އަހަރު ދެބައިވީއިރު ރިކަރަންޓު ހަރަދުތައް 20 ބިލިއަން ރުފިޔާއަށް އަރައިފި

Jul 10, 2026, 8:18 PM
ފިނޭންސް މިނިސްޓްރީ ހުންނަ އިމާރާތް: ހަރަދުތައް އިތުރުވީ މުސާރަ އާއި ސަބްސިޑީތަކަށް ކުރާ ހަރަދު އިތުރުވާތީ --- ފޮޓޯ: އަދަދު

ފިނޭންސް މިނިސްޓްރީ ހުންނަ އިމާރާތް: ހަރަދުތައް އިތުރުވީ މުސާރަ އާއި ސަބްސިޑީތަކަށް ކުރާ ހަރަދު އިތުރުވާތީ --- ފޮޓޯ: އަދަދު

އަހަރު ދެބައިވީއިރު، ސަރުކާރުން ރިކަރަންޓު ހަރަދުތަކަށް 20 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މާލީ ތަފާސްހިސާބުތަކުން ހާމަވެއްޖެ އެވެ.

ފިނޭންސުން އާންމުކޮށްފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުގައިވާ ގޮތުގައި މިދިޔަ ހަފުތާ ނިމުނުއިރު، ސަރުކާރުގެ ޖުމްލަ ހަރަދުތައް ހުރީ 23.4 ބިލިއަން ރުފިޔާގަ އެވެ. އެއީ ތަރައްގީގެ މަޝްރޫއުތަކަށް ކުރާ ކެޕިޓަލް ހަރަދުގެ ގޮތުގައި ހޭދަކުރި ތިން ބިލިއަން ރުފިޔާ ހިމަނައިގެންނެވެ.  ހިމަނައިގެންނެވެ.

ޖުމްލަ ހަރަދުތަކަށް ބަލާއިރު، އެ މުއްދަތުގެ ތެރޭގައި ސަރުކާރުން ކުރި ހަރަދު ކުރި ވަނީ މިދިޔަ އަހަރަސް ވުރެ 4.2 ބިލިއަން ރުފިޔާ ނުވަތަ 21.7 ޕަސެންޓު އިތުރުވެފަ އެވެ. 

Advertisement

ހަރަދު އިތުރުވީ ސަބަބާ ގުޅިގެން ފިނޭންސް މިނިސްޓްރީން ބުނީ   އެންމެ ބޮޑު ސަބަބަކީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ކުރި ޚަރަދު އިތުރުވުން ކަމަށެވެ. އަނެއް ސަބަބަކީ، އިރާނު ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި އެހެނިހެން ތަކެތީގެ އަގުތައް އުފުލިފައިވާތީ، ސަބްސިޑީއަށް ހަރަދުވާ މިންވަރު އިތުރުވުމެވެ. 

ފިނޭންސުގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ސަބްސިޑީއަށް 2.8 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މި އަހަރަށް ކަނޑައެޅި ޖުމްލަ ބަޖެޓު ހަމަވާން ހުރީ 22 ވަރަކަށް މިލިއަން ރުފިޔާ އެވެ. އަދި މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު، 1.4 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. 

ސަރުކާރުން ރިކަރަންޓު ހަރަދުގެ ބޮޑު ބަޔެއް ހަރަދުކުރީ ސަރުކާރު ހިންގުމާއި އިދާރީ ހަރަދުތަކަށެވެ. އަހަރުގެ މިހާތަނަށް މި ހަރަދުތަކަށް 12.2 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރަށް ވުރެ 2.6 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ދެން އެންމެ ބޮޑު ހަރަދެއް ހިނގީ މުސާރަ އާއި ޕެންޝަންތަކަށެވެ. މި ދާއިރާއިން ކުރި ޖުމްލަ ހަރަދުަތައް އަށް ބިލިއަން ރުފިޔާގައި ހުރިއިރު، މުސާރަ އާއި އުޖޫރައަށް އެކނި ވަނީ 3.7 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. މިއީ މިދިޔަ އަހަރަށް ވުރެ 13.9 ޕަސެންޓު އިތުރު އަދަދެކެވެ. 

ހަރަދުތައް އިތުރުވުމާ ގުޅިގެން، ބަޖެޓުގެ އޯވަރޯލް ބެލެންސްގެ ޑެފިސިޓު ހުރީ 975.9 މިލިއަން ރުފިޔާގަ އެވެ. 

ޑެފިސިޓު މި ވަރުގައި ހިފެހެއްޓިފަ ހުރި މައިގަނޑު ސަބަބަކީ ދައުލަތުގެ ޓެކްސް އާމްދަނީ ރަނގަޅު ވުމެވެ. ފިނޭންސުން ބުނީ މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ މާލީ ހާލަތު ހަރުދަނާކަންމަތީ ދެމިއޮތީ ޓެކްސްގެ އާމްދަނީ، ހާއްސަކޮށް ކޯޕަރޭޓް އިންކަމް ޓެކްސް އަދި ޖީއެސްޓީ އިތުރުވުމާ ގުޅިގެން ކަމަށެވެ.

ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ 22.4 ބިިލިއަން ރުފިޔާގައި ހުރިއިރު، ޓެކްސް އާމްދަނީއަކީ 17.3 ބިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު  15.3 ބިލިއަން ރުފިޔާއަށް، 13 ޕަސެންޓުގެ ކުރިއެރުމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox