ތުރުކީން އެމެރިކާ ބަލިކޮށްފި، އޮސްޓްރޭލިއާ ދެ ވަނަ ބުރަށް

Jun 26, 2026, 9:09 AM
ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީގެ މެޗުތަކުގެ ތެރެއިން.

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީގެ މެޗުތަކުގެ ތެރެއިން.

ކެލިފޯނިއާ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 26) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީގެ ފަހު މެޗުތަކުގައި ތުރުކީން 3-2 އިން އެމެރިކާ ބަލިކުރިއިރު، މި ގްރޫޕްގެ ދެ ވަނައިގެ ގޮތުގައި އޮސްޓްރޭލިއާ އިން ދެ ވަނަ ބުރުގެ ޖާގަ ހޯދައިފި އެވެ. 

އަދި އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަނަ އަށް ދާ ޓީމުތަކުގެ ތެރޭގައި ހިމެނިގެން ޕެރަގުއޭ މުބާރާތުގެ ގަދަ 32 ޓީމުގެ ބުރުން ޖާގަ ހޯދުމުގެ ފުރުސަތު އެބައޮތެވެ.

ގްރޫޕްގެ އަނެއް މެޗުން ޕެރަގުއޭ އާއި އޮސްޓްރޭލިއާގެ މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. އޮސްޓްރޭލިއާ އިން މި ވަނީ ޖެހިޖެހިގެން ދެ ވަނަ ވޯލްޑް ކަޕްގެ ގަދަ 16 ބުރުން ޖާގަ ހޯދައިފަ އެވެ. 

އެެމެރިކާ އިން މި ގްރޫޕްގެ އެއް ވަނަ ހޯދީ ތިން މެޗުން ހަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ނިންމި އޮސްޓްރޭލިއާ އާއި ތިން ވަަނައިގައި އޮތް ޕެރަގުއޭ އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ތުރުކީން ނިންމާލީ ތިން ޕޮއިންޓާ އެކު އެވެ. 

ގްރޫޕް ސްޓޭޖުގެ ފުރަތަމަ ދެ މެޗެކޭ އެއްގޮތަށް އެމެރިކާ އިން ވަނީ ތުރުކީއާ ދެކޮޅަށް ވެސް މެޗުގެ ކުރީކޮޅުގައި ލީޑުނަގައިފަ އެވެ. މި ލަނޑު މެޗުގެ ދެ ވަނަ މިނިޓްގައި ޖެހީ އޫސްޓަން ޓްރަސްޓީ އެވެ. އެކަމަކު، އޭގެ އަށް މިނިޓް ފަހުން، މެޗުގެ 10 ވަނަ މިނިޓްގައި ތުުރުކީގެ ތަރި، އާޑާ ގުލާ ވަނީ އެ ޓީމަށް އެއްވަރުކޮށްދީފަ އެވެ. 

ތުރުކީން ވަނީ މެޗުގެ 31 ވަނަ މިނިޓްގައި ބަރިސް ޔިލްމާޒް ޖެހި ގޯލުން ލީޑުނަގައިފަ އެވެ. މި ލަނޑާ އެކު، ލީޑުގައި އޮވެގެން ތުރުކީން ފުރަތަމަ ހާފު ނިންމާލި ނަަމަވެސް ދެ ވަނަ ހާފު ފެށިތަނާހެން އެމެރިކާ އިން އެއްވަރުުކުރި އެވެ. އެ ޓީމުގެ ދެ ވަނަ ލަނޑު މެޗުގެ 49 ވަނ މިނިޓްގައި ކާމިޔާބުކުރީ ސަބެސްޓިއަން ބާހޯލްޓާ އެވެ. 

މެޗު އެއްވަރުވެގެން ނިމޭނެކަމަށް ބެލެވިފައިވަނިކޮށް، މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ވަގުތުގެ ތެރެއިން އަށް ވަނަ މިނިޓްގައި ތުރުކީން ވަނީ ލަނޑު ޖަހައިގެން މޮޅުވެފަ އެވެ. ތުރުކީ އަށް މި ލަނޑު ޖަހައިދިނީ އޭރިއާތެރެއިން ރަނގަޅު ތަނަށް އަރައި ހުރި ކާން އައިހާން އެވެ. 

އެމެރިކާ އިން ގަދަ 32 ޓީމުގެ ބުރުގައި ކުޅޭނީ ބޮސްނިއާއާ އެވެ. އަދި، އޮސްޓްރޭލިއާ އިން ދެ ވަނަ ބުރުގައި ކުޅޭނީ ގްރޫޕް ޖީގެ ދެ ވަނަ ޓީމާ އެވެ. މި ވަގުތު ގްރޫޕް ޖީގެ ދެ ވަނައިގައި އޮތީ އިރާން އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox