ސްކޫލް ޗުއްޓީއަށް ސީޒަން ޕެރަޑައިސްގެ ހާއްސަ ޕެކޭޖުތަކެއް

Jul 23, 2026, 9:41 AM
ސީޒަން ޕެރަޑައިސް އިން ހާއްސަ ލޯކަލް ޕެކޭޖުތަކެއް ތައާރަފުކޮށްފި

ސީޒަން ޕެރަޑައިސް އިން ހާއްސަ ލޯކަލް ޕެކޭޖުތަކެއް ތައާރަފުކޮށްފި

ސްކޫލް ޗުއްޓީއާ ދިމާކޮށް، ކ. ތުލުސްދޫގައި ހުންނަ މަޝްހޫރު ހޮޓާ "ސީޒަން ޕެރަޑައިސް" އިން ދިވެހިންނާއި ވޯކް ޕާމިޓް އޮންނަ ބިދޭސީންނަށް ހާއްސަ ޕެކޭޖުތަކެއް ތައާރަފުކޮށްފިއެވެ. މިއީ ޗުއްޓީގައި އާއިލާ އާއި ރައްޓެހިންނާއެކު ހިތްގައިމު ދަތުރެއް ރާވާލަން ބޭނުންވާ ފަރާތްތަކަށް ލިބިގެންދާނެ ރަނގަޅު ފުރުސަތެކެވެ.

މި ޕެކޭޖުތަކުގެ ދަށުން ފުލް ބޯޑު އުސޫލުން ދެ މީހުންނަށް އެއް ކޮޓަރި ލިބޭނެއެވެ. މީގެ އިތުރުން ދަތުރުފަތުރުގެ ހިދުމަތްވެސް ހިމެނެނީ މުޅި ޕެކޭޖުގެ އަގުގެ ތެރޭގަ އެވެ. މާލެއިން ތުލުސްދޫއަށް ލޯންޗުގައި ކުރާ މި ދަތުރަށް ހޭދަވާނީ އެންމެ 25 މިނެޓާއި 30 މިނެޓާ ދެމެދުގެ ވަގުތެކެވެ.

ޕެކޭޖުގެ މުހިންމު ތަފްސީލުތައް:

  • މުއްދަތު: 2 ދުވަހުގެ އަދި 3 ދުވަހުގެ ޕެކޭޖުތައް ލިބޭނެ
  • ގްރޫޕް ޑިސްކައުންޓް: ގިނަ މީހުން ހިމެނޭ ގްރޫޕް ބުކިންތަކަށް އިތުރު ޑިސްކައުންޓާއެކު އަގުތައް އިތުރަށް ހެޔޮވެގެންދާނެ
  • އިތުރު ހިދުމަތްތައް: ޕެކޭޖުގެ ތެރެއިން ސީޒަން ޕެރަޑައިސްގެ ސްވިމިންގް ޕޫލާއި ޖިމް ބޭނުންކުރުމުގެ ފުރުސަތު ހިލޭ ލިބޭނެ
  • ޑޭ ވިޒިޓް: ރަށުގައި ރޭކުރުމުގެ ބަދަލުގައި ރަށަށް ޒިޔާރަތްކޮށްލަން ބޭނުންވާ ފަރާތްތަކަށް ހާއްސަ "ޑޭ ވިޒިޓް" ޕެކޭޖުތައްވެސް ވަނީ ތައާރަފުކޮށްފަ

ސީޒަން ޕެރަޑައިސްގައި އަލަށް ހުޅުވި "ދަ ގާޑަން ރެސްޓޯރަންޓް" އިން ސީފުޑް، ތައި، މެކްސިކަން އަދި އިޓަލީގެ މީރު ރަހަތައް ހިމެނޭ ގިނަ ބާވަތްތަކެއްގެ ކެއުންތައް ލިބެން ހުންނާނެ އެވެ. މީގެ އިތުރުން، މި ރެސްޓޯރަންޓުން ކ. ތުލުސްދޫގެ ކޮންމެ ސަރަހައްދަކަށްވެސް ކާބޯތަކެތި ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތް ފޯރުކޮށްދެއެވެ.

ބުކިން ހެއްދެވުމަށާއި އިތުރު މައުލޫމާތު ހޯއްދެވުމަށް 9607791388+ އަށް ގުޅުމުން ރިޒަވޭޝަން ހެެއްދެވޭނެ އެވެ. އިތުރު ތަފްސީލު ސީޒަން ޕެރަޑައިސްގެ ވެބްސައިޓް އިން ލިބެން ހުންނާނެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަންނަ ކޮންމެ ލެނޯވޯ ލެޕްޓޮޕަކާއެކު ހަދިޔާ ލިބޭ ޕްރޮމޯޝަނެއް

އަހަރު ނިމުމާ ދިމާކޮށް ސިމްޑީން ފެށި މި ޕްރޮމޯޝަންގައި، ޑިސެމްބަރު 31 ގެ ނިޔަލަށް ލެނޯވޯގެ އައު މޮޑެލްތަކުގެ ލެޕްޓޮޕް ގަންނަ ފަރާތްތަކަށް ހިލޭ ޕްރިންޓަރަކާއި ބެކްޕެކެއް ލިބޭނެއެވެ. މި ޕްރޮމޯޝަންގެ މަގުސަދަކީ ކިޔަވާ ދަރިވަރުންނާއި މަސައްކަތްތެރިންނަށް އެންމެ ފަހުގެ އައި.އޭ ޓެކްނޮލޮޖީގެ ލެޕްޓޮޕްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

Newsletter

Get the latest news delivered straight to your inbox