އައްޑޫ އެއާޕޯޓުގެ ބޯޑުން ޒުހައިރުގެ ދަރިފުޅު އަޒާން އިސްތިއުފާ ދެއްވައިފި

Jun 8, 2026, 8:21 PM
އަޒާން

އަޒާން

މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑުގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ޒުހައިރުގެ ދަރިފުޅުނު އަޒާން ޒުހައިރު، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ބޯޑުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ. 

ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑުގެ ޑިރެކްޓަރުގެ މަގާމުން ޒުހޫރު ވަކި ކުރީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ހޮވިވަޑައިގެންނެވި އަބްދުﷲ ސޯދިގު (ސޯބެ) އާއެކު ފޮޓޯއެއް ނެގުމުންނެވެ. ޒުހައިރާއި ސޯބެއަކީ ތިމާގެ ދެ ބޭފުޅުންނެވެ. 

އަޒާން ހުންނެވީ އެއާޕޯޓުގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަގާމުގަ އެވެ. މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަޒާން ވިދާޅުވީ އޭނާ އިސްތިއުފާ ދެއްވީ، ސިޔާސީ ކަމެއްގައި ބައްޕަގެ ވަޒީފާ ގެއްލުވާލުމުން ކަމަށެވެ. 

"މިގޮތަށް ކަންތައް ކުރާ ސަރުކާރެއް އަޅުގަނޑަކަށް ތަމްސީލެއް ނުކުރެވޭނެ،" އަޒާން ވިދާޅުވެފައިވެ އެވެ. 

އެމްޑީޕީގެ ވެރިކަމުގައި ޓްރާސްޕޯޓް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރަކަށް ހުންނެވި ޒުހައިރު އެ މަގާމަށް އައްޔަން ކުރެއްވީ ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި މީހުންނާ އިންޓަވިއު ކުރުމަށް ފަހު އެވެ. ނަމަވެސް، އޭނާ ފުރުއްވަމުން ގެންދެވި ޑިރެކްޓަރުގެ މަގާމު ކުއްލި ގޮތަކަށް އުވާލާފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ. 

މިކަން ޒުހައިރު ވެސް ކަށަވަރުކޮށް ދެއްވި އެވެ. ނަމަވެސް އޭނާ އިތުރު ތަފުސީލެއް ނުދެއްވަ އެވެ. 

ޒުހައިރުގެ ގާތް ފަރާތަކުން މައުލޫމާތު ދިން ގޮތުގައި، އޭނާގެ މަގާމު އުވާލީ ސޯބެއާއެކު ފޮޓޯއެއް ނެގުމާ ގުޅިގެންނެވެ. 

"އެއީ މާލޭގައި ބޭއްވި ކެމްޕޭނު އިވެންޓެއްގެ ތެރެއިން ނެގި ފޮޓޯއެއް. ސޯބެ ކައިވެނިކޮށްގެން އުޅެނީ ޒުހައިރުގެ ކޮއްކޮއަކާ،" އަދަދު ނޫހާ ވާހަކަ ދެއްކި މީހާ ބުންޏެވެ. 

"އޭނާ ވަޒީފާއިން ވަކިކުރެވޭނެ އިތުރު ގާނޫނީ ބަހަނާއެއް ނެތުމުން، ސަރުކާރުން ނިންމީ އޭނާ ހުންނެވި މަގާމު އެއްކޮށް އުވާލުމަށް."

ޒުހައިރަކީ އެއާ މޯލްޑިވްސްގެ ޒަމާނުން ފެށިގެން އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރައްވަމުން ގެންދަވާ، ދާއިރާގެ ފަންނީ އިލްމާއި ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. މީގެ އިތުރުން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމާއި ބޯޑު މެންބަރުކަން ވެސް އޭނާ ވަނީ ފުރުއްވާފަ އެވެ.

މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑަކީ ރައީސް މުހައްމަދު މުއިއްޒު، ގާނޫނުއަސާސީގެ 116 ވަނަ މާއްދާއިން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން މިއަހަރުގެ އެޕްރީލް މަހުގެ 8 ވަނަ ދުވަހު އުފެއްދެވި އިދާރާއެކެވެ. މި އިދާރާ ހިނގަމުންދަނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ދަށުންނެވެ.

މި ބޯޑު އުފެއްދެވުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އެއްގަމާއި، ކަނޑާއި، މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދިމާވާ އެކިއެކި ހާދިސާތަކާއި އެކްސިޑެންޓްތައް މިނިވަންކަމާއެކު ތަހުގީގުކޮށް، ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާކުރުމެވެ. މި ބޯޑުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހާދިސާތައް ދިމާވާ ސަބަބުތައް ދެނެގަތުމާއި، ރައްކާތެރިކަން އިތުރުކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކަށް ފަންނީ ލަފާދިނުމާއި، ދާއިރާގެ ދިރާސާތައް ކުރުން ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox