ފައިސާ ނެތިގެން މަޝްރޫތައް ހުރީ ހުއްޓިފައި، އޭގެ ތަފްސިލު ވެސް ސަރުކާރަކަށް ނޭނގޭ: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު: މަޝްރޫއުތަކުގެ ތަފްސީލް ސަރުކާރަށް ނޭނގިގެން އުޅެނީ އައިލްސް ޕްރޮގްރާމް ހުއްޓާލުމުން ކަމަށް އެމަނިކުފާނު ވިދާޅުވި -- ފޮޓޯ: އަދަދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު: މަޝްރޫއުތަކުގެ ތަފްސީލް ސަރުކާރަށް ނޭނގިގެން އުޅެނީ އައިލްސް ޕްރޮގްރާމް ހުއްޓާލުމުން ކަމަށް އެމަނިކުފާނު ވިދާޅުވި -- ފޮޓޯ: އަދަދު

ފައިސާ ނެތިގެން ރަށްރަށުގައި ކުރިއަށްދާ ހުރިހާ މަޝްރޫއެއް ހުއްޓިފައި ހުރިއިރު، އޭގެ ތަފްސީލު ވެސް ސަރުކާރަށް ނޭނގޭ ކަމަށް ކުރީގެ ރައީސް އަދި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ. 

އެމްޑީޕީން ބެއްވި ހަރުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ ސަރުކާރުގައި ފައިސާ ނެތުމުގެ ސަބަބުން ރަށްރަށުގައި ހުރިހާ މަޝްރޫއެއް ހުއްޓިފައިވާ ކަމަށާއި އެކަން ރައީސް މުހައްމަދު މުއިއްޒަށް އެނގޭނީ ރަށްރަށަށް ވަޑައިގަތުމުން ކަމަސެވެ. 

"ހުރިހާ މަޝްރޫއެއް ހުރީ ހުއްޓިފައި. މި ސަރުކާރުގައި ފައިސާއެއް ނެތް އެއްވެސް މަޝްރޫއެއް ހިންގާކަށް. އެހެންވީމަ އެ މަޝްރޫއުތަކެއް ނުހިނގާ. އަޅުގަނޑު ޑރ. މުއިއްޒަށް ދަންނަވަން ރާއްޖޭގެ ރަށަކަށް ގޮސް ބައްލަވާލައްވަން. ވަޑައެއް ނުގަންނަވައޭ. ރާއްޖޭގެ ރަށެއްގައި ކަންކަން ހިނގާ ގޮތް މިހާރު އެމަނިކުފާނަށް އޮޅިވަޑައިގަންނަވަނީ،" ނަޝީދު ވިދާޅުވި އެވެ.

ނަވާރަވަނަ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ނަޝީދު ވިދާޅުވީ ރަށްރަށުގައި ކުރިއަށްދާ މަޝްރޫއުތަކުގެ ތަފްސީލު ސަރުކާރަށް ހާމަނުކުރެވިގެން އުޅެނީ އެ މައުލޫމާތު ނޭނގޭތީ ކަމަށް ބެލެވޭ ކަމަށެވެ.

މަޝްރޫއުތަކުގެ ތަފްސީލް ސަރުކާރަށް ނެނގިގެން އުޅެނީ 2008 ގެ އެމްޑީޕީގެ ވެރިކަމުގައި އުފެއްދި އައިލްސް ޕްރޮގްރާމުގެ ދަށުން މަޝްރޫއުތަކުގެ ތަފްސީލްތައް ރެކޯޑު ކުރަމުން ދަނިކޮށް މި ސަރުކާރުން އައިސް އެކަން ހުއްޓާލުމުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެއިރުގައި [2008 ގެ އެމްޑީޕީ ވެރިކަމުގައި] އުފެދުނު އައިލްސް ޕްރޮގްރާމެއް. އޭގައި އަޅުގަނޑުމެން ޖެހީ ކޮންމެ ރަށެއްގައި ހިނގަނީ ކޮން ކަމެއްތޯ. ކޮންމެ ރަށެއްގައި ވަނީ ކޮން ކަމެއްތޯ. ޖެހީމާ އެނގެން ފެށީ ކޮން ކަމެއްތޯ ވަނީ. މި ބޭފުޅުން ސަރުކާރަށް އައިސް އެކަން ހުއްޓާލައިފި. އެހެންވީމަ އެނގިވަޑައެއް ނުގަންނަވާ ހަގީގަތުގައި [ހިނގާ ޕްރޮޖެކްޓްތައް].

"އެނގިވަޑައި ނުގަންނަވަނީސް މައުލޫމާތެއް ނުދެވޭނެ ނޫންތޯ. އަޅުގަނޑަށް ޔަގީން ކަށަވަރު ކިތަންމެ ބޮޑު ކާއްޓެއްވެސް އަޅުގަނޑު ކައިފާނަން. އެބޭފުޅުންނަށް ސާދާ ސީދާ އެނގިވަޑައި ނުގަންނަވަނީ ރަށްރަށުގައި ހިނގަނީ ކޮން ކަމެއްކަން. އަޅުގަނޑުމެންނަށް އެނގޭ. އަޅުގަނޑުމެން ބަލަން. އަޅުގަނޑުމެންގެ އޮފީހުން ރަށްރަށުގެ ކައުންސިލަށް ގުޅަން."

މީގެއިތުރުން ސަރުކާރުގައި ފައިސާ ނެތިގެން މަޝްރޫއުތައް ނުހިންގިގެން އުޅޭއިރު ސިޓީ ކައުންސިލްތަކުންނާއި ރަށު ކައުންސިލްތަކުގެ އިތުރުން މަޝްރޫއުތައް ހިންގަން ބޭނުންވާ ހުރިހާ އެންމެންނަށް ހުރަސްއަޅަމުންދާކަން ނަޝީދު ފާހަގަކުރެއްވި އެވެ. 

މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނު (އާރުޓީއައި ގާނޫނު) ގެ ދަށުން މި ސަރުކާރުން ނިންމި މަޝްރޫއުތަކުގެ ތަފްސީލު ދިނުމަށް ހުށަހެޅުން އެ މައުލޫމާތު ރައީސް އޮފީހުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި މުއިއްޒު ވިދާޅުވީ މިދިޔަ ދެ އަހަރާއި އަށް މަސް ދުވަހުގެ ތެރޭގައި އެކި ދާއިރާތަކުން 590 މަޝްރޫއު ނިންމިފައިވާ ކަމަށެވެ. 

އަދަދު ނޫހުން ރައީސް އޮފީހަށް ހުށަހެޅި އާރްޓީއައިގައި އެދިފައިވަނީ  މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން ރަށްރަށަށް ކުރެއްވި ދަތުރުތަކުގައި ހަވާލުކުރި މަޝްރޫއުތަކާއި، ބިންގާ އެޅި މަޝްރޫއުތަކާއި، ވީ ވައުދުތަކުގެ އިތުރުން މުއިއްޒު ވީ ވައުދުތަކުގެ ތެރެއިން މިހާތަނަށް ފުރިހަމައަށް ފުއްދިފައިވާ ވައުދުތަކުގެ ތަފްސީލު ދިނުމަށެވެ.

އައިކޮމްއިން  ޖުލައި 5، ގައި ރައީސް އޮފީހަށް އެންގީ މަޝްރޫއުތަކުގެ ތަފްސީލްތައް އަދަދު ނޫހުން އެދުނު ގޮތަށް 14 ދުވަސް ތެރޭގައި ދިނުމަށެވެ. ނަމަވެސް 14 ދުވަސް މިހާރު ފާއިތުވެފައިވާއިރު އެ މައުލޫމާތު ރައީސް އޮފީހުން ދީފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox