އަމިއްލައަށް ޑޮލަރު ހޯދައިގެން ޓީޓީ ހެދުމުން ސަޕްލަޔަރާ ހިސާބަށް ފޯރަން ދެ ހަފްތާ އެބަ ނަގާ: އީވާ

މަޖިލީހުގެ ކުރީގެ ނައިބުރައީސް އީވާ އަބްދުﷲ: ވިޔަފާރިވެރިން އަމިއްލައަށް ޑޮލަރު ހޯދައިގެން ޓީޓީ ހެދުމުންވެސް ސަޕްލަޔަރާ ހިސާބަށް ފައިސާ ފޯރަން ގިނަ ދުވަސް ނަގާ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: މުހައްމަދު ޝާބިން

މަޖިލީހުގެ ކުރީގެ ނައިބުރައީސް އީވާ އަބްދުﷲ: ވިޔަފާރިވެރިން އަމިއްލައަށް ޑޮލަރު ހޯދައިގެން ޓީޓީ ހެދުމުންވެސް ސަޕްލަޔަރާ ހިސާބަށް ފައިސާ ފޯރަން ގިނަ ދުވަސް ނަގާ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: މުހައްމަދު ޝާބިން

ވިިޔަފާރިވެރިން އަމިއްލައަށް ޑޮލަރު ހޯދައިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ހެދުމުން ސަޕްލަޔަރާ ހިސާބަށް ފޯރަން ދެ ހަފްތާ ނަގާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބުރައީސް އީވާ އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ. 

"އެމްޑީޕީން ޑޮލަރެއް ނެތް" ނަމުގައި ބޭއްވި ޕެނަލް ޑިސްކަޝަންގައި އީވާ ވިދާޅުވީ ޓީޓީ ހެދުމުން ސަޕްލަޔަރާ ހިސާބަށް ފައިސާ ނުލިބި ދެ ހަފްތާ ފާއިތުވުމުން އޭގެ އުނދަގޫ ވިޔަފާރިތަކުން ތަހަންމަލުކުރަން ޖެހޭނެ ކަމަށެވެ. 

"ޑޮލަރު ހޯދައިގެން އައިސްފައި ޓީޓީއެއް ހެދީމަވެސް ވިޔަފާރިވެރިން މިހާރު އެބަ ބުނޭ ދެ ހަފްތާވާއިރުވެސް ސަޕްލަޔަރާ ހަމައަށް ޓީޓީގެ އެ ފައިސާ ނުލިބެއޭ. ގާތްގަނޑަކަށް ދެ ހަފްތާގެ ޑިލޭއެއް ވިޔަފާރިއެއްގައި އުޅުނީމަ ހުރިހާ ވިޔަފާރިވެރިންނަށްވެސް އެނގޭނެ އެއީވެސް ހަމަ ތަހަންމަލުކުރަން އުނދަގޫ،" އީވާ ވިދާޅުވި އެވެ. 

Advertisement

"ދެ ހަފްތާ ވަންދެން ސަޕްލަޔަރަށް ފައިސާ ނުލިބުނީމަ މިސާލަކަށް ކާގޯ ގެނެސްގެން ޕޯޓުގައި ބާއްވައިގެން އުޅޭ ވިޔަފާރިއެއް. ދެ ހަފްތާވަންދެން ޑެމަރޭޖް އަރަންދޭންވީ. ދެ ހަފްތާވަންދެން ޑެމަރޭޖް އަރާއިރު ހަމަ އެހެން ހުރިހާ ހަރަދެއް ދާނީ ހިނގަމުން. މުވައްޒަފުންނަށް މުސާރަ ދޭންޖެހޭނެ. ޔޫޓިލިޓީސްތައް ދައްކަންޖެހޭނެ. ގުދަންކުރާ ތަނަށް ފައިސާ ދައްކަންޖެހޭނެ."

އެއްލައްކަ ރުފިޔާގެ ޓީޓީ ހަދާ ވިޔަފާރިތަކަށް ބޭންކް ރޭޓުގައި ލިބެނީ އޭގެ ތެރެއިން 25 ޕަސަންޓުކަން ފާހަގަކުރައްވާ އީވާ ވިދާޅުވީ ބާކީ 75 ޕަސަންޓަށްވާ ޑޮލަރު ކަޅު ބާޒާރުން ގަންނަން އިތުރަށް ހަތަރު ލައްކަ ރުފިޔާ ހޭދަކުރަންޖެހޭ ކަމަށެވެ. 

އީވާ ވިދާޅުވީ އެއް ލައްކަ ޑޮލަރުގެ ޓީޓީ މަހެއްގެ މައްޗަށް ހަދާ ވިޔަފާރިތަކުން އަހަރަކު ފަސް މިލިއަން ރުފިޔާ އިތުރަށް އެބަ ހަރަދުކުރަން ޖެހޭނެ ކަމަށާއި އޭގެ 

"އެއް ލައްކަ ޑޮލަރުގެ ޓީޓީއަކަށް ފައިސާ ހޯދަން އޭނަ ގާތްގަނޑަކަށް އެބަ މަހަކު ހަތަރު ލައްކަވަރު އިތުރަށް ހަރަދުކުރަންޖެހޭ. އެ ހަތަރުލައްކަ އަހަރު ނިމޭއިރު އެބަ ކައިރިކުރޭ ގާތްގަނޑަކަށް ފަސް މިލިއަނާ. ހަމަ އެއްކަލަ ޑޮލަރުގެ ޓީޓީއަށް. އޭގެ މާނައަކީ ފަސް މިލިއަނާ ގާތަށް އަހަރަކު ހަރަދުކުރަންޏާ ކޮންމެ ވިޔަފާރިއަކަށްހޭ އެވަރެއްގެ ހިޓެއް ނެގޭނީ،" އީވާ ވިދާޅުވި އެވެ. 

ޑޮލަރުގެ އަގު ބޮޑުވެ އިގްތިސޯދަށް ހީނަރުކަމެއް މިއަދު އައި ނަމަވެސް، ގައުމުގެ ތަރައްގީ އާއި  ގައުމުގެ އިގްތިސޯދަށް ދިގުރާސްތާއަށް އަސަރުކުރާނެ ކަމަށް އީވާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ އަސަރު އެންމެ ބޮޑަށް ކުރާނީ އެންމެ ހާލުގައި އުޅޭ ގޭބިސީތަކަށް ކަމަށެވެ. 

އަދަދު އަށް އެނގިފައިވާ ގޮތުގައި ބައެއް ވިޔަފާރިތަކަށް ބީއެމްއެލް މެދުވެރިކޮށް ޓީޓީ ނެހެދޭތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ. އޭގެއިތުރުން ޓީޓީ ހެދުމަށްފަހުވެސް ސަޕްލަޔަރާ ހިސާބަށް ފައިސާ ޖަމާވާން ގިނަ ދުވަސްތައް ނަގާކަން އެނގިފައިވެ އެވެ. 

ޑޮލަރުގެ އަގު 21ރ. އަށްވުރެ މައްޗަށް ޖެހިލާފައިވާއިރު، ބެންކް ރޭޓުގައި ޑޮލަރު ލިބެނީ ހަދާ ޓީޓީތަކުގެ 25 ޕަސަންޓަށެވެ. އެގޮތުން ބާކީ 75 ޕަސަންޓަށްވާ ޑޮލަރު ވިޔަފާރިތަކުން ކަޅު ބާޒާރުން ގަންނަމުންދާއިރު، ކަޅު ބާޒާރުން ޑޮލަރު ހޯދަންވެސް ދަތިތަކެއް އަންނަނީ ދިމާވަމުން ކަމަށް ވިޔަފާރިތަކުން ބުންޏެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އުމްރާވެރިންގެ ފްލައިޓް އެންމެ ފަހުވަގުތު ކެންސަލްކޮށްފި

މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން، ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށް ދާ 250 މީހުންނާއެކު ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓް ކުއްލި ގޮތަކަށް ވަނީ ފަސްކޮށްފައެވެ. އައިލެންޑް އޭވިއޭޝަނުން މި ނިންމުން ނިންމީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށާއި، މި ދަތުރު ދެން އޮންނާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޝަރުތު ހަމަވާ އެންމެނަށް ރަސްމާލޭން ގޯތި ލިބޭނެ: މުއިއްޒު

ރަސްމާލެ މަޝްރޫއުގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ލިބޭނެކަމަށް މުއިއްޒު އިއުލާންކުރައްވައިފި. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ގޯއްޗަށް އެދި 22،500 އަށް ވުރެ ގިނަ ފޯމު ވަނީ ހުށަހަޅައިފައިވޭ.

2027 ގެ ބަޖެޓުގެ އަމާޒަކީ މަޝްރޫއުތަކުގެ 70 ޕަސެންޓު ނިންމުން

އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ 70 އިންސައްތަ ނިންމާލުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން، އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރާއްޖެ ޑިފޯލްޓްވުމުން ސަލާމަތްކުރެވިފައިވާ ކަމަށާއި، އާ މަޝްރޫއުތަކަށްވުރެ ބޮޑަށް އިސްކަންދޭނީ ފަށާފައިވާ މަސައްކަތްތައް ނިންމުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަސްމާލެ އެއްބަސްވުން މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވަނީ

ރަސްމާލެ މަޝްރޫއުގެ ފުރިހަމަ އެއްބަސްވުން އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފޮނުއްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ. މުއިއްޒު ވިދާޅިވީ މި މަޝްރޫއުގެ ކަންކަން ކުރިއަށްދާނީ ދެފުށް ފެންނަ ގޮތަށް ކަމަށާއި، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ކަންކަން އޮޅުވާލައި މަޝްރޫއު ހުއްޓުވުމަށް ކަމަށް.

"މޯލްޑިވްސް ގްރޫޕް އޮފް ހޮސްޕިޓަލްސް" އުފައްދަނީ

މި ބަދަލުގެ ސަބަބުން ސިއްހީ ދާއިރާގެ އިސްރާފު ކުޑަވެ، ވަސީލަތްތައް ހަމަހަމައަށް ބޭނުންކުރެވި، ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި. އަންނަ އަހަރުގެ ބަޖެޓާއެކު ފަށާ މި މަސައްކަތް ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ.

"ޕަޕެޓު" ސިޔާސަތު ވަޅުލައިފި ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ކުރީ ސަރުކާރުން ވަކި ގައުމެއްގެ "ޕަޕެޓަކަށް" ވެފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ ޕާކިސްތާނާއެކު ހެދި އަސްކަރީ އެއްބަސްވުންތައް ދިފާއުކުރައްވާ. ރާއްޖޭގެ ސަލާމަތާއި ގާބިލުކަން އިތުރުކުރުމަށް ކޮންމެ ގައުމަކާއެކު ވެސް މަސައްކަތް ކުރިޔަސް، ބައިނަލްއަގުވާމީ މައިދާނުގައި ޒިންމާދާރު ގައުމަކަށް ވާނެ ކަމަށް ވިދާޅުވި.

ސްޕޮންސާ ކޮށްފައިވާ ހަބަރު އެނގޭނޭހެން ރިޕޯޓުކުރަން ގޮވާލައިފި

ސްޕޮންސާ ކޮށްގެން ގެނެސްދޭ ޕްރޮމޯޝަނަލް ކޮންޓެންޓާއި މިނިވަން ނޫސްވެރިކަމުގެ ޚަބަރުތައް ވަކިވާނެހެން ލޭބަލްކުރުމަށް އެމްޖޭއޭއިން ނޫސް އިދާރާތަކަށް ގޮވާލައިފިއެވެ. އެ ޖަމިއްޔާއިން މިކަމަށް އިލްތިމާސްކުރީ ޔޫއޭއީގެ ކުންފުންޏެއްގެ ސްޕޮންސަރުގައި ޚަބަރު ފަތުރާ ނޫސްވެރިންނަށް އިންޒާރުދޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އަދި ނޫސްވެރިންނަށް އިންޒާރުދޭ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އެމްޖޭއޭއިން ވަނީ ފުލުހަށް ހުށަހަޅާފައެވެ.

Newsletter

Get the latest news delivered straight to your inbox