ޔޫކޭ ޑެޕިއުޓީ ހައި ކޮމިޝަނަރާއި އެންޓި ޓެރަރިޒަމް އިސް އޮފިޝަލެއް ޕޮލިސް ކޮމިޝަނަރާ ބައްދަލުކޮށްފި

Jun 4, 2026, 11:30 AM
ފޮޓޯ: ފުލުހުން

ފޮޓޯ: ފުލުހުން

އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަ ޑެޕިއުޓީ ހައި ކޮމިޝަނަރާއި އެ ގައުމުގެ ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ޔުނިޓުގެ އިސް މެމްބަރަކު ޕޮލިސް ކޮމިޝަނަރު އަހްމަދު މުހައްމަދު (ޓޫފޯ) އާ ބައްދަލުކުރައްވައިފި އެވެ. 

ޑެޕިއުޓީ ހައި ކޮމިޝަނަރު ޓޮފް ވަހާބް އާއި އިނގިރޭސިވިލާތުގެ ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ޔުނިޓުގެ ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ޕްރޮޖެކްޓް އެންޑް ޕްރިޕެއާޑްނަސް އޮފިސަރު މެތިއު ޕޮޓްސްއާ އެކު މި ބައްދަލުވުން އޮތީ އިއްޔެ އެވެ. 

"މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ ތަމްރީނު ދިނުމާއި، ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ގާބިލުކަން އިތުރުކުރުމުގެ އިތުރުން މުއައްސަސާ ތަރައްގީކުރުމުގެ ދާއިރާއިން އިނގިރޭސިވިލާތުން ދިވެހި ފުލުހުންނަށް ދެމުންގެންދާ އެހީތެރިކަން ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން، ފުލުހުން ބުންޏެވެ. 

އިނގިރޭސިވިލާތުން ދިވެހި ފުލުހުންނަށް ކައުންޓާ ޓެރަރިޒަމްގެ ތަމްރީނުތަކެއް ދީފި

ފުލުހުން ބުނީ ޓެރަރިސްޓު ހަމަލާއެއް ރާއްޖެއަށް ދީފި ނަމަ ހުޝިޔާރުވެ ތިބުމަށާއި ފާރަވެރިކަމާއެކު އެފަދަ ހަމަލާއަކަށް ރެސްޕޮންޑު ކުރުމުގެ ހުނަރުތައް އެ ޕްރޮގްރާމުގައި ދަސްކޮށްދީފައިވާ ކަމަށެވެ.

އޭގެ އިތުރުން ފުލުހުންގެ ފަންނީ ހުނަރުތައް ކުރިއެރުވުމާއި، އޮޕަރޭޝަނަލް ތައްޔާރީތައް ވަރުގަދަކުރުމާއި، ފުލުހުންގެ ޚިދުމަތް ތަރައްގީކުރުމަށްޓަކައި ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭ މަޝްވަރާ ކުރެއްވި ކަމަށް ވެސް ފުލުހުން ބުންޏެވެ. 

މީގެ ކުރިން ވެސް އިނގިރޭސިވިލާތުން ވަނީ ފުލުހުންގެ ގާބިލްކަން އިތުރުކުރަން އެހީތެރިވެފަ އެވެ. އެގޮތުން ޓެރަރިޒަމް ހުއްޓުވުމާ ގުޅޭ ހާއްސަ ތަމްރީނެއް މިދިޔަ އަހަރު ދިވެހި ފުލުހުންނަށް އަމާޒުކޮށް ހިންގީ އިނގިރޭސި ސަރުކާރުގެ "އިންޓަނޭޝަނަލް ޕްރޮޓެކްޓް އެންޑް ޕްރިޕެއާ" ޕްރޮގްރާމްގެ ދަށުންނެވެ.

ރާއްޖޭގައި ފާހަގަކޮށްލެވޭ ޓެރަރިޒަމްގެ ދެ ހަމަލާއެއް ދީފައިވެ އެވެ. އެއީ ސެޕްޓެމްބަރު، 2007، ގައި ސަލްޓަންޕާކުގައި ކުޑަ ބޮމެއް ގޮއްވާލައިގެން ދިން ހަމަލާ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މެއި 6، 2021، ގައި ދިން ބޮމުގެ ހަމަލާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox