މާލޭ ސިޓީ ކައުންސިލުގެ އޮޑިޓު ކޮމިޓީގެ ޗެއާގެ މަގާމު ޕީއެންސީގެ ސަނީހަށް ދީފި

ހުޅުމާލޭ މެދު ދާއިރާގެ ކައުންސިލަރު އަހުމަދު ސަނީހު ހަނީފް: ސަނީހަކީ ބިންވެރިޔާ ގޯތި ވައްކަމުގައި ތުހުމަތުކުރެވޭ މީހެއް --- ފޮޓޯ: މާލެ ސިޓީ ކައުންސިލް

ހުޅުމާލޭ މެދު ދާއިރާގެ ކައުންސިލަރު އަހުމަދު ސަނީހު ހަނީފް: ސަނީހަކީ ބިންވެރިޔާ ގޯތި ވައްކަމުގައި ތުހުމަތުކުރެވޭ މީހެއް --- ފޮޓޯ: މާލެ ސިޓީ ކައުންސިލް

މާލޭ ސިޓީ ކައުންސިލުގެ ކޮމިޓީތައް އެކުލަވާލިއިރު، އޮޑިޓި ކޮމިޓީގެ ޗެއާ ކަމާއި ފިނޭންސް ބަޖެޓު އެންޑް ރިސޯސް މޮބިލައިޒޭޝަން ކޮމިޓީގެ ވައިސް ޗެއާގެ މަގާމު ހިމެނޭ ގޮތަށް، އެ ކައުންސިލުގެ މުހިންމު ކޮމިޓީތަކެއް ޕީއެންސީ ތަމްސީލު ކުރައްވާ ކައުންސިލަރު އަހުމަދު ސަނީފު ހަނީފާ ހަވާލުކޮށްފި އެވެ.

ކައުންސިލުގެ މާލީ ކަންތައްތަކާ ބެހޭ މުހިންމު ކޮމިޓީތަކެއް ސަނީހާ ހަވާލުކުރިއިރު، އޭނާއަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގައި ހުރި ދުވަސްވަަރު ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތަކެއްގައި ބައިވެރިވީކަމުގެ ތުހުމަތު ކުރެވޭ މީހެކެވެ. އޭގެ ތެރޭގައި ބިންވެރިޔާ ގޯތިތަކުގެ ވައްކަމާއި ވޯޓާ ތީމް ޕާކުުގައި ހުރި މުދާތަކެއް ވަގަށް ނެގި މައްސަލަ ހިމެެނެ އެވެ.

މި ކަންކަން ހިނގިއިރު ސަނީހަކީ އެޗްޑީސީގެ ޗީފް ރިއަލް އެސްޓޭޓު އޮފިސަރެވެ. މި މައްސަލަތަކުގެ ތެރެއިން ވޯޓާ ތީމް ޕާކު މައްސަލައިގައި އޭނާއަށް ފިޔަވަޅެއް ނޭޅި ނަމަވެސް ބިންވެރިޔާ ވައްކަމުގެ މައްސަލައިގައި އޭނާ ވަޒީފާއިން ވަކިކުރި އެވެ. 

Advertisement

ސަނީހަށް ސިޓީ ކައުންސިލުގެ އޮޑިޓުގެ ކޮމިޓީގެ ޗެއާކަން ދިން އިރު، މާލެ ސިޓީ ކައުންސިލު ގަވާއިދުން އޮޑިޓު ނުކުރާ މައްސަލަ ވަރަށް ބޮޑެވެ. މި އޮޑިޓު ރިޕޯޓުތައް ނިންމަން އެތައް ތާރީހެއް ދިން ނަމަވެސް، މިއަދާ ހަމައަށް ވެސް އެއިން ރިޕޯޓެއް ފެންނާކަށް ނެތެވެ.

މި ކައުންސިލުގެ އެންމެ ފަހުގެ ފެންނަން އޮތް އޮޑިޓު ރިޕޯޓަކީ 2020 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓެވެ. އެ ފަހުން ކައުންސިލުގެ ދައުރެއް ނިމިފައިވާއިރު، އެ ދައުރުގެ ތެރޭގައި ގިނަ ވައްކަންތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވެ އެވެ. މީގެ ގިނަ މައްސަލަތައް ހިނގި ކަމަށް ވަނީ ރައީސް މުހައްމަދު މުއިއްޒު މޭޔަރަކަށް ހުންނެވި ދުވަސްވަރުގަ އެވެ. 

މާލޭ ސިޓީ ކައުންސިލަކީ އެންމެ ބޮޑު ބަޖެޓެއް ލިބޭ ކައުންސިލެވެ. މި ކައުންސިލަށް ދައުލަތުގެ ބައެއް ވުޒާރާތަކަށް ވުރެ ބޮޑު ބަޖެޓެއް ލިބެ އެވެ. 

އެޑިޓަރުގެ ނޯޓު: މި ލިޔުން ފުރަތަމަ ޝާއިއުކުރިއިރު ސަނީހުގެ ވަޒީފާ އެޗްޑީސީން އިއާދަކޮށްދިން ކަމަށް ލިޔެވުނީ މައުލޫމާތުގެ ކުށަކުންނެވެ. މިކަމަށް ޓަކައި ކިޔުންތެރިންގެ ކިބައިން މާފަށް އެދެމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަތުލުއާންމު ކުށަކަށް ހަދަނީ "ނުކުތާތަކަށް އަސަރުކޮށްފާނެތީ"

މިއީ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން ރާއްޖެއިން އަދާކުރަންޖެހޭ ޒިންމާއެއް ކަމަށާއި، މި ބިލުގެ ސަބަބުން ފަލަސްތީނާއި ރޮހިންޔާ މުސްލިމުންގެ ދިފާއުގައި ރާއްޖެއިން ކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް އުޝާމް ފާހަގަކުރެއްވި. ސަރުކާރުން މި ބިލު ހުށަހަޅާފައި މި ވަނީ މައްސަލައިގައި ތަދައްހުލުވާން ހުށަހެޅިތާ ދެ އަހަރު ފަހުން.

"ރަސްމާލެ އަދި ނ. އަތޮޅު ޓައުންޝިޕް މަޝްރޫއު ހުއްޓާލަން ޖެހޭ"

ރަސްމާލެ މަޝްރޫއާއި ނ. އަތޮޅުގައި ހިންގާ ޓައުންޝިޕް މަޝްރޫއަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެ، އެ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް މެންބަރު ޑރ. އަހްމަދު ޝަމްހީދު ގޮވާލައްވައިފިއެވެ. ރަސްމާލެ އެއްބަސްވުން ހާމަކުރަން ހުށަހެޅި ގަރާރަށް ބަހުސްކުރައްވަމުން ޝަމްހީދު ވިދާޅުވީ، ދައުލަތުގެ ބޮޑު ހޭދައަކުން ހިއްކާ ބިންތައް ބޭރުގެ ފަރާތްތަކަށް ހިލޭ ދިނުމާއި ރެޒިޑެންސީ ވިސާ ދޫކުރުމަކީ ބޮޑު ގޯހެއް ކަމަށެވެ.

ގާނޫނުލްއުގޫބާތު ބަދަލުކުރާ ބިލު އެޖެންޑާއިން ނަގައިފި

ގައުމަށް ގައްދާރުވުމާއި އިގްތިސާދަށް ގެއްލުންދިނުން ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް ހުށަހެޅި ބިލު، ރައްޔިތުންގެ މަޖިލީހުގެ އެޖެންޑާއިން ކުއްލި ގޮތަކަށް ވަނީ އުނިކޮށްފަ. މި ބިލުގައި ހުރި ބައެއް މާއްދާތަކުގެ ސަބަބުން ސަރުކާރުގެ މަޝްރޫއުތަކާ ދެކޮޅަށް އަޑުއުފުލާ ސިޔާސީ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ލިބުމުގެ ބިރު އޮތްކަން ފާހަގަކުރެވޭ.

ޖުމްހޫރީ ދުވަހުގެ ޖަލްސާ ފަސްކޮށްފި

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ އަންނަ މަހުގެ 19 އަށް ސަރުކާރުން ފަސްކޮށްފި. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ މި ޖަލްސާގައި، ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމުތައް ދޭން ވަނީ ހަމަޖެހިފަ.

ސަރުކާރުން އަބަދު ކުރާ ކަމަކީ އުނބަށް ޖެހުން: ޒިޔާދު

ޓެކްސް ގާނޫނަށް ގެންނަ ބަދަލުތަކާ ޒިޔާދު (ފިއްޓޭ) ވިދާޅުވީ، ސަރުކާރުން ގާނޫނުތަކަށް ތާއަބަދު ބަދަލު ގެނައުމަކީ "އުނބަށް ޖެހުން" ކަމަށް. އަދި، މަޖިލިސް މެންބަރުން ސަރުކާރުން އަންގާ ގޮތަށް އަމަލުކުރަމުންދާތީ، ގައުމުގެ ހަގީގީ މައްސަލަތަކަށް ހައްލު ނުލިބި ރައްޔިތުންނާއި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

ރަސްމާލެ ޑީލާ ގުޅިގެން ރިފަރެންޑަމަކަށް ދާކަށް ނުޖެހޭ: އައިބީ

ރަސްމާލެ މަޝްރޫއުގެ ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ނުޖެހޭނެ ކަމަށް މެންބަރު އައިބީ ވިދާޅުވި. އިދިކޮޅު މެންބަރުންނާއި ކުރީގެ ރައީސް ޔާމީން މިކަމުގައި ރެފަރެންޑަމަކަށް ދާން ގޮވާލެއްވި ނަމަވެސް، ސަރުކާރުން ދަނީ މި މަޝްރޫއަށް ބޭނުންވާ ގާނޫނީ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން.

ވިލުފުށީ ހައުސިންއަށް ލިބުނު ޕޮއިންޓްތައް ފެންނާނީ ޕޯޓަލްއިން

ތ. ވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލީ މީހުންނަށް ލިބުނު ޕޮއިންޓް "ހިޔާވެހި" ޕޯޓަލް މެދުވެރިކޮށް މިހާރު ބަލައިލެވޭނެ. ޕޮއިންޓް ދީފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ، އަންނަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox