ރާއްޖެ މުބާރާތަށް ޕާކިސްތާނުން އެންމެ ވަރުގަދަ ޓީމު ނަގަނީ

ޕާކިސްތާންގެ ކޯޗު ނޮލްބާޓޯ ސޮލާނޯ.

ޕާކިސްތާންގެ ކޯޗު ނޮލްބާޓޯ ސޮލާނޯ.

އަންނަ މަހު މާލޭގައި ބާއްވާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގައި ވާދަކުރަން ބައިނަލްއަގުވާމީ ލެވަލްގައި އެކި ގައުމުުތަކުގައި ކުޅެމުން އަންނަ ޕާކިސްތާނަށް ނިސްބަތްވާ ކުޅުންތެރިން ހިމެނޭހެން އެންމެ ވަރުގަދަ ޓީމެއް އެކުލަވާލުމުގެ މަސައްކަތް ޕާކިސްތާން ފުޓްބޯޅަ ފެޑެރޭޝަން (ޕީއެފްއެފް) އިން ފަށައިފި އެވެ. 

ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި، އަންނަ މަހު، 1-10 އަށް ގަލޮޅު ދަނޑުގައި ކުރިއަށްދާ މުބާރާތުގައި ރާއްޖެ އާއި ޕާކިސްތާންގެ އިތުރުންް ދެން ވާދަކުރަނީ، އަފްގާނިސްތާން އާއި ބަންގްލަދޭޝް އެވެ. ޕާކިސްތާނަށް ދައުވަތު ދިނީ ނޭޕާލް ނުކުޅޭތީ އެވެ. އަފްގާނިސްތާނަށް ފުރުސަތު ދިނީ ސްރީ ލަންކާ އިން އެންމެ ފުރަތަމަ ބައިވެރިވާން ނިންމާފައި ފަހު ވަގުތު ނަން ނެގުމުންނެވެ. 

މިދިޔަ އަހަރު ޕާކިސްތާންގެ 23 އަހަރުން ދަށުގެ ޓީމާއި ސީނިއާ ޓީމުގެ ކޯޗުކަމާ ހަވާލުވި ނިއުކާސަލް ޔުނައިޓެޑްގެ ކުރީގެ މިޑްފީލްޑަރު، ޕެރޫގެ ނޮލްބާޓޯ ސޮލާނޯ އަންނަނީ އެ ގައުމުގެ ފުޓްބޯޅަ ބަދަލުކުރަން އެކި މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުން، ފުޓްބޯޅައިގެ ވަރުގަދަ ގައުމުތަކުގައި ކުޅެމުން އަންނަ ޕާކިސްތާން ދަރިކޮޅަށް ނިސްބަތްވާ ކުޅުންތެރިން ދެނެގަނެ، ޕާކިސްތާންގައި ވަރުގަދަ ފުޓްބޯޅަ ޓީމެއް އެކުލަވާލުމަށް ސޮލާނޯ ކުރި މަސައްކަތުން މިހާތަނަށް ވެސް އެ ގައުމަށް ކުޅެވޭނެ ފެންވަރު ރަނގަޅު ކުޅުންތެރިންތަކެއް ވަނީ ދެނެގަނެފަ އެވެ. 

އެ ގޮތުން، އަންނަ މަހު މާލޭގައި ކުޅޭ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް  މުބާރާތުގައި ވާދަކުރާ ޕާކިސްތާން ޓީމުގައި އެކި ގައުމުތަކުގެ ލީގުތަކުގައި ކުޅޭ، ގާތްގަނޑަކަށް 13 ވަރަކަށް ކުޅުންތެރިން ހިމެނޭނެ ކަމަށް ޕާކިސްތާންގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އޭގެ ތެރޭގައި، އިނގިރޭސި ދެ ވަނަ ޑިވިޝަނާއި ޖަރުމަނާއި ޑެންމާކް އަދި ބެލްޖިއަމްގައި ކުޅޭ ކުޅުންތެރިން ހިމެނެ އެވެ. 

ޕާކިސްތާންގެ ގައުމީ ޓީމު އެންމެ ފަހުން ރާއްޖެ އަތުވެފައިވަނީ، 2023 ވަނަ އަހަރު މާޗް މަހުގައި. ލ. ގަމު ޒޯން ސްޓޭޑިއަމްގައި ކުޅުނު އެކުވެރިކަމުގެ މެޗަކަށެވެ. އެ މެޗުން ރާއްޖެ ވަނީ 1-0 އިން މޮޅުވެފަ އެވެ. އޭގެ ކުރިން، ޕާކިސްތާނުން ވަނީ 2013 ވަނަ އަހަރު ވެސް އެކުވެރިކަމުގެ މެޗުތަކަކަށް ރާއްޖެ އައިސްފަ އެވެ. އަދި، 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް، ރާއްޖެ އާއި ލަންކާގައި ހޯސްޓްކުރިއިރު ވެސް ޕާކިސްތާނުން ވަނީ ރާއްޖެ އަތުވެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox