ޖޫން ނިމިގެންދިޔައިރު ވެސް މުއިއްޒު ވިދާޅުވި ގޮތަށް ބީއެމްއެލްގެ ޑޮލަރު ކޮންޓްރޯލްތަކަށް ލުޔެއް ނުލިބުނު

މުއިއްޒު އާއި ބީއެމްއެލް ސީއީއޯ ޝަރީފް. މިދިޔަ ޖޫން މަހުގެ ނިޔަލަށް ލުއިތަކެއް ލިބޭނެ ކަމަށް ވިދާޅުވި ނަމަވެސް އެގޮތަށް އެކަން ހިނގާފައި ނުވޭ --- ފޮޓޯ؛ އަދަދު

މުއިއްޒު އާއި ބީއެމްއެލް ސީއީއޯ ޝަރީފް. މިދިޔަ ޖޫން މަހުގެ ނިޔަލަށް ލުއިތަކެއް ލިބޭނެ ކަމަށް ވިދާޅުވި ނަމަވެސް އެގޮތަށް އެކަން ހިނގާފައި ނުވޭ --- ފޮޓޯ؛ އަދަދު

ރުފިޔާ ކާޑުތަައް ބޭނުންކޮށްގެން ޑޮލަރުން ކުރާ މުއާމަލާތްތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގެނައި ކޮންޓްރޯލްތަކަށް ޖޫން މަހުގެ ފަހު ކޮޅު ލުޔެއް ލިބޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދު ހާސިލުނުވެ ވަގުތު ފާއިތުވެއްޖެ އެވެ.

ބީއެމްއެލްއިން މި ކޮންޓްރޯލްތައް ކަނޑައެޅީ، އިރާނު ހަނގުރާމައާ ގުޅިގެން ކުރިން ލިބޭ ވަރަށް ޑޮލަރު ނުލިބޭ ކަމަށް ބުނެ އެވެ. އެގޮތުން ބޭންކުން ވަނީ ދިވެހިން އާންމުކޮށް ވިޔަފާރިކުރާ ބައެއް ސައިޓުތަކަށް ޑެއިލީ ލިމިޓެއް ކަނޑައަޅާ، އެ ސައިޓުތަކުން 30 ޕަސެންޓުގެ ފީއެއް ނަގަން ފަށާފަ އެވެ. 

ޖޫން މަހުގެ ފުރަތަމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަމާ ގުޅިގެން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ އެ މަސް ނިމޭހާ ތަނުގައި ލުއިތަކެއް ދޭނެ ކަމަށް ބީއެމްއެލްއިން އެމަނިކުފާނަށް އިޝާރާތްކޮށްފައިވާ ކަމަށެވެ. 

Advertisement

"ބޭންކް އޮފް މޯލްޑިވްސްއަށް ދަތިތަކެއް ދިމާވާތީ، ހަމަ މިހާރު ކުޑަކޮށް ލިމިޓު ކޮށްލައިގެން އުޅެނީ. އެހެން ނަމަވެސް އަޅުގަނޑު އިއްޔަގަ ބޭންކަށް ރައީސް އޮފީހުން މައުލޫމާތު ހޯދަން ބެލިއިރުގަ، މި މަސް ނިމޭ ހިސާބުގަ އަނެއްކާ ވެސް ވަރަށް ބޮޑު ތަނުން ލުއި ކޮށްދޭން ކަމުގެ އިޝާރާތްކުރައްވާފަ ވަނީ،" އެމަނިކުފާނު ވިދާޅުވި އެވެ.

ބީއެމްއެލްގެ ޑޮލަރު ކޮންޓްރޯލްތަކަށް މި މަހުގެ ފަހުކޮޅު ލުޔެއް ލިބޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ބީއެމްއެލްގެ ރުފިޔާ ކާޑުތަކުން ޑޮލަރުގެ މުއާމަލާތްކުރުމަށް މިހާރު ކަނޑައަޅާފައިވާ ކޮންޓްރޯލްތަކަށް މި މަހުގެ ފަހުކޮޅު ލުޔެއް ލިބޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. މި ލުއި ދިނުމަށް ބޭންކުން ނިންމާފައިވަނީ ޓޫރިޒަމަށް އައި ހީނަރުކަމަށްފަހު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އަލުން އިތުރުވާން ފެށުމާ ގުޅިގެންނެވެ.

އެހެން ނަމަވެސް، ޖޫން މަސް ނިމި ޖުލައި މަސް ފެށިގެންދިޔައިރު ވެސް ބީއެމްއެލްގެ ފަރާތުން އެއްވެސް ލުޔެއް އާންމު ރައްޔިތުންނަށް ލިބިފައެއް ނުވެ އެވެ. އެތައް ބަޔަކު އަންނަނީ މުއިއްޒު އެ ދުވަހު އެހެން ވިދާޅުވި ވީޑިއޯ ހިއްސާކޮށް އަދިވެސް ބޭރުން ތަކެތި ގަންނަން ބޮޑު ތަކުލީފެއް އުފުލަން ޖެހިފައިވާކަން ހާމަކުރަމުންނެވެ. 

އާންމުންނަށް ލުއިތަކެއް ދިނުމުގެ ބަދަލުގައި ބޭންކުން ވަނީ ބޭންކަށް މާރުކުރާ ޑޮލަރު އިތުރުކުރުމުގެ ބޭނުމުގައި އެމްއެމްއޭއިން ކަނޑައަޅާފައިވާ ރަސްމީ އެކްސްޗޭންޖު ރޭޓަށް ވުރެ ބޮޑުކޮށް ޑޮލަރު ގަންނަން ފަށާފަ އެވެ. ބީއެމްއެލްއިން އިންވެސްޓުކުރާ ޑޮލަރުތަކަށް ދިވެހި ރުފިޔާއިން އަގު ދިނުމަށްފަހު، ފައިދާގެ ގޮތުގައި 25 ޕަސެެންޓު ދިނުމުން ޑޮލަރަކަށް ޖެހެނީ 19.30ރ. އެވެ. ކަޅު ބާޒާރުގައި ޑޮލަރު ގަންނަން ލިބެނީ 20.50ރ. އަށްވުރެ ބޮޑުކޮށެވެ. 

ބީއެމްއެލްގެ ޑޮލަރު ލިމިޓުތަކާ ގުޅިގެން އާންމުންގެ ޝަކުވާ ބޮޑުވެފަ ވާއިރު، ބީއެމްއެލްއިން ބުނި ސައިޓުތައް ނޫން ސައިޓުތަކަށް ފައިސާ ނުދެއްކޭ ކަމަށް ވެސް މީހުން އަންނަނީ ބުނަމުންނެވެ. މިކަމުގައި އެ ބޭންކުން ދޭ ޖަވާބަކީ އަލުން ފައިސާ ދެއްކޭތޯ މަސައްކަތް ކުރުމަށެވެ.

ބީއެެމްއެލްއިން ބުނާ ގޮތުގައި އެ ބޭންކުން ދިވެހި ރުފިޔާ ކާޑުތަކަށް ވިއްކާ ޑޮލަރަކީ ޓޫރިސްޓުންގެ ކާޑުތަކުން ކުރާ މުއާމަލާތްތަކުން އެ ބޭންކަށް ލިބޭ ޑޮލަރެވެ. އެހެންކަމުން ޓޫރިސްޓުން އިތުރުވެ، ކާޑުތަކުން ކުރާ މުއާމަލާތްތައް އިތުރުވާ ވަރަކަށް އެ ބޭންކަށް ވަންނަ ޑޮލަރު އިތުރު ވާނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox