އުނދަގުލުން ކޭޕް ވާޑް ފަހަތަށް ޖައްސައި އާޖެންޓީނާ ގަދަ 16 އަށް

Jul 4, 2026, 5:44 AM
ފީފާ ވޯލްޑް ކަޕްގެ ގަދަ 32 ޓީމުގެ ބުރުގައި އާޖެންޓީނާ އާއި ކޭޕް ވާޑްއާ ކުޅުނު މެޗުގެ ތެރެއިން.

ފީފާ ވޯލްޑް ކަޕްގެ ގަދަ 32 ޓީމުގެ ބުރުގައި އާޖެންޓީނާ އާއި ކޭޕް ވާޑްއާ ކުޅުނު މެޗުގެ ތެރެއިން.

މަޔާމީ، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 4) - އިތުރު ވަގުތުގެ ދެ ހާފު ކުޅެގެން ވާދަވެރި ކުޅުމަކަށް ފަހު، 3-2 އިން ކޭޕް ވާޑު ބަލިކޮށް ފީފާ ވޯލްޑް ކަަޕްގެ ޗެމްޕިއަން، އާޖެންޓީނާ އިން މި ފަހަރުގެ މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދައިފި އެވެ. 

ގަދަ 16 ބުރުގައި އާޖެންޓީނާ އިން ކުޅޭނީ މިސްރާ އެވެ. މިއީ، މިސްރުން ނޮކައުޓަށް ދަތުރުކުރި ފުރަތަމަ ވޯލްޑް ކަޕް އެވެ. 

މުޅިން އަލަށް ފީފާ ވޯލްޑް ކަޕްގައި ކުޅޭ ކޭޕް ވާޑުން ނޮކައުޓް ބުރަށް ދަތުރުކުރީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން، ސްޕެއިން، އުރުގުއޭ އަދި ސައުދީ އަރަބިއްޔާއާ އެއްވަރުކޮށްފަ އެވެ. އަނެއްކޮޅުން، އެންމެ ފަހުގެ ޗެމްޕިއަން، އާޖެންޓީނާ އަކީ ގަދަ 32 ޓީމު ކުޅޭ ބުރަށް ގްރޫޕް ސްޓޭޖުގެ ތިން މެޗުން މޮޅުވެގެން، ދަތުރުކުރި ތިން ޓީމުގެ ތެރެއިން އެއް ޓީމެވެ. 

މަޔާމީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި، އާޖެންޓީނާ އިން ވަނީ 29 ވަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. މި ލަނޑު ޖެހީ މި ފަހަރުގެ ވޯލްޑް ކަޕްގައި ތަފާތު ފޯމެއްގައި ކުޅެމުން އަންނަ އާޖެންޓިނާގެ ކެޕްޓަން، ލިއޮނަލް މެސީ އެވެ. އާޖެންޓީނާގެ ޑިފެންޑަރު، ލިސަންޑްރޯ މާޓިނޭޒް ދިން ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފަހު، މެސީ ވަނީ ކޭޕް ވާޑްގެ ކީޕަރު، 40 އަހަރުގެ ވޮޒީނިއާ ކައިރިން ގޯލު ޖަަހައިފަ އެވެ.

މިއީ، މި ފަހަރުގެ ވޯލްޑް ކަޕްގެ ލަނޑު ލިސްޓުގެ ކުރީގައި އުޅޭ މެސީ މި ފަހަރުގެ މުބާރާތުގައި ޖެހި ހަތް ވަނަ ގޯލެވެ. 

ފީފާ ވޯލްޑް ކަޕްގެ ގަދަ 32 ޓީމުގެ ބުރުގައި އާޖެންޓީނާ އާއި ކޭޕް ވާޑްއާ ކުޅުނު މެޗުގެ ތެރެއިން.
ފީފާ ވޯލްޑް ކަޕްގެ ގަދަ 32 ޓީމުގެ ބުރުގައި އާޖެންޓީނާ އާއި ކޭޕް ވާޑްއާ ކުޅުނު މެޗުގެ ތެރެއިން.

ދެ ވަނަ ގޯލެއް ޖަހަން ފުރަތަަމަ ހާފުގައި އާޖެންޓީނާ އިން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، ކޭޕް ވާޑުން ވަނީ ދެ ވަނަ ހާފު ފަށައިގެން 14 މިނިޓް ތެރޭ ލަނޑު ޖަހައި އެއްވަރުކޮށްފަ އެވެ. މިއީ، ކޭޕް ވާޑްގެ ކެޕްޓަން، ރަޔާން މެންޑޭސް ދިން ބޯޅައަކުން ޑެރޯއި ޑުއާޓޭ ހަމަޖެހިލައިފައި ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

އިތުރު ވަގުތުގެ ހަތަރު ވަނަ މިނިޓްގައި، އޭރިއާބޭރުން ލިބުނު ހިލޭ ޖެހުމަކުން މެސީ ޖެހި ބޯޅަ ކީޕަރު ވޮޒީނިއާ ވަނީ މަތަކޮށްފަ އެެވެ.  އޭގެ ކުރިން ވެސް މެސީގެ ޝޮޓްތަކެއް ވޮޒީނިއާ ވަނީ މަަތަކޮށްފަ އެެވެ. 

މެޗުގެ ފުރިހަަމަ ވަގުތު ހަމަވިއިރު، ދެ ޓީމުން ކުރެން އެއް ޓީމެއް ވެސް މޮޅުނުވުމުން، ނަތީޖާ ނެރެން އިތުރު ވަގުތުގެ ދެ ހާފް ކުޅެން ޖެހުނެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ކުޅުން ފެށިގެން ދެ މިނިޓް ތެރޭ އާޖެންޓީނާ އިން އަލުން ލީޑުނެގި އެވެ. ކޯނަރަކުން ތަނަވަސްވި ފުރުސަތެއްގައި މި ލަނޑު ޖެހީ ލިސަންދްރޯ މާޓިނޭޒް އެވެ. އޭނާ ވަނީ ލިބުނު ފުރުސަތުގައި ގޯލުގެ މަތީ ދާގަނޑަށް ބޯޅަ ފޮނުވާލައިފަ އެވެ.

އިތުރު ވަގުތުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން، ސިޑްނީ ކަބްރާލް ޖެހި ހިތްގައިމު ގޯލުން ކޭޕް ވާޑުން މެޗުގައި ދެ ވަނަ ފަހަރަށް އެއްވަރުކުރި އެވެ. އޭރިއާ އަރިމަތިން ކަބްރާލް ފޮނުވާލި ބޯޅަ އާޖެންޓީނާގެ ކީޕަރު، އެމިލިއާނޯ މާޓިނޭޒް އަތްމަތިން އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. 

އާޖެންޓީނާ އިން ތިން ވަނަ ފަަހަަރަށް މެޗުގައި ލީޑުނެގީ އިތުުރު ވަގުތުގެ ދެ ވަނަ ހާފުގައި ކްރިސްޓިއަން ރޮމޭރޯ ޖެހި ގޯލުންނެވެ. މިއީ މެސީ ނެގި ކޯނަރަކުން ރޮމޭރޯ ބޮލުންޖެހި ބޯޅައެއް ކޭޕްް ވާޑް ކުޅުންތެރިއަކު ގައިގައި ޖެހިފައި ވަަން ގޯލެކެވެ. އަލުން ކޭޕް ވާޑް އަށް އެއްވަރުކޮށްދޭން ކަބްރާލް، ހިލޭ ޖެހުމަކުން ޖެހި ބޯޅަ ކީޕަރު މާޓީނޭޒް މަތަކުރި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ކެރިކް ވަކިކޮށްފިނަމަ ޔުނައިޓެޑްގެ ކޯޗުކަން ޕޮޗެޓީނޯ އަށް: ރިޕޯޓް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކޮށްފިނަމަ، އެ މަގާމަށް އެމެރިކާ ގައުމީ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ގެނައުމަށް އެ ކްލަބުން އަންނަނީ ވިސްނަމުންނެވެ. ލީގުގެ ރެލިގޭޝަން ޒޯނަށް ވެއްޓިފައިވާ ޔުނައިޓެޑުން ކެރިކާ މެދު ގޮތެއް ނިންމުމަށް ބޯޑު ބައްދަލުވުންތައް ބާއްވަމުންދާއިރު، ޕޮޗެޓީނޯގެ އިތުރުން ނާގަލްސްމަން އާއި އެޑީ ހޯވް ފަދަ ކޯޗުންނަށްވެސް އެ ކްލަބުން ފާރަލަމުންދެއެވެ.

ޕާކިސްތާނުން ތަށްޓާ މެދު އަދި ނުވިސްނާ

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ބަލިކޮށް ޕާކިސްތާނުން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރި ނަމަވެސް، އެ ޓީމުގެ މިހާރުގެ އަމާޒަކީ ހަމައެކަނި ފައިނަލަށް ދިއުން ކަމަށް ކޯޗު ސޮލާނޯ ބުނެފި. އަށް އަހަރަށްފަހު ސެމީއަށް ދަތުރުކުރި ޕާކިސްތާނުން ތަށްޓާ މެދު ވިސްނުމުގެ ބަދަލުގައި މިވަގުތު އިސްކަންދެނީ ކުރިއަށް އޮތް ސެމީ މެޗަށް ރަނގަޅަށް ތައްޔާރުވުމަށް

ރައުލް، ރެއާލް އޮވިއޭޑޯގެ ކޯޗަކަށް ހަމަޖައްސައިފި

ރެއާލް މެޑްރިޑްގެ ލެޖެންޑް ރައުލް ގޮންޒާލޭޒް، ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ ކްލަބް ރެއާލް އޮވިއޭޑޯގެ ކޯޗަކަށް 2028 ވަނަ އަހަރުގެ ނިޔަލަށް ހަމަޖައްސައިފި. އޭނާ މި މަގާމާ ހަވާލުވީ ރެއާލް މެޑްރިޑްގެ ރިޒާވް ޓީމުގައި ހަ އަހަރު ދުވަހު ކޯޗުކަން ކުރުމަށްފަހު، ނަތީޖާ ދަށްވުމުގެ ސަބަބުން ވަކިކުރި ޖޫލިއަން ކަލޭރޯގެ ބަދަލުގައި

ތަޖުރިބާ ރަނގަޅު، ބޭނުމީ ވަރުގަދަ ޓީމުތަކާ ކުޅެން: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ތިންވަނަ ރާއްޖެއަށް ލިބުނުއިރު، މިއީ ގައުމީ ޓީމުގެ ކުރިއެރުމަށް ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށް ކެޕްޓަން އިމްރާން (އިންމި) ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ރާއްޖޭގެ ޓީމުން މިހާރު ބޭނުންވަނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެގެން ފެންވަރު ރަނގަޅުކުރަން ކަމަށް

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

Newsletter

Get the latest news delivered straight to your inbox