ޒުބައިރު އަހުމަދު

4 ލިޔުން

އައްޑޫ އެއާޕޯޓުގެ ބޯޑުން ޒުހައިރުގެ ދަރިފުޅު އިސްތިއުފާ ދީފިހަބަރު

އައްޑޫ އެއާޕޯޓުގެ ބޯޑުން ޒުހައިރުގެ ދަރިފުޅު އިސްތިއުފާ ދީފި

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ޗެއާޕާސަން އަޒާން ޒުހައިރު އެ މަގާމުން އިސްތިއުފާ ދެއްވީ، ސިޔާސީ ސަބަބަކާ ހުރެ އޭނާގެ ބައްޕަ އަހުމަދު ޒުހައިރު އަދާކުރައްވަމުން ގެންދެވި ވަޒީފާ ގެއްލުވާލުމާ ގުޅިގެންނެވެ. އަޒާން ވިދާޅުވި ގޮތުގައި މިފަދަ ގޮތަކަށް އަމަލުކުރާ ސަރުކާރެއް ތަމްސީލުކުރަން އޭނާ ބޭނުންފުޅެއް ނުވެއެވެ. ޒުހައިރުގެ މަގާމު އުވާލާފައިވަނީ އިދިކޮޅު ކެންޑިޑޭޓަކާއެކު ފޮޓޯއެއް ނެންގެވި މައްސަލައިގައި ކަމަށް މައުލޫމާތު ލިބެއެވެ.

ސޯބެއާއެކު ފޮޓޯއެއް ނެގުމުން ޒުހައިރުގެ މަގާމު އުވާލައިފިހަބަރު

ސޯބެއާއެކު ފޮޓޯއެއް ނެގުމުން ޒުހައިރުގެ މަގާމު އުވާލައިފި

ޓްރާންސްޕޯޓް ސޭފްޓީ ބޯޑުގެ ޑިރެކްޓަރު އަހުމަދު ޒުހައިރު، އެމްޑީޕީގެ ކެންޑިޑޭޓަކާއެކު ފޮޓޯއެއް ނެންގެވި މައްސަލައިގައި އޭނާ ވަޒީފާއިން ވަކިކުރުމަށްޓަކައި ސަރުކާރުން އެ މަގާމު އުވާލައިފިއެވެ. އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ޒުހައިރު ވަކިކުރަން ބަހަނާއެއް ނެތުމުން މަގާމު އުވާލީ، އޭނާގެ އާއިލީ ބޭފުޅެއް ކަމަށްވާ ސޯބެއާއެކު ކެމްޕޭން އިވެންޓެއްގައި ފޮޓޯ ނެންގެވުމުން ކަމަށް މައުލޫމާތު ލިބެއެވެ.