އެލިސަން ނުލިބިއްޖެނަމަ ޔުވެންޓަސް އިން ޑެހެއާ ގެންނަނީ

May 31, 2026, 9:55 AM
ފިއޮރެންޓީނާ މެޗުގެ ތެރެއިން ޑެހެއާ.

ފިއޮރެންޓީނާ މެޗުގެ ތެރެއިން ޑެހެއާ.

ޓިއުރިން (މެއި 31) - ލިވަޕޫލަށް ކުޅެމުން އަންނަ ބްރެޒިލްގެ ކީޕަރު އެލިސަން ބެކާ ހޯދަން ކުރާ މަސައްކަތުގައި ކާމިޔާބު ނުލިބިއްޖެނަމަ، ފިއޮރެންޓީނާގެ ސްޕެއިންގެ ކީޕަރު، ޑޭވިޑް ޑެހެއާ ގެންނަން ޔުވެންޓަސް އިން ވިސްނަމުން އަންނަ ކަމަށް އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ. 

ޔުވެންޓަސް އިން އުމުރުން 33 އަަހަރުގެ އެލިސަން ގެންދަން އޭނާއާ އެކު އެއްބަސްވުމަކަށް އަތުވެފައިވާ ކަމަށް މީޑިއާގައި ވާހަކަ ދެކެވިފައިވީ ނަމަވެސް، އަންނަ ސީޒަނުގެ ނިޔަލަށް ލިވަޕޫލާ އެކު ކޮންޓްރެކްޓެއް އެބައޮތެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އެލިސަން، އަންނަ ސީޒަނުގައި ވެސް ބަހައްޓަން ލިވަޕޫލުން ވަނީ ނިންމައިފަ އެވެ. އަދި، މިހާރު ލިވަޕޫލްގައި ހުރި ޖޯޖިއާގެ ގޯލްކީޕަރު، ޖިއޯޖީ މަމަޑާޝްވިލީ ލޯނަކަށް ދޫކޮށްލަން އެ ކްލަބުން ވަނީ ނިންމައިފަ އެވެ. 

ވެލެންސިއާ އަށް ކުރިން ކުޅުނު މަމަޑާޝްވިލީ، ޔުވެންޓަސް އަށް ދޭން ލިވަޕޫލުން ތައްޔާރަށް އޮތް ނަމަވެސް، އެ ކްލަބްގެ ވިސްނުމަކީ، އެލިސަން ނުލިބިއްޖެނަމަ، ކުރިން މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު އުމުރުން 35 އަހަރުގެ ޑެހެއާ ގެނައުމެވެ. މީގެ ދެ އަހަރު ކުރިން، ފިއޮރެންޓީނާ އަށް ބަދަލުވުމަށް ފަހު، ޑެހެއާ އަންނަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭގެ ތެރޭގައި، މިދިޔަ ސީޒަނުގެ ފަހުކޮޅުގައި، ޔުވެންޓަސް އަތުން 2-0 އިން ފިއޮރެންޓީނާ މޮޅުވި މެޗު ހިމެނެ އެވެ. 

ޔުވެންޓަސް އަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ގެއްލުނީ ލީގުގެ ފަހު މެޗުތަކުގައި ނަތީޖާތައް ދަށްވުމުންނެވެ. އިޓާލިއަން ލީގުގެ ހަ ވަނައިގައި ނިންމި ޔުވެންޓަސް އިން އަންނަ ސީޒަނުގައި ވާދަކުރާނީ ޔޫރަޕްގެ ދެ ވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތް، ޔޫރޮޕާ ލީގުގަ އެވެ. 

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox