މޯލްޑިވްސް ޓްރާންސްޕޯޓޭޝަން ސޭފްޓީ ބޯޑު
4 ލިޔުން
ހަބަރުނަޝީދަށް މަރުހަބާ ކިޔަން އެއާޕޯޓަށް ދިޔަ ހަތް މީހަކު ސަސްޕެންޑު
ކުރީގެ ރައީސް ނަޝީދަށް މަރުހަބާ ކިޔަން ދިޔަ ކޫއްޑޫގެ ތިން މުވައްޒަފަކު ވަޒީފާއިން އެކަހެރިކޮށްފައިވާއިރު، ސިޔާސީ ސަބަބުތަކާ ހުރެ މި ހަފުތާގައި ވަޒީފާއިން ވަކިކުރި ނުވަތަ ސަސްޕެންޑުކުރި މީހުންގެ އަދަދު ވަނީ ހަތަކަށް އަރާފައެވެ. މީގެ ތެރޭގައި އިންތިޚާބީ ކާމިޔާބީ ފާހަގަކުރުމާއި ހައްގުތައް ހޯދަން އަޑުއުފުލި މީހުން ހިމެނޭއިރު، ސަރުކާރުން ވަޒީފާގެ ބިރުދައްކަމުންދާ ކަމަށް ބުނެ ސިޔާސީ އިސް ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ.
ހަބަރުއައްޑޫ އެއާޕޯޓުގެ ބޯޑުން ޒުހައިރުގެ ދަރިފުޅު އިސްތިއުފާ ދީފި
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ޗެއާޕާސަން އަޒާން ޒުހައިރު އެ މަގާމުން އިސްތިއުފާ ދެއްވީ، ސިޔާސީ ސަބަބަކާ ހުރެ އޭނާގެ ބައްޕަ އަހުމަދު ޒުހައިރު އަދާކުރައްވަމުން ގެންދެވި ވަޒީފާ ގެއްލުވާލުމާ ގުޅިގެންނެވެ. އަޒާން ވިދާޅުވި ގޮތުގައި މިފަދަ ގޮތަކަށް އަމަލުކުރާ ސަރުކާރެއް ތަމްސީލުކުރަން އޭނާ ބޭނުންފުޅެއް ނުވެއެވެ. ޒުހައިރުގެ މަގާމު އުވާލާފައިވަނީ އިދިކޮޅު ކެންޑިޑޭޓަކާއެކު ފޮޓޯއެއް ނެންގެވި މައްސަލައިގައި ކަމަށް މައުލޫމާތު ލިބެއެވެ.
