މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ ފަށައިފި

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ އިފުތިތާހުކޮށްދެއްވުމަށްފަހު އެކްސްޕޯ މުއިއްޒު ބައްލަވައިލައްވަނީ -- ފޮޓޯ: ރައީސް އޮފީސް

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ އިފުތިތާހުކޮށްދެއްވުމަށްފަހު އެކްސްޕޯ މުއިއްޒު ބައްލަވައިލައްވަނީ -- ފޮޓޯ: ރައީސް އޮފީސް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ މިއަދު ފަށައިފި އެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގައި އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ އެކްސްޕޯ މިއަދު އިފުތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އެވެ.

މިއަދު ފެށި މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯއަކީ ނުވަ އަހަރަށްފަހު، ރާއްޖޭގެ ފައިނޭންޝަލް ސެކްޓާގައި މަސައްކަތް ކުރާ ހުރިހާ ފަރާާތްތައް އެއް ތަނަކުން ނުވަ އަހަރަށްފަހު ބައްދަލުވާ ފުރަތަމަ ފަހަރުކަމަށް ސަރުކާރުން ބުންޏެވެ.

މި އެކްސްޕޯގެ ޝިއާރަކީ "އެމްޕަވަރިން ސަސްޓެނަބަލް ފިއުޗާސް، އިންކްލޫޝަން، އިނޮވޭޝަން އެންޑް އިންޓެލިޖެންސް" އެވެ.

ފައިނޭންޝަލް އެކްސްޕޯގައި ކޮމާޝަލް ބޭންކުތަކާއި އިންޝުއަރެންސް ކުންފުނިތަކާއި ފައިނޭންސް ހިދުމަތްދޭ ފަރާތްތަކާއި ގާނޫނީ ނިޒާމު ބަލަހައްޓާ އިދާރާތަކުގެ އިތުރުން ސަރުކާރުގެ މުހިންމު ބައެއް އިދާރާތައް ބައިވެރިވެ އެވެ.

މި ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 25,000 ރުފިޔާގެ އިނާމެއް ދިނުމަށް ވެސް ވަނީ ނިންމައިފަ އެވެ. އެކްސްޕޯއަށް ޒިޔާރަތްކުރާ މީހުންގެ ތެރެއިން ހޮވޭ ނަސީބުވެރިންނަށް އެ ނޫން އެހެން އިނާމުތައް ދިނުމަށް ވެސް ވަނީ ނިންމައިފަ އެވެ.

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ: އަގުހުރި ގިނަ އިނާމުތަކަކާއެކު އެމްއެމްއޭގެ ބޮޑު އެކްސްޕޯ ޖުލައިގައި!

ރާއްޖޭގެ މާލީ ދާއިރާގައި ހަރަކާތްތެރިވާ މުއައްސަސާތަކުން ބައިވެރިވާ މި އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހުޅުވާލާފައިވާ މި ފުރުސަތުގެ ދަށުން، ގްރޭންޑް ޕްރައިޒްގެ ގޮތުގައި ކަނޑައަޅާފައިވާ 25,000 ރުފިޔާގެ އިތުރުން އެހެން އިނާމުތައް ވެސް ލިބޭނެ އެވެ.

މި އެކްސްޕޯގައި ދިނުމަށް ހަމަޖެހިފައިވާ އިނާމުތަކުގެ ތެރޭގައި ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަކާއި، ފައިސާގެ އިނާމުތަކުގެ އިތުރުން ޗުއްޓީ ދަތުރުތައް ހިމެނެ އެވެ. އެގޮތުން އެކްސްޕޯ ކުރިއަށްދާ ކޮންމެ ދުވަހަކު ފަސް އައިޕެޑް ގުރުއަތުން ހޮވޭ ފަރާތްތަކަށް ދިނުމަށް ވަނީ ނިންމާފަ އެވެ. އަދި މީގެ އިތުރުން ދެ މެކްބުކް ނިއޯ އާއި ދެ އެޕަލް އިއާޕޮޑް ވެސް ނަސީބުވެރިންނަށް ލިބިގެންދާނެ އެވެ.

މާލީ ދާއިރާގެ ހޭލުންތެރިކަން އިތުރުކުރުމަށް ބާއްވާ މި ހަރަކާތުގައި ފައިސާގެ އިނާމުތަކުގެ ގޮތުގައި ތަފާތު އަދަދުތަކުގެ ގިފްޓް ކާޑުތައް ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. މީގެ ތެރޭގައި 5،000 ރުފިޔާގެ ތިން ގިފްޓް ކާޑާއި، 1،000 ރުފިޔާގެ 12 ގިފްޓް ކާޑުގެ އިތުރުން 500 ރުފިޔާގެ 30 ގިފްޓް ކާޑު ހިމެނެއެވެ. އަދި ހާއްސަ ހަނދާނީ ނޫޓުގެ ގޮތުގައި ކޮންމެ ދުވަހަކު 5،000 ރުފިޔާގެ ހަތް ނޫޓު ދޫކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.

މި އެކްސްޕޯގެ ނަސީބުވެރިންނަށް ލިބޭނެ އެންމެ ހާއްސަ އެއް އިނާމަކީ ހޯރަފުށީ އަރައިކު ބީޗް ވިލެޖްގައި ދެ މީހަކަށް ތިން ރޭގެ ފުލްބޯޑު ޕެކޭޖެކެވެ. މިއީ އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލިބޭނެ ވަރަށް ފުރިހަމަ ޗުއްޓީ ދަތުރެކެވެ. މި ހުރިހާ އިނާމުތަކަކީ ވެސް އާންމުންގެ މެދުގައި މާލީ ދާއިރާއަށް އޮންނަ ޝައުގުވެރިކަން އިތުރުކުރުމަށް ދެވޭ އިނާމުތަކެއް ކަމަށް އެމްއެމްއޭއިން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox