އިމާރާތެއްގެ ފުރަތަމަ ފަންގިފިލާއިން ބިދޭސީ ދެ މަސައްކަތްތެރިއަކު ވެއްޓި އަނިޔާވެއްޖެ

Jun 27, 2026, 8:35 PM
އައިޖީއެމްއެޗް ހޮސްޕިޓަލް: މަސައްކަތްތެރިންނަށް ބޭނުންވާ ސޭފްޓީ އާލާތްތައް ފޯރުކޮށްދިނުމަކީ ގާނޫނު ލާޒިމު ކުރާ ކަމެއް -- ފޮޓޯ: އަދަދު ފައިލް

އައިޖީއެމްއެޗް ހޮސްޕިޓަލް: މަސައްކަތްތެރިންނަށް ބޭނުންވާ ސޭފްޓީ އާލާތްތައް ފޯރުކޮށްދިނުމަކީ ގާނޫނު ލާޒިމު ކުރާ ކަމެއް -- ފޮޓޯ: އަދަދު ފައިލް

ހަދަމުންދިޔަ އިމާރާތެއްގެ ފުރަތަމަ ފަންގިފިލާއިން ބިދޭސީ ދެ މަސައްކަތްތެރިއަކު ވެއްޓި އަނިޔާވެއްޖެ އެވެ. 

އަދަދު އަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ވެއްޓުނީ ނޭޕާލަށް ނިސްބަތްވާ އުމުރުން 22 އަހަރާއި 39 އަހަރުގެ ދެ ފިރިހެނުން ކަމަށެވެ. އެމީހުންނަށް ލިނުބު އަނިޔާގެ ތަފުސީލެއް އަދި ނޭނގެ އެވެ.

ފުލުހުން ބުނީ އެ ދެ މީހުން ވެއްޓުނީ މަޖީދީ މަގުގައި ހަދަމުންދިޔަ އިމާރާތަކުން ކަމަށެވެ. މި ނޫހަށް އެނގިފައިވާ ގޮތުގައި އެ މީހުން ވެއްޓުނީ މަޖީދީ މަގު ވޭލާ ކައިރީ ހުރި އިމާރާތަކުންނެވެ. 

"މި ރިޕޯޓު ލިބުމާއެކު ފުލުހުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފަ. މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ގޮތުގައި، މި ދެ މީހުން ވެއްޓިފައިވަނީ އެ އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި މަސައްކަތް ކުރަމުން ދަނިކޮށް،"  ފުލުހުން ފޮނުވި މެސެޖުގައި ބުނެފައިވެ އެވެ. 

އެ ދެމީހުން ވެއްޓުމުން ޓެކްސީއަކަށް އަރުވާ މަންޒަރުގެ ވީޑިއޯއެއް މިހާރު ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. ކޮންސްޓްރަކްޝަން މަސައްކަތް ކުރާއިރު އަމިއްލަ ރައްކާތެރިކަމަށް ބޭނުންވާ އެއްވެސް އާލާތެއް އެމީހުން އަޅައިގެން ތިބި ތަނެއް ވީޑިއޯއަކުން ނުފެނެ އެވެ.  

މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގާނޫނުގައި ބުނެފައިވާ ގޮތުން މަސައްކަތްތެރިޔާއަށް ބޭނުންވާ ސަލާމަތީ އާލާތްތައް ފޯރުކޮށްދިނުމަކީ މަސައްކަތް ހަވާލު ކުރާ ފަރާތުގެ ޒިންމާއެކެވެ. 

މަސައްކަތްތެރިންގެ ސަލާމަތަށް ނުރައްކާވާ ފަދަ އެއްވެސް މަސައްކަތެއް ނުކުރުމަކީ ކޮންމެ މަސައްކަތްތެރިއަކަށް ވެސް ގާނޫނުން ލިބޭ ހައްގެކެވެ. އަދި އެއްވެސް ތަފާތު ކުރުމެއް ނެތި އެންމެނަށް ހަމަހަމަކޮށް އެ ހައްގު ފޯރުކޮށްދޭންޖެހެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox