ކަސިއަސް ގޮވާލީ 2030 ގެ ވޯލްޑް ކަޕް 64 ގައުމަށް ބަދަލުކުރަން

Jun 27, 2026, 11:15 AM
ސްޕެއިނަށް 2010 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކެޕްޓަން، އިކާ ކަސިއަސް ތަށި ހިފައިގެން.

ސްޕެއިނަށް 2010 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކެޕްޓަން، އިކާ ކަސިއަސް ތަށި ހިފައިގެން.

މެޑްރިޑް (ޖޫން 27) - މޮރޮކޯ، ސްޕެއިން އަދި ޕޯޗުގަލްގައި 2030 ވަނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާެރާތް، 64 ގައުމުގެ މެދުގައި ކުރިއަށް ގެންދިއުމަށް، 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ސްޕެއިނަށް ކާމިޔާބުކޮށްދިން ކެޕްޓަން، އަދި ލެޖެންޑަރީ ކީޕަރު، އިކާ ކަސިއަސް ގޮވާލައިފި އެވެ. 

ކަސިއަސް މިހެން ބުނީ، ފީފާ އިން މި ފަހަރު، ކެނަޑާ، މެކްސިކޯ އަދި އެމެރިކާގައި ހޯސްޓްކުރާ ވޯލްޑް ކަޕްގައި، 48 ގައުމު ވާދަކުރާ ގޮތަށް ބާއްވާއިރު، ފޯމެޓް ހުރި ގޮތާ މެދު ހިތްހަަމަނުޖެހިގެންނެވެ. އެ ގޮތުން، ކަސިއަސްގެ އެންމެ ބޮޑު ކަންބޮޑުުވުން ހުރީ އެންމެ ރަނގަޅު ނަތީޖާނެރޭ ތިން ވަނަ އަށް ދާ ޓީމު ނަގާ ގޮތާ މެދު އެވެ.

މި ފަހަރުގެ ފޯމެޓް އޮތްގޮތުން، 48 ގައުމުގެ މެދުގައި ބާއްވާ ވޯލްޑް ކަޕްގައި ޓީމުތައް ބަހާފައިވަނީ 12 ގްރޫޕަކަށެވެ. ކޮންމެ ގްރޫޕަކުން އެންމެ ނަތީޖާ ރަނގަޅު ދެ ޓީމަކަށް ނޮކައުޓްގެ ފުރަތަމަ ބުރު، 32 ޓީމު ވާދަކުރާ ބުރުން ޖާގަ ލިބޭނެ އެވެ. އެ ބުރުގެ ބާކީ އަށް ޖާގަ ދޭނީ 12 ގްރޫޕްގެ ތިން ވަނަ ޓީމުގެ ތެރެއިން، އެންމެ ރަނގަޅު ނަތީޖާ ނެރޭ އަށް ޓީމަކަށެެވެ. 

"އެންމެ ނަތީޖާ ރަނގަޅު ތިން ވަނަ އަށް ދާ ޓީމު ދާ މި އުސޫލު މި އޮތީ ވޯލްޑް ކަޕަކާ ގުޅޭގޮތަކަށް ނޫން. ބަދަލުގައި 64 ޓީމަށް ވޯލްޑް ކަޕް އިތުރުކުރަން ޖެހޭ،" ކަސިއަސް ބުންޏެވެ. 

އެ ގޮތުން، 64 ޓީމަށް އިތުރުކުރުމާ އެކު، 16 ގްރޫޕަށް ޓީމުތައް އިތުރުވެ، ނޮކައުޓް ބުރަށް ހޮވޭނީ ކޮންމެ ގްރޫޕެއްގެ ގަދަ ދެ ޓީމެވެ. އެއީ، މީގެ ކުރިން، 32 ޓީމަށް ވޯލްޑް ކަޕް ބޭއްވިއިރު، ނޮކައުޓް ބުރަށް ޓީމު ހޮވޭ ގޮތަށެވެ. 

ބްރެޒިލްގެ މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ، ވޯލްޑް ކަޕްގައި ވާދަކުރެވޭ ޓީމުތަކުގެ އަދަދު އިތުރުކުރުމުގެ ވާހަކަތައް މިހާރު ފަށާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، ވޯލްޑް ކަޕުގައި ކުޅޭ ޓީމުތައް އިތުރު ކުރުމުގެ މަޝްވަރާތައް މިހާރު ފީފާ ކައުންސިލާ ހަމައަށް ގެންގޮސްފައިވާ ކަމަށެވެ. 

ފީފާ ވޯލްޑް ކަަޕްގައި ކުޅެވޭ ގައުމުތައް އިތުރުކުރަން، ހުށަހަޅާފައިވަނީ، ދެކުނު އެމެރިކާގެ މައި ފުޓްބޯޅަ ފެޑެރޭޝަން. (ކޮންމެބޯލް) އިންނެވެ. އެއީ، ދެން، 2030 ވަނަ އަހަރު ބާއްވާ ވޯލްޑް ކަަޕަކީ، ފީފާ ވޯލްޑް ކަޕް އެންމެ ފުރަތަމަ ބޭއްވިތާ 100 އަހަރު ފުރޭ އަހަރު ކަމަށްވާތީ އެވެ.  ދެން އޮތް ވޯލްޑް ކަޕް، 2030 ވަނަ އަހަރު ހޯސްޓްކުރަން ކަނޑައަޅާފައިވަނީ، މޮރޮކޯ، ސްޕެއިން އަދި ޕޯޗުގަލްގަ އެވެ. އެކަމަކު، އެ މުބާރާތުގެ ހާއްސަ ބައިތަކެއް، އާޖެންޓީނާ އާއި ޕެރަަގުއޭ އަދި އުރުގުއޭގައި ކުރިއަށްގެންދާ ގޮތަށް ފީފާ އިން ވަނީ ހަމަޖައްސައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox