އައްޑޫ އެއާޕޯޓުގެ ބޯޑުން ޒުހައިރުގެ ދަރިފުޅު އިސްތިއުފާ ދީފި
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ޗެއާޕާސަން އަޒާން ޒުހައިރު އެ މަގާމުން އިސްތިއުފާ ދެއްވީ، ސިޔާސީ ސަބަބަކާ ހުރެ އޭނާގެ ބައްޕަ އަހުމަދު ޒުހައިރު އަދާކުރައްވަމުން ގެންދެވި ވަޒީފާ ގެއްލުވާލުމާ ގުޅިގެންނެވެ. އަޒާން ވިދާޅުވި ގޮތުގައި މިފަދަ ގޮތަކަށް އަމަލުކުރާ ސަރުކާރެއް ތަމްސީލުކުރަން އޭނާ ބޭނުންފުޅެއް ނުވެއެވެ. ޒުހައިރުގެ މަގާމު އުވާލާފައިވަނީ އިދިކޮޅު ކެންޑިޑޭޓަކާއެކު ފޮޓޯއެއް ނެންގެވި މައްސަލައިގައި ކަމަށް މައުލޫމާތު ލިބެއެވެ.