އެމްއެމްއޭއިން ދޭ އެކްސެލެންސް އިން ފައިނޭންޝަލް އިންކްލޫޝަން އެވޯޑު އިސްލާމިކް ބޭންކަށް

އެމްއެމްއޭއިން ދޭ އެކްސެލެންސް އިން ފައިނޭންޝަލް އިންކްލޫޝަން އެވޯޑާ އެމްއައިބީން ހަވާލުވަނީ -- ފޮޓޯ: އެމްއައިބީ

އެމްއެމްއޭއިން ދޭ އެކްސެލެންސް އިން ފައިނޭންޝަލް އިންކްލޫޝަން އެވޯޑާ އެމްއައިބީން ހަވާލުވަނީ -- ފޮޓޯ: އެމްއައިބީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަލަށް ތައާރަފުކުރި މޯލްޑިވްސް ފައިނޭންޝަލް ސެކްޓަރ އެވޯޑްސްގައި، މާލީ ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ ހިދުމަތްތަކެއް ފޯރުކޮށްދޭ ފަރާތްތަކަށްދޭ "އެކްސެލެންސް އިން ފައިނޭންޝަލް އިންކްލޫޝަން" އެވޯޑު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ލިބިއްޖެ އެވެ.

އެމްއެމްއޭގެ 45 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި، އެމްއައިބީގެ އިތުރުން މި އެވޯޑު އެލައިޑް އިންޝުއަރެންސްއަށް ވެސް ލިބިފައިވެ އެވެ. 

މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް މާލީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އެ ދެ މުއައްސަސާއިން ކޮށްފައިވާ ނަމޫނާ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އެރުވި ޝަރަފެކެވެ. ރާއްޖޭގެ މާލީ ނިޒާމު ތަރައްގީކޮށް ޒަމާނީކުރުމަށް މުހިންމު ހިދުމަތްތަކެއް ކުރަމުންދާ ފަރާތްތަކަށް ހާއްސަކޮށްގެން މި އެވޯޑުތައް ދޭން ފަށާފައިވަނީ މި އަހަރުއެވެ.

"އެކްސެލެންސް އިން ފައިނޭންޝަލް އިންކްލޫޝަން" އެވޯޑަކީ މާލީ ހިދުމަތްތައް ހޯދުމުގައި ހުރި ހުރަސްތައް ނައްތާލައި، އެކަށީގެންވާ މިންވަރަށް މާލީ ހިދުމަތްތައް ނުލިބޭ ފަރުދުންނާއި މުޖުތަމައުތަކަށް އެ ހިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކޮށްދިނުމަށް މަސައްކަތްކުރާ ފަރާތްތަކަށް ދޭ ހާއްސަ އެވޯޑެކެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކަށް މި އެވޯޑު ލިބުމުގެ އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި އެމްއެމްއޭއިން ފާހަގަކޮށްފައިވަނީ އެ ބޭންކުން ތައާރަފުކުރި "އަޕްލައި ނައު" ޑިޖިޓަލް ޕްލެޓްފޯމެވެ. މި ޕްލެޓްފޯމުގެ ސަބަބުން ކަސްޓަމަރުންނަށް ދުރުގައި ތިބެގެން ބޭންކިން ހިދުމަތްތަކަށް އެދުމުގެ ފުރުސަތު ފަހިވެ، މާލީ މުއާމަލާތްތަކުގައި ބައިވެރިވުމަށް އޮތް ދަތިތަކަށް ވަނީ ބޮޑު ލުޔެއް ލިބިފަ އެވެ. މީގެ އިތުރުން، ޝަރީޢާ ހަމަތަކަށް ފެތޭ ބޭންކިން ހިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރުމަށް އެމްއައިބީން ކުރާ މަސައްކަތްތައް އެވޯޑު ޕެނަލުން ވަނީ ފާހަގަކޮށްފަ އެވެ.

ރާއްޖޭގައި މުޅިން އަލަށް ތައާރަފުކުރި އެ ހިދުމަތް ބޭނުން ކޮށްގެން ދުނިޔޭގެ ކޮންމެ ތަނެއްގައި ހުންނަ މީހަކަށް ވެސް އެމްއައިބީގައި އެކައުންޓު ހުޅުވުމުގެ ފުރުސަތު އޮވެ އެވެ. އެ ހިދުމަތް ބޭނުންކޮށްގެން އަމިއްލަ އެކައުންޓުގެ އިތުރުން ވިޔަފާރިތަކަށް ވެސް އެކައުންޓު ހުޅުވުމުގެ ފުރުސަތު ލިބެ އެވެ.

އެމްއައިބީން ބުނީ އެ ހިދުމަތް ތައާރަފު ކުރުމާ ހަމައިން، މިއަދާ ހަމައަށް 88،000 އަށްވުރެ ގިނަ ކަސްޓަމަރުން އޮންލައިންކޮށް އެކައުންޓު ހުޅުވައި ބޭނުން ކުރަމުންދާ ކަމަށެވެ. އޭގެތެރެއިން 55 ޕަސެންޓު މީހުންނަކީ އެމްއައިބީގެ ބްރާންޗެއް ނުހުންނަ ރަށްތަކަށް ނިސްބަތްވާ ރަށްރަށުގެ މީހުން ކަމަށް އެ ބޭންކުން ބުންޏެވެ.

އެމްއައިބީން ބުނީ އޮންލައިންކޮށް ހުޅުވި ބޭންކު އެކައުންޓުތަކުގައި މިއަދާ ހަމައަށް 73.6 ބިލިއަން ރުފިޔާ ދައުރުކޮށްފައިވާ ކަމަށެވެ.

އެލައިޑް އިންޝުއަރެންސް ކޮމްޕެނީއަށް މި އެވޯޑު އެރުވީ، ރާއްޖޭގެ އިންޝުއަރެންސްގެ ދާއިރާ ފުޅާކޮށް، ގިނަ ބަޔަކަށް އެ ހިދުމަތް ފޯރުކޮށްދިނުމުގައި އަދާކުރި މުހިންމު ދައުރަށްޓަކައެވެ. އާންމު ފަރުދުންނާއި ވިޔަފާރިތަކަށް އިންޝުއަރެންސްގެ ހިދުމަތްތައް ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދީ، މާލީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއަށް ގިނަ ބަޔަކު ވެެއްދުމަށް އެ ކުންފުނިން ކޮށްފައިވާ މަސައްކަތްތަކަކީ މާލީ ބައިވެރިވުން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވަނީ ބަލައިގެންފަ އެވެ.

އެމްއެމްއޭއިން ބުނި ގޮތުގައި މާލީ ދާއިރާ ތަރައްގީކުރުމުގައި މާލީ ބައިވެރިވުން ނުވަތަ ފައިނޭންޝަލް އިންކްލޫޝަން އިތުރުކުރުމަކީ އެންމެ މުހިންމު އެއް އަސާސެވެ. މީގެ މައިގަނޑު ބޭނުމަކީ ކޮންމެ ފަރުދަކަށް އަދި ވިޔަފާރިއަކަށް ވެސް އެކަށީގެންވާ އަގުތަކެއްގައި މާލީ ހިދުމަތްތައް ލިބޭނެކަން ކަށަވަރުކުރުން ކަމަށާއި ބޭންކިން، އިންޝުއަރެންސް، ސޭވިންގްސް އަދި ފައިސާ ދެއްކުމުގެ ނިޒާމުތައް ހަރުދަނާވުމަކީ ގައުމުގެ އިގުތިސާދީ ކުރިއެރުމަށް ލިބޭ ބޮޑު ބާރެއް ކަމަށް ވެސް ބުންޏެވެ.

މޯލްޑިވްސް ފައިނޭންޝަލް ސެކްޓަރ އެވޯޑްސް ބެހިގެންވަނީ ޖުމްލަ ހަތް ދާއިރާއަކަށެވެ. އޭގެ ތެރޭގައި މާލީ ބައިވެރިވުމުގެ އިތުރުން، މާލީ ހޭލުންތެރިކަމާއި ކަސްޓަމަރުން ބާރުވެރިކުރުވުން، ޑިޖިޓަލް ފައިނޭންސް އަދި އިނޮވޭޝަން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން، ތިމާވެއްޓާ ރައްޓެހި މާލީ ހިދުމަތްތައް، އައު މާލީ އީޖާދުތައް، އަދި މާލީ ދާއިރާއަށް ކޮށްފައިވާ ހާއްސަ ހިދުމަތުގެ އެވޯޑު ހިމެނެއެވެ.

މިފަދަ އެވޯޑުތަކުގެ ސަބަބުން މާލީ ހިދުމަތްތައް ދޭ ފަރާތްތަކުގެ މެދުގައި ވާދަވެރިކަން އުފެދި، ރައްޔިތުންނަށް ލިބޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox