އެކުއެޑޯ އިން ޖަރުމަނު ބަލިކޮށްފި، އައިވަރީ ކޯސްޓުން ފުރަތަމަ ފަހަރަށް ދެ ވަނަ ބުރަށް

Jun 26, 2026, 3:11 AM
ޖަރުމަނު ކޮޅަށް ލަނޑު ޖެހުމަށް ފަހު އެކުއެޑޯގެ އަންގޫލޯ އުފާފާޅުކުރަނީ. .

ޖަރުމަނު ކޮޅަށް ލަނޑު ޖެހުމަށް ފަހު އެކުއެޑޯގެ އަންގޫލޯ އުފާފާޅުކުރަނީ. .

ފިލަޑެލްފިއާ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 26) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ އެކުއެޑޯ އިން 2-1 އިން ޖަރުމަނު ބަލިކުރިއިރު، ކިއުރުސާއޯ އަތުން 2-0 އިން މޮޅުވެ، އައިވަރީ ކޯސްޓުން ފުރަތަަމަ ފަހަރަށް މުބާރާތުގެ ނޮކައުޓް ބުރުން ޖާގަ ހޯދައިފި އެވެ. 

ފަހު މެޗާ ކުރިމަތިލިއިރު ވެސް ޖަރުމަނުން ވަނީ ފުރަތަަމަ މެޗުން މޮޅުވެ، ގަދަ 32 ޓީމުގެ ބުރުން ޖާގަ ހޯދައިފަ އެވެ. ގްރޫޕްގެ މެޗުތައް ނިމުނުއިރު، ޖަރުމަނު އެއް ވަަނައިގައި އޮތީ  ހަ ޕޮއިންޓާ އެކު އެވެ. ދެ  ވަަނައިގައި އޮތް އައިވަރީ ކޯސްޓަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. ޖަރުމަނަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. 

ތިން ވަަނައިގައި އޮތް އެކުއެޑޯ އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. މި ނަތީޖާއާ އެކު، އެކުއެޑޯ އަށް އެންމެ ރަނގަޅު ނަތީޖާ ނެރުނު ތިން ވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެން ނޮކައުޓް ބުރުން ވަނީ ފުރުސަތު ލިބިފަ އެވެ. 

Advertisement

މި ގްރޫޕްގެ ފުލުގައި އޮތް ކިއުރުސާއޯގެ އޮތީ އެއް ޕޮއިންޓެވެ. 

އެކުއެޑޯ ކޮޅަށް ލަނޑު ޖެހުމަށް ފަހު ޖަރުމަނު ކުޅުންތެރިން އުފާފާޅުކުރަނީ.
އެކުއެޑޯ ކޮޅަށް ލަނޑު ޖެހުމަށް ފަހު ޖަރުމަނު ކުޅުންތެރިން އުފާފާޅުކުރަނީ.

ޖަރުމަނުން ވަނީ މެޗު ފަށައިގެން ދެ ވަަނަ މިނިޓްގައި ކައި ހަވާޓްޒް ދިން ބޯޅައަކުން ލެެރޯއި ސާނޭ ޖެހި ގޯލާ އެކު ލީޑުނަގައިފަ އެވެ. ސާނޭ އެ ބޯޅަ ގޯލަށް ފޮނުވާލުމުގެ ކުރިން ޖަރުމަނުގެ އަލެކްސަންޑަ ޕަވްލޮވިޗް މައްޗަށް ފައިނަގައި އެކުއެޑޯ ކުޅުންތެރިއަކު ބޮލުގައި ފައިން ޖެހުމުން ފައުލެއް ކަމަށް އެޕީލް ކުރި ނަމަވެސް މެޗުގެ ރެފްރީ ވެސް އަދި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ވެސް ބަލާފައިނުވެ އެވެ. 

އެހާ ކުރީކޮޅުގައި ލީޑުނެގި ނަމަވެސް ޖަރުމަނަށް މާ ގިނައިރު ކުރީގައި އޮވެވޭގޮތެއްނުވި އެވެ. މެޗުގެ ނުވަ ވަނަ މިނިޓްގައި، އެކުއެޑޯ އިން ވަނީ ނަތީޖާ  ހަަމަހަަމަކޮށްފަ އެވެ. މިއީ، އޭރިއާބޭރުން ވިލްސަން އަަންގޫލޯ ގޯލުގެ ތިރީ ކަަނަށް ބޯޅަ ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

ފުރަތަމަ ހާފުގައި ޖަރުމަނުގެ ޖަމާލް މުސިއާލާ ފޮނުވާލި ހަަމަލާއެއް އެކުއެޑޯގެ ވިލިއަން ޕަޗޯ ވަނީ ބްލޮކްކޮށްފަ އެވެ. ދެ ވަނަ ހާފު ފަށައިގެން މާ ގިނައިރުތަކެއް ނުވެ، ޖަރުމަނުގެ ކައި ހަވާޓްޒް އަށް އެކުއެޑޯގެ އޭރިއާތެެެއިން އެ ޓީމުގެ ޑިފެންޑަރު، ޖޮއެލް އޮޑޯނިއޭޒް ކުރި ފައުލަކަށް ޕެނަލްޓީ ދިނެވެ. އެކަމަކު، ވީއޭއާރުން ބަލައިފައި އެ ޕެނަލްޓީ ނުދޭން ނިންމީ އެޓޭކް ފެށިއިރު، ޖަރުމަނުން ފައުލެއް ކޮށްފައިވާތީ އެވެ. 

އޭގެ ފަހުން، އެކުއެޑޯގެ އެނާ ވެލެންސިއާ ޖެހި ޝޮޓެއް ޖަރުމަނުގެ ކީޕަރު މެނުއަލް ނޯޔާ ވަނީ މަތަކޮށްފަ އެވެ. އެކުއެޑޯ އިން ލަނޑެއް ޖެހޭތޯ ކުރި މަސައްކަތް ކާމިޔާބުކުރީ 78 ވަނަ މިނިޓްގަ އެވެ. މިއީ، ކޯނަރަކުން ލިބުނު ފުރުސަތުން ގޮންޒާލޯ ޕްލާޓާ ޖެހި ގޯލެކެވެ. 

އައިވަރީ ކޯސްޓުގެ ލަނޑު ޖެހުމަށް ފަހު ޕެޕޭ އުފާފާޅުކުރަނީ.
އައިވަރީ ކޯސްޓުގެ ލަނޑު ޖެހުމަށް ފަހު ޕެޕޭ އުފާފާޅުކުރަނީ.

ކިއުރުސާއޯއަ ދެކޮޅަށް މޮޅުވުން މަޖުބޫރު މެޗަކަށް ނުކުމެ، އައިވަރީ ކޯސްޓުން ވަނީ ރަނގަޅު ކުޅުމެއް ދައްކައި، ބޭނުންވާ ނަތީޖާ ނެރެފަ އެވެ. މެޗުގެ ހަތް ވަަނަ މިނިޓްގައި، އައިވަރީ ކޯސްޓުން ވަނީ ލީޑުނަަގައިފަ އެވެ. މިއީ، އައިވަރީ ކޯސްޓުގެ ޔަން ޑިއޮމަންޑޭ ނެގި ހުރަހަކުން ޕެޕޭ ޖެހި ގޯލެކެވެ. 

ދެ ވަނަ ހާފުގައި ވެސް އައިވަރީ ކޯސްޓުން ލަނޑު ޖެހީ ޕެޕޭ އެވެ. މެޗުގެ 64 ވަނަ މިނިޓްގައި އޭރިއާތެެރެއިން ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިގެން ޕެޕޭ މި ލަނޑު ޖެހިއިރު، ފުރުސަތު ތަނަވަސްކޮށްދިނީ އިބްރާހިމް ސަންގާރޭ އެވެ. 

މިއީ، ވޯލްޑް ކަޕްގައި ވާދަކުރި ހަތަރު ފަހަރުގެ ތެރެއިން އައިވަރީ ކޯސްޓަށް ދެ މެޗުން މޮޅުވެ، ގްރޫޕް ސްޓޭޖު ފަހަނައަޅައި ދެވުނު ފުރަތަމަ ފަަހަރެެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox