ޓުޗެލް ބުނީ އިންގްލެންޑް ޓީމަށް ޕްރެޝަރާ ކުރިމަތިލެވޭނެ ކަމަށް

Jun 11, 2026, 12:40 PM
މި ފަަހަރުގެ ވޯލްޑް ކަޕަށް ތައްޔާރުވުމަށް އިންގްލެންޑުން ކުރިއަށްގެންދިޔަ ޓްރެއިނިން ސެޝަނެއްގެ ތެރެއިން އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް.

މި ފަަހަރުގެ ވޯލްޑް ކަޕަށް ތައްޔާރުވުމަށް އިންގްލެންޑުން ކުރިއަށްގެންދިޔަ ޓްރެއިނިން ސެޝަނެއްގެ ތެރެއިން އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް.

ނިއު ޔޯކް، ޔުނައިޓެޑްް ސްޓޭޓްސް (ޖޫން 11) - މި ފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ނުކުންނައިރު، އިންގްލެންޑް ގައުމީ ޓީމަށް އޮތް ޕްރެޝަރާ ކުރިމަތިލެވޭނެ ކަމަށް އެ ޓީމުގެ ކޯޗު، ޖަރުމަނުގެ ތޯމަސް ޓުޗެލް ބުނެފި އެވެ. 

އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ފަށާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް އިންގްލެންޑުން ނެގި ސްކޮޑާއި އެ ޓީމުގެ ތައްޔާރީތަކާ ބެހޭގޮތުން، އިނގިރޭސި މީޑިއާގެ ފާޑުކިޔުން ޓީމަށް އަދި ޓުޗެލް އަށް ވަނީ ބޮޑުވެފަ އެވެ. އަދި، އިންގްލެންޑުން ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ސީނިއާ ލެވަލްގައި 1966 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ފަހުން، އަދި ކާމިޔާބެއް ހޯދިފައިނުވާއިރު، މި ފަހަރުގެ ވޯލްޑް ކަޕްގައި އެކަން ނިމުމަކަށް ގެންނަން ވެސް ޓީމަށް ޕްރެޝަރު އެބައޮތެވެ. 

ޓުޗެލް ބުނީ، ފުޓްބޯޅައިގައި މަސައްކަތްކުރާ ބަޔަކަށް ޕްރެޝަރުވާން ޖެހޭނީ ޝައުގުވެރިކަމާ އެކު ކުރިމަތިލެވޭނެ ކަމަކަށް ކަމަށެވެ. 

"ޓީމާ ބައްދަލުކުރި މީޓިންގައި އަަހަރެން ވަރަށް ރަނގަޅަށް ބުނެދިނިން، ކިހާ ބުރަދަނެއް ހުރި ކަމެއްކަން އަހަރެމެން ހަވާލުވެ މި ތިބީ. އަދި، ޓީމެއްގެ ގޮތުގައި، އެއް ބައެއްގެ ގޮތުގައި ކެރިގެން އެކުގައި ތިބެގެން ކުރިމަތިލައިފިނަމަ، މި އޮތް ޕްރެޝަރު ތެރޭގައި ވެސް މި ޓީމަށް ކުރިއަށްދެވޭނެ. އާދަޔާހިލާފު ތަޖުރިބާތަކެއް ކުރެވޭނެ،" ޓުޗެލް ބުންޏެވެ. 

"ބޯޅަ ރޯލްްވާން ފެށުމާ އެކު އެ ފެށުނީ ގޭމް. ދެން، ޕްރެޝަރުގެ ކަންކަން ވެސް އެ ފެށުނީ. ވިސްނަން ޖެހޭ ކަންކަން ވެސް ގިނަވާނެ. އެކަމަކު، އެއީ އަހަރެން އެންމެ ގަޔާވާ ކަންތައް، މި ޕްރެޝަރު އަހަންނަށް އަބަދުވެސް ވަރަށް ޝައުގުވެރި. އެއީ، ފުޓްބޯޅައިގެ ތެރެއިން ވެސް ދިރިހުރި ކަމުގެ ނިޝާންތަކެއް ފެނިގެންދާނެ،" 

ފާއިތުވި އަަހަރުތަކުގައި ބައިނަލްއަގުވާމީ މުބާރާތްތަކުގައި އިންގްލެންޑުން ނެރެފައިވާ ނަތީޖާތަކުގެ ސަބަބުން އެ ޓީމުން މި ފަހަރުގެ ވޯލްޑް ކަޕްްގައި ރަނގަޅު ނަތީޖާތަކެއް ނެރޭނެ ކަމަށް ގިނަ ބަޔަކު އުންމީދުކުރާ ކަމަށް ޓުޗެލް ވަނީ ބުނެފަ އެވެ. 

އިންގްލެންޑުން މި ފަހަރުގެ ވޯލްޑް ކަޕްގައި ހިމެނެނީ، ކްރޮއޭޝިއާ، ގާނާ އަދި ޕެނަމާއާ އެއް ގްރޫޕެއްގަ އެވެ. އިންގްލެންޑުން ފުރަތަމަ މެޗުގައި މި މަހު 17 ވަނަ ދުވަހު ކްރޮއޭޝިއާއާ ކުޅޭނެ އެވެ. އަދި، ދެ ވަނަ މެޗުގައި މި މަހު 24 ވަނަ ދުވަހު ގާނާއާ ކުޅުމަށް ފަހު، އޭގެ ހަތަރު ދުވަސް ފަހުން ފަހު މެޗުގައި ޕެނަމާއާ ބައްދަލުކުރާނެ އެވެ. 

އިންގްލެންޑުން ވަނީ ވޯލްޑް ކަޕަށް ތައްޔާރުވާން ކުޅުނު ފަހު  ދެ މެޗުން ކޮސްޓަ ރިކާ އާއި ނިއު ޒީލެންޑު ބަލިކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox