ހެނދުނު ކުރި ވިއްސާރައިގައި އުތުރުގެ ތިން ރަށަކަށް ބޮޑެތި ގެއްލުންތަކެއް

މިއަދު ހެނދުނު ކުރި ވިއްސާރައިގެ ސަބަބުން ނ. ހެނބަދޫގައި ފެންބޮޑުވެފައި: މި ރަށުގެ މީހުން ދިރިއުޅޭ ގެތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށް ބުނެފައިވޭ -- ފޮޓޯ: އެންޑީއެމްއޭ

މިއަދު ހެނދުނު ކުރި ވިއްސާރައިގެ ސަބަބުން ނ. ހެނބަދޫގައި ފެންބޮޑުވެފައި: މި ރަށުގެ މީހުން ދިރިއުޅޭ ގެތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށް ބުނެފައިވޭ -- ފޮޓޯ: އެންޑީއެމްއޭ

މިއަދު ހެނދުނު ރާއްޖެއަށް ކުރި ވިއްސާރައިގައި އުތުރުގެ ގިނަ ރަށްތަކަކަށް ބޯކޮށް ވާރޭވެހި މީހުން ދިރިއުޅޭ ގެދޮރަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖުމެންޓުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިއަދު ކުރި ވިއްސާރައިގައި ނ. އަތޮޅު ހެނބަދޫ އާއި ކެނދިކުޅުދޫގެ އިތުރުން ޅ. ކުރެންދޫއަށް ބޯކޮށް ވާރޭވެހި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

އެ ގޮތުން ނ. ހެނބަދޫގައި ފެންބޮޑުވެ އެރަށު 75 ގެއަކަށް ފެންވަދެ ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެންޑީއެމްއެއިން ބުންޏެވެ.

ހެނބަދޫ ކައުންސިލުގެ ރައީސް، ހުސެއިން އަބޫބަކުރު "އަދަދު" ނޫހަށް ބުނީ މިއަދު ހެނދުނު 6:30 އިން ފެށިގެން 11:30 ހާއިރު ވަންދެން އެ ރަށަށް ބޯކޮށް ވާރޭވެހުނު ކަމަށާއި މިހާރު ވެސް އެ ރަށުގެ ބައެއް ސަރަހައްދުތަކުގައި ތިން ފޫޓަށް ފެން އެބަހުރި ކަމަށެވެ.

"މިއަދު 6:30 އިން ފެށިގެން ގޮސް 11:30-12:00 އާ ހަމައަށް ހަމަ ބޯކޮށް ވާރޭވެހުނު، އަޅުގަނޑުމެންގެ ވޭސްޓު މެނޭޖުމެންޓު ސެންޓާ އެއީ އެންމެ އަޑި ސަރަހައްދު، އެ ސަރަހައްދުގައި އެބަހުރި 3 ފޫޓަށް، ވޭސްޓު މެނޭޖުމެންޓު ސެންޓަރު ހަމަ އެއްކޮށް އަޑީގައި ހުރީ އިނގޭތޯ،" އޭނާ ބުންޏެވެ.

ވޭސްޓު މެނޭޖުމެންޓު ސެންޓަރު ސަރަހައްދުގައި ހުރި ބައެއް މެޝިނަރީޒް ވެސް ހުރީ އެއްކޮށް ފެނުއަޑީގައި ކަމަށް ހުސެއިން ބުންޏެވެ.

"އަޅުގަނޑު މި އަންދާޒާ ކުރަނީ މި ރަށުގެ 70 ޕަސެންޓު ގެއަށް ފެންވަދެ ގެއްލުންވެފައި ހުންނާނެ ކަމަށް، ގޭގޭގައި ހިފައި ގެންގުޅޭ ތަކެތި ހަލާކުވެފައި ހުރީ އެއް ގެއެއްގެ ކަރަންޓު ވެސް ކެނޑުނު، އެކަމަކު މިހާރު ވަނީ ކަރަންޓު ފޯރުކޮށްދެވިފައި،" ހުސެއިން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox