ޔޫކޭ ޑެޕިއުޓީ ސަފީރާއި އެންޓި ޓެރާ އޮފިޝަލެއް ބައްދަލުކޮށްފި
އިނގިރޭސިވިލާތުގެ ޑެޕިއުޓީ ހައި ކޮމިޝަނަރާއި އެންޓި ޓެރަރިޒަމް އޮފިޝަލަކު، ޕޮލިސް ކޮމިޝަނަރާ ބައްދަލުކުރައްވައި ފުލުހުންގެ ގާބިލުކަން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ފުލުހުންނަށް ބޭނުންވާ ތަމްރީނާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.