އެމްއެމްއޭއިން މާލީ ދާއިރާގެ ހިދުމަތްތެރިންގެ އަގު ފުރަތަމަ ފަހަރަށް ވަޒަންކޮށްފި

Jul 2, 2026, 6:10 AM
ރައީސް މައުމޫން އަބްދުލްގައްޔޫމަށް އެމްއއެމްއޭއިން އެރުވި މާލީ ދާއިރާގެ ހާއްސަ އެވޯޑާ އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫން ހަވާލުވެވަޑައިގަންނަވަނީ. މި އެވޯޑު ހަވާލުކޮށް ދެއްވީ ގަވަރުނަރު މުނައްވަރު. -- ފޮޓޯ: އެމްއެމްއޭ

ރައީސް މައުމޫން އަބްދުލްގައްޔޫމަށް އެމްއއެމްއޭއިން އެރުވި މާލީ ދާއިރާގެ ހާއްސަ އެވޯޑާ އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫން ހަވާލުވެވަޑައިގަންނަވަނީ. މި އެވޯޑު ހަވާލުކޮށް ދެއްވީ ގަވަރުނަރު މުނައްވަރު. -- ފޮޓޯ: އެމްއެމްއޭ

ރާއްޖޭގެ މާލީ ނިޒާމު ފުޅާކޮށް، ހަރުދަނާކުރުމުގައި އިސްދައުރެއް އަދާކުރެއްވި ބޭފުޅުންނާއި މުއައްސަސާތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފުރަތަމަ ފަހަރަށް "މޯލްޑިވްސް ފައިނޭންޝަލް ސެކްޓަރ އެވޯޑްސް" ބާއްވައި، ބައެއް ޝަހުސިއްޔަތުންނާއި މާލީ އިދާރާތަކަށް ހާއްސަ އެވޯޑުތައް ދީފި އެވެ.

އެމްއެމްއޭގެ 45 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި  "ޑިސްޓިންގުއިޝްޑް ކޮންޓްރިބިއުޝަން ޓު ދަ ފައިނޭންޝަލް ސެކްޓަރ" އެވޯޑު ދިނީ ރާއްޖޭގެ މާލީ ދާއިރާ ތަރައްގީކޮށް، އިތުބާރު ހިފޭ، ޒަމާނީ ދާއިރާއަކަށް ހެދުމަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ފަރާތްތަކަށެވެ.

މި އެވޯޑް މައިގަނޑު ދެ ބަޔަކަށް ބަހާލެވިފައިވެއެވެ. އެއީ މާލީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނައި ފަރާތްތަކަށް އަރުވާ "ސްޕެޝަލް އެވޯޑް" އާއި، ވޭތުވެދިޔަ 45 އަހަރު ތެރޭގައި އެމްއެމްއޭ ހިންގެވުމުގައި އިސްކޮށް އުޅުއްވި ގަވަރުނަރުންނާއި ޑެޕިއުޓީ ގަވަރުނަރުންގެ އަގުވަޒަންކުރުމުގެ ބައެވެ.

ހާއްސަ އެވޯޑުތައް 

މާލީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެނެސްދެއްވި ފަރާތްތަކަށް އެރުވި ހާއްސަ އެވޯޑު ލިބުނު ފަރާތްތައް:

  • ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް: 1981 ވަނަ އަހަރު އެމްއެމްއޭ އުފެއްދެވުމުގައި އިސް ދައުރެއް އަދާކުރައްވައި، ރާއްޖޭގައި ވަރުގަދަ މާލީ ނިޒާމެއްގެ ބިންގާ އެޅުއްވުމަށް ކުރެއްވި މަސައްކަތްޕުޅަށް
  • އަލްމަރްހޫމް އިސްމާޢީލް ފަތުހީ: ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އުފެއްދުމުގައި އިސް ދައުރެއް އަދާކުރައްވައި، ވިޔަފާރި ބޭންކިން ހިދުމަތް ފުޅާކުރުމަށް ކުރެއްވި ޚިދުމަތަށް
  • އިލްޔާސް އިބްރާހީމް އަދި އިބްރާހީމް ޝަފީގު: ރާއްޖޭގެ ފުރަތަމަ އިންޝުއަރެންސް ކުންފުނި ކަމަށްވާ އެލައިޑު އިންޝުއަރެންސް އުފައްދަވައި، އިންޝުއަރެންސް ދާއިރާ ކުރިއެރުވުމަށް ކުރެއްވި މަސައްކަތަށް
  • ކުރީގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް: "ރަންދިހަފަހެއް" ނޫޓު ސީރީޒް ތައާރަފުކުރައްވައި، ރާއްޖޭގެ ފައިސާ ޕޮލިމާ ނޫޓުތަކަށް ބަދަލުކޮށް، ސަލާމަތީ ގޮތުން ވަރުގަދަ ޒަމާނީ ފައިސާގެ ނިޒާމެއް ގެނެސްދެއްވުމުގައި އަދާކުރެއްވި މޭސްތިރިއެއްގެ ދައުރަށް
  • ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި): ރާއްޖެއަށް ބޭންކިން ހިދުމަތް ތައާރަފުކޮށް، ޒަމާނީ މާލީ ނިޒާމެއްގެ ބިންގާ އެޅުމުގައި އަދާކުރި މުހިންމު ދައުރާއި ވެދީފައިވާ ދިގު މުއްދަތުގެ ހިދުމަތަށް

ކުރީގެ ގަވަރުނަރުންނާއި ޑެޕިއުޓީ ގަވަރުނަރުންގެ އަގުވަޒަންކުރުން

އެމްއެމްއޭ އުފެދުނީއްސުރެ މަރުކަޒީ ބޭންކުގެ ނިޒާމު ހަރުދަނާކުރުމަށް މަސައްކަތްޕުޅު ކުރެއްވި ކުރީގެ ގަވަރުނަރުންނާއި ޑެޕިއުޓީ ގަވަރުނަރުންނަށްވެސް މި ރަސްމިއްޔާތުގައި އެވޯޑް އަރުވާފައިވެއެވެ.

އެވޯޑް ލިބިވަޑައިގެންނެވި ކުރީގެ ގަވަރުނަރުން:

  1. ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް (1981-2004)
  2. މުހައްމަދު ޖަލީލް (ގަވަރުނަރުކަން: 2004-2005 / ޑެޕިއުޓީ ގަވަރުނަރުކަން: 2000-2004)
  3. ގާސިމް އިބްރާހީމް (2005-2007)
  4. އަބްދުﷲ ޖިހާދު (ގަވަރުނަރުކަން: 2007-2008 / ޑެޕިއުޓީ ގަވަރުނަރުކަން: 2005-2007)
  5. ޑރ. ފަޒީލް ނަޖީބް (2008-2013)
  6. ޑރ. އަޒީމާ އާދަމް (2014-2017)
  7. އަހުމަދު ނަސީރު (2017-2019)
  8. އަލީ ހާޝިމް (2019-2024)

އެވޯޑް ލިބިވަޑައިގެންނެވި ކުރީގެ ޑެޕިއުޓީ ގަވަރުނަރުން:

  • އަލްމަރްޙޫމް އިސްމާޢީލް ފަތުހީ (1981-1993)
  • އާރިފް ހިލްމީ (1993-2000)

މި ބޭފުޅުންގެ އިރުޝާދުގެ ދަށުން ވިޔަފާރި ބޭންކިންގ ފުޅާވުމާއި، އިންޝުއަރެންސް ދާއިރާ ތަރައްގީވުމާއި، ފައިސާ ދެއްކުމުގެ ނިޒާމު ޒަމާނީވުމުގެ އިތުރުން، މާލީ ގަވާއިދުތައް ހަރުދަނާވެ، ފައިސާއާ ބެހޭ ސިޔާސަތުތައް އެކުލަވާލުމުގައި ރާއްޖޭގެ މާލީ ތާރީހުގައި ފާހަގަކޮށްލެވޭ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށް އެމްއެމްއޭއިން ބުންޏެވެ.

މި އެވޯޑުތަކުގެ އިތުރުން މާލީ ދާއިރާގައި ފާހަގަކޮށްލެވޭ ދާއިރާތަކުން އެހެން ފަރާތްތަކަށް ވެސް އެވޯޑުތައް ދިނެވެ. 

  • މާލީ ހިދުމަތްތައް ހޯދުމުގައި ހުރި ހުރަސްތައް ނައްތާލައި، އެކަށީގެންވާ މިންވަރަށް މާލީ ހިދުމަތްތައް ނުލިބޭ ފަރުދުންނާއި މުޖުތަމައުތަކަށް އެ ހިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކޮށްދިނުމަށް މަސައްކަތްކުރާ ފަރާތްތަކަށް ދޭ ހާއްސަ އެވޯޑު، "އެކްސެލެންސް އިން ފައިނޭންޝަލް އިންކްލޫޝަން" އެވޯޑު: މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)
  • ރާއްޖޭގެ މާލީ ދާއިރާއަށް އަންނަމުންދާ ޓެކްނޮލޮޖީއާއި ޑިޖިޓަލް ޕޭމަންޓް ނިޒާމުތައް ކުރިއެރުވުމަށް ކުރާ މަސައްކަތް ފާހަގަކޮށް، އެމްއެމްއޭއިން ދޭ "އެކްސެލެންސް އިން އެމާޖިން ފައިނޭންޝަލް އިނޮވޭޝަން" އެވޯޑް: ފަހިޕޭ
  • ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާއިން ދޭ 'އެކްސެލެންސް އިން ގްރީން އެންޑް ސަސްޓެއިނަބަލް ފައިނޭންސް' އެވޯޑް: ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)
  • ޑިޖިޓަލް ޓެކްނޮލޮޖީ އާއި އައު އީޖާދުތަކުގެ އެހީގައި ރާއްޖޭގެ މާލީ ހިދުމަތްތައް ޒަމާނީ ކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އެކްސެލެންސް އިން ޑިޖިޓަލް ފައިނޭންސް އެންޑް އިނޮވޭޝަން" އެވޯޑް: ބީއެމްއެލް

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox