ޓްރިއޮންޑާ: ޓެކްނޮލޮޖީއާ ރަށްޓެހި، ގައުމުތަކުގެ ސަގާފަތް ރަމްޒުކޮށްދޭ ވޯލްޑް ކަޕް ބޯޅަ

Jun 12, 2026, 7:31 AM
ޓްރިއޮންޑާ، އެޑިޑާސް އިން ތައްޔާރުކޮށްފައިވާ ފަހުގެ ޓެކްނޮލޮޖީ ހިމެނޭ މި ފަހަރުގެ ވޯލްޑް ކަޕް ބޯޅަ

ޓްރިއޮންޑާ، އެޑިޑާސް އިން ތައްޔާރުކޮށްފައިވާ ފަހުގެ ޓެކްނޮލޮޖީ ހިމެނޭ މި ފަހަރުގެ ވޯލްޑް ކަޕް ބޯޅަ

ފީފާ އިން ހަތަރު އަހަރުން އެއް އަހަރު ބާއްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ހާއްސަކަން ރަމްޒުކޮށްދޭ އެއް ކަމަކީ، މުބާރާތަށް ހާއްސަކޮށް ކޮންމެ ފަހަރަކު ތައްޔާރުކުރާ ބޯޅަ އެވެ. އެ ގޮތުން، އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި، ޖޫން 11 އިން ޖުލައި 19 އަށް މި ފަހަރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ 23 ވަނަ މުބާާރާތަށް ހާއްސަކޮށް ތައްޔާރުކުރި، "ޓްރިއޮންޑާ" ބޯޅަ އަކީ އެކި ގޮތްގޮތުން ހާއްސަ ބޯޅަ އެކެވެ.

ޓްރިއޮންޑާ، މި ނަމަކީ ސްޕެނިޝް ބަހުންނަމަ، "ތުރީ ވޭވްސް" އެވެ. މާނަ އަކީ ތިން ރާޅެވެ. އެ ތިން ރާޅު ރަމްޒުކޮށްދެނީ، މި ފަަހަރުގެ ވޯލްޑް ކަޕް ބާއްވާ ތިން ގައުމު، އެމެރިކާ، މެކްސިކޯ އަދި ކެނަޑާ އެވެ. މިއީ، ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، ފީފާ ވޯލްޑް ކަޕް، ތިން ގައުމަކުން ގުޅިގެން، ހޯސްޓްކުރާނެ ފުރަތަމަ ފަހަރެވެ. އެހެންކަމުން، މި މުބާރާތުގައި ޖުމްލައެކު، ކުޅެވޭ 104 މެޗުގައި ވެސް ބޭނުންކުރާނެ ބޯޅައިގައި ވެސް ހޯސްޓްކުރާ ތިން ގައުމުގެ ކުލަތަކާއި އެ ގައުމުތަކުގެ ސަގާފީ ކަންކަން ރަމްޒުކޮށްދޭ، ޑިޒައިންތައް ވަނީ ހިމަނައިފަ އެވެ.

އެ ގޮތުން، ވޯލްޑް ކަޕް ބޯޅައިގައި މައިގަނޑުކޮށް ހިމެނޭ ތިން ކުލަ ކަމަށްވާ ރަތާއި ފެއްސާއި ނޫކުލަ އަކީ، އެމެރިކާ، މެކްސިކޯ އަދި ކެނަޑާގެ ދިދައިގެ ކުލަތަކެވެ. އަދި، އައިކޮނޮގްރަފީކޮށް ބަލާއިރު، ބޯޅައިގެ ޑިޒައިނުން ފެންނަ، މެޕްލް ލީފަކީ ކެނަޑާގެ ރަމްޒެވެ. އަދި، އީގަލް ދޭހަކޮށްދެނީ މެކްސިކޯގެ ބައިވެރިވުމެވެ. މީގެ އިތުރުން، ތަރިތަކަކީ އެމެރިކާގެ ބައިވެރިވުމެވެ.

ކުޅިވަރު ސާމާނު އުފެއްދުމުގައި ދުނިޔޭގެ ގިނަ ބަޔެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ، އެޑިޑާސް އިން ތައްޔާރުކުރި މި ބޯޅަ އަކީ ފޯ ޕެނަލް ކޮންސްޓްރަކްޝަންް، ޓެކްނޮލިޖީއާ އެކު ތައްޔާރުކުރެވިފައިވާ ބޯޅައެކެވެ. އެ ގޮތުން، މޯޝަން ސެންސަރު ޗިޕް ހަރުކޮށްފައިވާ މި ބޯޅަ ދައުރުކުރާ ގޮތުގެ ތަފްސީލް ޑޭޓާ ވަގުތުން ލިބޭނެ އެވެ. މާނަ އަކީ، މި ބޯޅައިގެ ޒަރިއްޔާ އިން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އަށް ވެސް ބޭނުންވާނެ މުހިންމު އެތައް މައުލޫމާތެއް ލިބޭނެ އެވެ. އޭގެ ސަބަބުން، ރިއަލް ޓައިމްގައި އަވަހަށް ކަންކަމުގައި ގޮތް ނިންމުމަށް ރެފްރީންނަށް ގިނަ ގޮތްގޮތުން ފަސޭހަވެގެންދާނެ އެވެ.

މިއީ ރެފްރީންގެ ނިންމުންތަކަށް ޓަކައި މެޗު މެދުކަނޑާލަން ޖެހޭ ވަގުތު ކުރުވާނެ ބަދަލެއް ކަމުން، ސަޕޯޓަރުންނަށް މީގެ ސަބަބުން މެޗުގެ ފޯރި ހުއްޓުމެއް ނެތި ކުރިއަށްގެންދަން މަގުފަހިވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox