ޓްރަމްޕަށް ޕީސް ޕްރައިޒް އެވޯޑް: ފާޑުކިޔުން ބޮޑުވި ފީފާގެ ނިންމުމެއް

Jun 11, 2026, 2:55 PM
ފީފާ އިން މިދިޔަ ޑިސެމްބަރު މަހު ދިން އެ ފެޑެރޭޝަނުގެ ފުރަތަމަ ޕީސް ޕްރައިޒް އެވޯޑް ދީފައިވަނީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް.

ފީފާ އިން މިދިޔަ ޑިސެމްބަރު މަހު ދިން އެ ފެޑެރޭޝަނުގެ ފުރަތަމަ ޕީސް ޕްރައިޒް އެވޯޑް ދީފައިވަނީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް.

މިއީ، ފީފާ އިން ދުނިޔޭގެ ގައުމުތަކުގެ މެދުގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، ފީފާ ވޯލްޑް ކަޕް ބާއްވާ 23 ވަނަ ފަހަރެވެ. މީގެ ކުރިން، 18 ގައުމަކުން ވޯލްޑް ކަޕް ހޯސްޓްކޮށްފައިވާއިރު، ފީފާ އިން ވަނީ އެކި ގައުމުތަކުގެ ސަރުކާރާ އެކު، ވޯލްޑް ކަޕްގެ ކަންކަން ހުރިހާ ގައުމަކުން ހަމަހަމަ އުސޫލަކުން ކުރިއަށްގެންދަން ނުހަނު ގިނަ ޒިންމާދާރު މަސައްކަތްތަކެއް ކޮށްފަ އެވެ. އެކަމަކު، މި ފަހަރުގެ ވޯލްޑް ކަޕާ ދިމާކޮށް، ފީފާގެ ގިނަ ނިންމުންތަކަށް ފުޓްބޯޅަ ދުނިޔެ، ހާއްސަކޮށް ސަޕޯޓަރުންގެ ނަފުރަތު އަމާޒުވާ ގިނަ ކަންތައްތަކެއް ވަނީ މިހާތަނަށް ވެސް ހިނގައިފަ އެވެ.

އެ ގޮތުން، މިދިޔަ ޑިސެމްބަރު މަހު، ފީފާ އިން ފުރަތަމަ ފަހަރަށް ދިން ސުލްހަ އަށް މަސައްކަތްކުރާ ފަރާތްތަކަށް ދޭ އަގުވަޒަންކުރުމުގެ އިނާމް، “ޕީސް ޕްރައިޒް، އެވޯޑް” ދިނީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަށެވެ. މިއީ، ފީފާ ލީޑަޝިޕްގެ މަތީ ފަނޑީގެ ފަރާތްތަކުގެ ނިންމުމެކެވެ..

އަނެއް ކޮޅުން ފީފާ އިން ޓްރަމްޕަށް މި އެވޯޑް އެރުވީ ވެސް ވޯލްޑް ކަޕްގެ ހާއްސަ ހަފްލާއެއްގެ ތެރެއިންނެވެ. އެއީ، ދުނިޔޭގެ ހުރިހާ ގައުމެއްގެ ލޯ އަމާޒުވާ ވޯލްޑް ކަޕްގެ ގުރުއަތުލުން ކުރިއަށްދާ ސްޓޭޖު މަތިންނެވެ.

މި މަގާމު ޓްރަމްޕަށް އެރުވުމާ އެކު، އޭނާ ވިދާޅުވީ، މިއީ، ހަޔާތުގައި ވެސް ލިބިގެންދިޔަ އެންމެ ޝަރަފުވެރި އެއް އަގުވަޒަންކުރުމުގެ އިނާމު ކަމަށެވެ.

ޓްރަމްޕް ވިދާޅުވީ، މީގެ އަހަރެއް ކުރިން އެމެރިކާ އަކީ އެހާ މަޝްހޫރު ގައުމެއްގެ ގޮތުގައި ބައެއް ކަަންކަމުގައި ނެތް ކަމުގައި ވިޔަސް މިހާރު އެއީ އެންމެ ތަފާތު ގައުމުގެ ގޮތުގައި ގިނަ ބަޔަކަށް ފެނިގެންދަނީ ސަބަބުތަކެއް ހުރުމުން ކަމަށެވެ.

"އަހަރެމެން ވަރަށް ގިނަ ފުރާނަ ސަލާމަތްކޮށްފިން. މިސާލަކަށް ކޮންގޯ ބަލަމާ، 10 މިލިއަން މީހުން މަރުވި، މިސްރާބު ހުރީ އިތުރު 10 މިލިއަން މީހުން މަރުވުމާ ދިމާލަށް. (އެކަމަކު އެ އަށް ހައްލެއް ހޯދައިދިނިން). ދެން، މިސާލަކަށް ބަލަމާ އިންޑިއާ އާއި ޕާކިސްތާނުން ދިޔައީ ހަނގުރާމަ އަކަށް ތައްޔާރުވަމުން، އަހަރެމެން އެކަން ވެސް ހުއްޓުވިން،" ޓްރަމްޕް ވިދާޅުވި އެެވެ.

ޓްރަމްޕް ވިދާޅުވީ މި އަހަރު އެމެރިކާ އާއި ކެނަޑާ އަދި މެކްސިކޯގައި ބާއްވާ ވޯލްޑް ކަޕްގެ މަސައްކަތް ފުރިހަމަ ކުރުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އިސްވެ ހުންނަވައި ކުރައްވަމުން އަންނަނީ ރެކޯޑް މަސައްކަތެއް ކަމަށެެވެ.

ޕީސް ޕްރައިޒް، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް އެރުވި މައްސަލައިގައި ފީފާގެ ރައީސް، ޖިއާނީ އިންފަންޓީނޯއާ ދެކޮޅަށް ފީފާގެ އެތިކްސް ކޮމިޓީ އަށް މައްސަލަ ވެސް ހުށަހެޅި އެވެ.

އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ޖަމިއްޔާއެއް ކަމަށްވާ ފެއާސްކޮޔާ އިން ފީފާގެ އެތިކްސް ކޮމިޓީ އަށް ހުށަހަޅާފައިވާ މަައްސަލައިގައި ބުނެފައިވަނީ، ފީފާގެ ރައީސް އިންފަންޓީނޯ ވަނީ، ޓްރަމްޕަށް ޕީސް އެވޯޑް އަރުވައި، ފީފާގެ ހަތަރު މާއްދާ އަކާ ހިލާފުވެފައި ކަމަށެވެ.

ފެއާސްކޮޔާ އިން ބުނެފައިވަނީ، ޓްރަމްޕަށް ޕީސް އެވޯޑް ދިނުމަށްޓަކައި، ފީފާގެ ރައީސް އިންފަންޓީނޯ ބޭނުންކުރައްވާފައިވަނީ، ލިބިވަޑައިނުގަންނަވާ ބާރެއް ކަމަށެވެ. އަދި، ޓްރަމްޕަށް ތައުރީފުކުރައްވައި، އެކި ޕްލެޓްފޯމްތަކުގައި އިންފަންޓީނޯ ދައްކަވަމުން އަންނަ ވާހަކަތަކާއި އެމެރިކާ އިން ސުލްހަ އަށް ކުރާ މަސައްކަތާ ގުޅޭ އެއްވެސް ކަމެއް ނެތް ކަމަށް ފެއާސްކޮޔާ އިން ވަނީ ބުނެފަ އެވެ

މި އަހަރުގެ ފީފާ ކޮންގްރެސްއާ ދިމާކޮށް ނޯވޭ ފުޓްބޯލް އެސޯސިއޭޝަންގެ ރައީސް، ލީސް ކްލަވެއިނޭސް ވަނީ ޓްރަމްޕް އަށް ދީފައިވާ ޕީސް ޕްރައިޒް އަތުލަން ގޮވާލައިފަ އެވެ. އަދި، ދުނިޔޭގެ ދުއިސައްތަ އަށް ވުރެން ގިނަ ގައުމު ތަމްސީލްކުރާ ބޮޑު ޖަމިއްޔާ އަކުން ދޭ އެވޯޑެއް، ޓްރަމްޕް ކަހަލަ ލީޑަރަކަށް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ލީސް ވަނީ ވިދާޅުވެފަ އެވެ .

އެމެރިކާގެ ރައީސް ޓްރަމްޕްގެ ލީޑަޝިޕުން މި ފަހަރުގެ ވޯލްޑް ކަޕް ބަލަން އެ ގައުމަށް ދާ ސަޕޯޓަރުންނަށް ކަންކަން ހަމަޖައްސައިދިނުމުގައި އެކި ގައުމުތަކަށް އެކި ގޮތް ހަދަމުން އަންނާތީވެ، އެ ކަމުގެ ޝަކުވާ ވެސް ވަނީ ބޮޑުވެފަ އެވެ. ހާއްސަ ގޮތެއްގައި، ޓްރަމްޕްގެ ސަރުކާރުން އެމެރިކާ އަށް މީހުން އެތެރެވުން މަނާކުރާނެ ގައުމުތަކެއް ކަނޑައަޅައި ލިސްޓެއް ހަދާފައި އޮތުމަކީ ވެސް ފީފާ އިން ޓްރަމްޕަށް ދީފައިވާ ޕީސް އެވޯޑާ ހިލާފު ކަމެއް ކަމަށް ގައުމުތަކުން އަންނަނީ ބުނަމުންނެވެ.

ފީފާ ވޯލްޑް ކަޕްގައި ވާދަކުރާ ބައެއް ގައުމުތަކަށް ކުޑައިމީސްކޮށް ޓްރަމްޕް އަންނަނީ ވާހަކަ ދައްކަވަމުންނެވެ. އަދި، މި މައްސަލައިގައި، ފީފާ އަށް އެކަށޭނެ ފިޔަވަޅެއް ނޭޅޭތީވެ، މި ފަަހަރުގެ ވޯލްޑް ކަޕްގައި ޓްރަމްޕްގެ ސިޔާސީ ނުފޫޒު ފީފާގެ ގިނަ ނިންމުންތަކަށް އަމާޒުވާ ކަމުގެ ތުހުމަތު ވެސް އަަންނަނީ އަމާޒުވަމުންނެވެ

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox