ފެންނަ ފެނުމަށް ހީވަނީ ފީފާ އިން ވެސް އަހަރެމެން ކުރިއަށްދާން ބޭނުންނުވާހެން: އިރާން ކެޕްޓަން ތަރޭމީ

Jun 27, 2026, 5:03 PM
އިރާންގެ ކެޕްޓަން، މަހުދީ ތަރޭމީ ރޭގެ މެޗުގެ ތެރެއިން.

އިރާންގެ ކެޕްޓަން، މަހުދީ ތަރޭމީ ރޭގެ މެޗުގެ ތެރެއިން.

ސިއޭަޓަލް، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 27) - އެމެރިކާ، ކެނަޑާ އަދި މެކްސިކޯގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ކަންކަން ހިނގާ ގޮތާއި ފެންނަ ފެނުމަށް ބަލާއިރު، ހީވަނީ ފީފާ އިން ވެސް އިރާން ކުރިއަށްދާން ބޭނުންނުވާ ކަމަށް ކަމުގައި، އިރާންގެ ކެޕްޓަން މަހުދީ ތަރޭމީ ބުނެފި އެވެ. 

ފެބްރުއަރީ މަހު، އިޒްރޭލާއި އެމެރިކާ އިން އިސްވެ، އިރާނާ ދެކޮޅަށް ފެށި ހަނގުރާމައާ ހެދި، އިރާނުން މި ފަހަރުގެ ވޯލްޑް ކަޕްގައި ނުކުޅެން ވެސް ނިންމި އެވެ. އެކަމަކު، ފީފާ އިން ބޭއްވި އެކި ބައްދަލުވުންތަކަށް ފަހު، އެއްބަސްވެވުނު ކަންތައްތަކަށް ބަލައި، އިރާނުން ވޯލްޑް ކަޕްގައި ކުޅެން އެއްބަސްވީ އެވެ. ވޯލްޑް ކަޕްގައި އިރާންގެ ގްރޫޕް ސްޓޭޖު ތިން މެޗު ވެސް އެމެރިކާގައި ކުޅުނުއިރު، އެ ޓީމަށް މެޗަށް އާދެވެނީ ވަކި ހުއްދަދަތަކެއްގެ މަތިން، މެކްސިކޯގައި ތިބެފަ އެވެ. އަދި، މެޗު ނިމުމަށް ފަހު، ވަކި ވަގުތެއްގެ ތެރޭގައި އެނބުރިދާން ޖެހެ އެެވެ. 

އިރާނުން ވޯލްޑް ކަޕްގައި މި ފަހަރު ކުޅުނު ފުރަތަމަ މެޗުގައި ނިއު ޒީލެންޑާ 2-2 އިން އެއްވަރުވިއިރު، ދެ ވަނަ މެޗުގައި 0-0 އިން  ބެލްޖިއަމްއާ އެއްވަރުވި އެވެ. ރޭ މިސްރު ކޮޅަށް އިރާނުން ފަހު ވަަގުތު ޖެހި ގޯލު ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި އޮފްސައިޑް ކަމަށް ނިންމިއިރު، އެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އެ މެޗުން މޮޅުވިނަަމަ، ގަދަ 32 ޓީމުގެ ބުރު އިރާނަށް ލިބޭނެ އެވެ. އެކަމަކު، މިހާރު އޮތްގޮތުން، އިރާނަށް ގަދަ 32 ގެ ބުރުގެ ފުރުސަތެއް ލިބޭކަން އެނގޭނީ މިރޭ ގްރޫޕް ސްޓޭޖުގެ މެޗުތައް އެއްކޮށް ނިމުމުންނެވެ. 

Advertisement

އިރާންގެ ކެޕްޓަން ތަރޭމީ ބުނީ، މިއީ ވަރަށް ދެރަވަރުކޮށް ހިނގާ ވޯލްޑް ކަޕެއް ކަމަށެވެ. އަދި، ވޯލްޑް ކަޕްގައި ހިނގާ ހުރިހާ މައްސަލައެއް ކަހަލަ ގޮތަކަށް ހައްލުކުރެވޭތޯ ފީފާ އިން މަސައްކަތްކުރާއިރު، އިރާނަށް ފެށުނުއިރުއްސުރެއް ދިމާވަނީ އެއް ހާލެއް ކަމަށް ތަރޭމީ ފާހަގަކުރި އެެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ފުރަތަމަ މެޗަށް ފަހު، އިރާންގެ ޗޭންޖިން ރޫމަށް އައިސް ވައުދުވީ ކަންކަން ރަނގަޅުކޮށްދޭނެ ކަމަށް ކަމަށާއި އެކަަމަކު ގްރޫޕް ސްޓޭޖު ނިމުނީ ވެސް އެއް ހާލަތުގައި އޮވެ ކަަމަށެވެ. 

"އަހަރެމެންގެ ލޮޖިސްޓިކް މީހުންނެއް ނެތް. އަހަރެމެންނަށް ވިސާއެއް ރަނގަޅަށް ނުލިބޭ.  މިއީ ފީފާ އަށް ރަނގަޅު ގޮތްތަ؟ ވެދާނެ އެހެންކަމަށް. އެކަމަކު މިއީ އިންސާފުވަތަ؟ ކޮން ބައެއް އަހަރެމެންނަށް އެހީވާން ބޭނުމީ. އެމީހުން އަހަރެމެން (މުބާރާތުން) ބޭރުވާން ބޭނުމިއްޔާ އެ ގޮތް ވެސް އޯކޭ. ހަމަ ބޭރުވާންވީ. އެކަމަކު އެއީ އިންސާފަށް ވާނެތަ؟. އަހަރެމެންނަށް ރިކަވަރީގެ ކަމެއް ނެތް. ލޮޖިސްޓިކްސް އެއް ނެތް. އަހަރެމެން އަބަަދުވެސް މި ކުރަން ޖެހެނީ ޝަކުވާ. އަޑުއަހާނެ ބަޔަކު ނެތް،" ތަރޭމީ ބުންޏެވެ. 

ތަރޭމީ ބުނީ، އިރާން ޓީމަށް ޖެހެނީ ކޮންމެ ކަމަކާ ދެކޮޅަށް "ފައިޓް" ކުރަން ކަމަށާއި އެ މީހުންނާ މެދު ކަމާބެހޭ ފަރާތްތަކުން ބޭނުންވަނީ ކޮން ކަމެއްކަން ނޭނގޭ ކަމަށެވެ. 

"އަހަރެމެންނަށް ފެންނަ ކަންކަމަށް ބަލާއިރު ހީވަނީ އަހަރެމެންނަށް ހެވެއް ނޭދެނިއްޔޭ. ކިހިނެއް ކޮންމެ 90 މިނިޓެއް ކުޅޭ ގޮތަށް (މެކްސިކޯގެ) ޓިޖުއާނާ އަށް ދަނީ؟،" ތަރޭމީ ބުންޏެވެ. 

ތަރޭމީ ބުނީ، އެއްވެސް ހާލަތެއްގައި މެކްސިކޯގެ މީހުންނަށް ނޫނީ ޓިޖުއާނާގެ ފަރާތްތަކަށް ދެރަބަހެއް ބުނަނީއެއް ނޫން ކަމަށެވެ. އަދި، މެކްސިކޯ އިން އިރާނާ މެދު ވަރަށް ރަނގަޅަށް ހިތާ ކަމަށާއި ޕްރޮފެޝަނަލް ފުޓްބޯޅަ ޓީމެއް ޕްރޮފެޝަނަލް މުބާާރާތެއް ކުޅެން ޖެހިފައި މި ވަނީ ވަރަށް ދަތިހާލުގައި ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox