަބަބުން އަދި ބަނދަރު ތިލަވުމުގެ ސަބަބުން އުޅަނދުތައް ހިއްކިތަނަށް އަރުވަން މަޖުބޫރުވެފައިވާކަން އެނޭ ފާހަގަކުރެއްވި އެވެ. އޭނާ ބުނީ މަސައްކަތް ނުކޮށް ދޫކޮށްލާފައި އޮތުމުން ތޮށީގައި އުޅަނދު އަޅަންވެސް ދަތިވެފައިވާ ކަމަށެވެ. 

700 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ގާދިއްފުށި ބަނދަރު ހަދަން އެމްޓީސީސީއާ ހަވާލުކުރީ 85.78 މިލިއަން ރުފިޔާއަށް 580 ދުވަސް ތެރޭގައި މަސައްކަތް ނިންމުމަށެވެ. 

މި މަޝްރޫއުގެ ދަށުން 59،578 ކިއުބިކް މީޓަރުގެ ސަރަހައްދުގެ ބަނދަރު ފުންކުރުމާއި، 227 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، 145 މީޓަރުގެ ބޭރުތޮއްޓެއް ލުމާއި، 204 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް ޖެހުމާއި، 318 މީޓަރުގެ ތޮއްޓެއް ލުމާއި، 20 މީޓަރު ދިގު ތިން މީޓަރު ފުޅާ ބްރިޖެއް ހެދުން ހިމެނެ އެވެ. 

ރާއްޖޭގެ އެކި ރަށްތަކުގައި މި ސަރުކާރާއި ކުރީ ސަރުކާރުން ފަށާފައިވާ ގިނަ މަޝްރޫއުތައް ވަނީ ހުއްޓިފަ އެވެ. ބައެއް މަޝްރޫއުތައް ކުރިއަށްނުދަނީ ބޮޑު ހިލަ ނެތުމުގެ ސަބަބުން ކަމަށް ސަރުކާރުން ބުނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox