ފެނަކައިގެ މުވައްްޒަފުންތަކެއް ވަކިކުރުމުން ކުރެންދޫގައި މުޒާހަރާކުރަނީ

Jul 23, 2026, 3:04 PM
ކުރެންދޫ ފެނަކަ އޮފީސް ކުރިމަތީ މުޒާހަރާކުރަނީ

ކުރެންދޫ ފެނަކަ އޮފީސް ކުރިމަތީ މުޒާހަރާކުރަނީ

ފެނަކައިގެ ހިދުމަތް ދެމުންދިޔަ ރަށްތަކުގެ ތެރެއިން ސްޓެލްކޯގެ ދަށަށް ހިދުމަތްތައް ބަދަލުކޮށްފައިވާ ރަށްތަކުގެ ތެރެއިން ޅ. ކުރެންދޫގެ ބްރާންޗުން މުވައްޒަފުންތަކެއް ވަކިކުރުމާ ގުޅިގެން މުޒާހަރާކުރަން ފަށައިފި އެވެ.

ވަޒީފާއިން ވަކިކުރުމުގެ ލިޔުންތައް ފެނަކަ މެދުވެރިކޮށް ފޮނުވަމުންދަނީ ސްޓެލްކޯއިންނެވެ. އެ ލިޔުމުގައި ބުނެފައިވަނީ ސްޓެލްކޯއަށް މުވައްޒަފުން ނެގުމަށް އެ ކުންފުނިން ކުރިއަށްގެންދިޔަ ސްކްރީނިން ޕްރޮސެސްއިން ހޮވިފައިވާ މުވައްޒަފުންގެ ތެރޭގައި އެ މުވައްޒަފުން ނުހިމެނޭ ކަމަށެވެ.

ޕްރޮސެސްގެ ތެރެއިން މިހާތަނަށް ޅ. ކުރެންދޫއިން ފަސް މުވައްޒަފަކު ވަނީ ވަކިކޮށްފަ އެވެ. އޭގެ ތެރެއިން ދެ މުވައްޒަފުންނަކީ އެ ކުންފުންޏަށް ފަސް އަހަރު ހިދުމަތްކޮށްފައިވާ މުވައްޒަފުންނެވެ.  މިއަދު މެންދުރު އެ ރަށުގައި ހުންނަ ފެނަކަ އޮފީސް ކުރިމަތީގައި ވަނީ އެކަމާ ދެކޮޅަށް އަޑުއުފުލާފަ އެވެ.  

ރާއްޖޭގެ އެކި ރަށްރަށުގައި ހަރަކާތްތެރިވަމުން އަންނަ އެސްއޯއީތަކުގެ މުވައްޒަފުން އަންނަނީ ވަކިކުރަމުންނެވެ. އެ މީހުން ވަކިކުރަމުންދަނީ ކުންފުނިތައް "ރައިޓް ސައިޒް" ކުރުމަށް ކަމަށް ބުނެ އެވެ. އެކަމާ ގުޅިގެން އެމްޑީޕީން ބުނީ އެސްއޯއީތަކުން ޖުމްލަ 14،733 މުވައްޒަފުން ކަނޑާލަން ޖެހޭނެ ކަމަށާއި އޭގެ ސަބަބުން 50،000 މީހުންނަށް އަސަރުކުރާނެ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މުވައްޒަފުން ވަކިކުރުމުގައި އެ މުވައްޒަފަކު ނިސްބަތްވާ ޕާޓީއަކަށް ރިއާޔަތްކުރެ އެވެ. އެގޮތުން ޕީއެންސީއަށް ނިސްބަތްވާ މުވައްޒަފުން ވަކިކުރުމަށްފަހު، އަލުން އަނބުރާ ވަޒީފާ ދީފައިވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox