ތިން ރަތް ކާޑު ފެނުނު މެޗުން ދެކުނު އެފްރިކާ ބަލިކޮށް މެކްސިކޯ އިން މޮޅަކުން ވޯލްޑް ކަޕް ފަށައިފި

Jun 12, 2026, 2:03 AM
ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި މެކްސިކޯ އާއި ސައުތު އެފްރިކާ ބައްދަލުކުރަނީ.----

ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި މެކްސިކޯ އާއި ސައުތު އެފްރިކާ ބައްދަލުކުރަނީ.----

މެކްސިކޯ ސިޓީ، މެކްސިކޯ (ޖޫން 12) - ދެ ކުޅުންތެރިން މަދުކޮށް މެޗު ނިންމާލަން ޖެހުނު ދެކުނު އެފްރިކާ 1-0 އިން ބަލިކޮށް މި ފަހަރުގެ ފީފާ ވޯލްޑް ކަޕް ބާއްވާ އެއް ގައުމު ކަމަށްވާ، މެކްސިކޯ އިން މޮޅަކުން މުބާރާތް ފަށައިފި އެވެ. 

މީގެ 16 އަހަރު ކުރިން، 2010 ވަަނަ އަހަރު ދެކުނު އެފްރިކާގައި ވޯލްޑް ކަަޕް ހޯސްޓްކުރިއިރު، ފުރަތަަމަ މެޗުގައި ދެކުނު އެފްރިިކާ އާއި މެކްސިކޯ ކުޅެގެން ވީ އެއްވަރެވެ.

އެކަމަކު، މި ފަހަރުގެ ވޯލްޑް ކަޕްގައި މެކްސިކޯ އިން މި ވަނީ ފުރަތަމަ މެޗުގައި ދެކުނު އެފްރިކާ ބަލިކޮށްފަ އެވެ. 

މަޝްހޫރު އަޒްޓެކާ ސްޓޭޑިއަމްގައި، 80،000 އަށް ވުރެން ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުރިއަށްދިޔަ ފޯރިގަދަ ހުޅުވުމުގެ ރަސްމިއްޔާތަކަށް ފަހު، ފެށި މެޗުގައި ފުުރަތަމަ މިނިޓުން ފެށިގެން މެކްސިކޯ އިން ވަނީ ދެކުނު އެފްރިކާ އަށް ނުރައްކާ ކުރަން ފަށައިފަ އެވެ. 

އެ ގޮތުން, މެކްސިކޯގެ ފޯވާޑް، ރައުލް ހިމެނޭޒް ފޮނުވާލި ބޯޅައެއް ސައުތު އެފްރިކާ ކީޕަރު، ރޮންވެން ވިލިއަމްސް ވަނީ މަތަކޮށްފަ އެވެ. އެކަމަކު، މެޗުގެ ނުވަ ވަނަ މިނިޓްގައި ވިލިއަމްސް ހެދި ގޯހެއްގެ ފައިދާނަގައި، ޖޫލިއަން ކުއިނޯނޭސް ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. 

ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި މެކްސިކޯ އާއި ސައުތު އެފްރިކާ ބައްދަލުކުރަނީ: މި މެޗުގައި މެކްސިކޯގެ ފުރަތަަމަ ލަނޑު ޖެހި ކުއިނޯނޭސް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ
ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި މެކްސިކޯ އާއި ސައުތު އެފްރިކާ ބައްދަލުކުރަނީ: މި މެޗުގައި މެކްސިކޯގެ ފުރަތަަމަ ލަނޑު ޖެހި ކުއިނޯނޭސް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ

ފުރަތަމަ ހާފުގެ ބާކީ ބައިގައި ސައުތު އެފްރިކާ އިން ކުރިއަށްޖެހިގެން ލަނޑެއް ޖެހޭތޯ ގިނަ މަސައްކަތްތަކެއް ކުރިއިރު، އެކަމެއް ކާމިޔާބެއްނުވި އެވެ. އަދި، ދެ ވަނަ ހާފު ފަށައިގެން ހަތަރު މިނިޓް ތެރޭ ސައުތު އެފްރިކާ އަށް މެޗުގައި ކުރިއަށްދާން އިތުރު ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނެވެ. އެއީ، އެ ޓީމުގެ ޑިފެންޑަރު، ސްޕެޕޭލޯ ސިޓޯލް، އެންމެ ފަހަތުގައި ހުރެފައި ބްރިއަން ގުޓިއޭރޭޒަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. 

މެޗުގެ 66 ވަނަ މިނިޓްގައި މެކްސިކޯގެ ދެ ވަނަ ލަނޑު ޖެހީ ހިމެނޭޒް އެވެ. މިއީ، ރޮބާޓޯ އަލްވާޑޯ ނެގި ހުރަހަކަަށް އަރައި ހިމެނޭޒް ބޮލުން ޖެހި ގޯލެކެވެ. މިއީ، ހިމެނޭޒްގެ ހަތަރު ވަނަ ވޯލްޑް ކަޕް ކަމަށް ވިޔަސް، މުބާރާތުގެ ތާރީހުގައި އޭނާގެ ފަރާތުން ފެނިގެންދިޔަ ފުރަތަމަ ގޯލެވެ. 

ސައުތު އެފްރިކާ އަށް އިތުރު މައްސަލަތައް ކުރިމަތިވީ 84 ވަނަ މިނިޓްގައި އެ ޓީމުގެ ދެ ވަނަ ކުޅުންތެރިއަކަށް ރަތެއް ދެއްކުމުންނެެވެ. އެ ގޮތުން، ސައުތު އެފްރިކާގެ ތެމްބާ ޒްވާނޭ އަށް ރަތެއް ދެއްކީ، ބޯޅަ ނެތިސް މެކްސިކޯ އަލްވަރާޑޯ އަށް ހަމަލާ ދިނުމުންނެވެ. މެޗުގެ ރެފްރީ، ބްރެޒިލްގެ ވިލްޓަން ސަމްޕައިއޯ، އެ ގޮތަށް ނިންމާފައިވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން އަންގައިގެން، ދަނޑުކައިރީގައި ހުރި މޮނީޓަރުން ވެސް ބަލައިފަ އެވެ. 

އަނެއްކޮޅުން، މެކްސިކޯ އިން ވެސް މެޗު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ. އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތް މިނިޓްގެ ތެރޭގައި މެކްސިކޯގެ ސެޒާ މޮންޓޭސް އަށް ރަތެއް ދެއްކީ، ދެކުނު އެފްރިކާގެ މަޑާއު އަށް ފައުލުކުރުމުންނެވެ. 

މިއީ، 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16 ބުރުގައި، ނެދަލެންޑްސް އާއި ޕޯޗުގަލް ކުޅުނު މެޗަށް ފަހު އެއް މެޗެއްގައި އެންމެ ގިނަ ރަތް ކާޑު ފެނިގެންދިޔަ މެޗެވެ. 

ގްރޫޕް އޭގެ ދެ ވަނަ މެޗުގައި ކުޅޭނީ ދެކުނު ކޮރެއާ އާއި ޗެކް ރިޕަބްލިކް އެވެ. އެ މެޗު ފަށާނީ ހެނދުނު ހަތެއް ޖަހާއިރު އެވެ، 

މިއީ، މެކްސިކޯގައި ވޯލްޑް ކަޕް ހޯސްޓްކުރާ ތިން ވަނަ ފަހަރެވެ. މީގެ ކުރިން، މެކްސިކޯގައި ހޯސްޓްކުރި ދެ ވޯލްޑް ކަޕްގައި، 1970 އާއި 1986 ވަނަ އަހަރު އެ ޓީމުން ވަނީ ކުއާޓާ ފައިނަލުގައި ކުޅެފަ އެވެ. އެންމެ ފަހުން، 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގައި މެކްސިކޯ ކެޓީ ގްރޫޕް ސްޓޭޖުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox