ސާބާ ކޮލިފަޔާސްގައި ރާއްޖޭގެ ޒުވާން ބާސްކެޓްބޯޅަ ޓީމަށް ލޯ މެޑަލް

May 30, 2026, 7:21 AM
ސާބާ 18 އަހަރުން ދަށުގެ ކޮލިފަޔާސްގައި ރާއްޖޭން ވަނީ ލޯ މެޑަލް ހޯދައިފައި.--- ފޮޓޯ: ސާބާ

ސާބާ 18 އަހަރުން ދަށުގެ ކޮލިފަޔާސްގައި ރާއްޖޭން ވަނީ ލޯ މެޑަލް ހޯދައިފައި.--- ފޮޓޯ: ސާބާ

ސްރީ ލަންކާގެ ކޮލަމްބޯގައި ކުރިއަށްދިޔަ ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ)ގެ 18 އަހަރުން ދަށުގެ ކޮލިފަޔާސްގައި ވާދަކުރި ރާއްޖޭގެ ޒުވާން ބާސްކެޓްބޯޅަ ޓީމުން ލޯ މެޑަލް  ހޯދައިފި އެވެ. 

ޖުމްލަ ހަތަރު ގައުމު ވާދަކުރި މި މުބާރާތުގެ ތިން ވަނަ ހޮވި މެޗުން ރާއްޖޭން ވަނީ ބަންގްލަދޭޝްގެ މައްޗަށް ކުރިހޯދައިފަ އެވެ.  ސްރީ ލަންކާގެ މައްޗަށް ކުރިހޯދައި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އިންޑިއާ އެވެ. 

ސުގަތަދާސާ އިންޑޯ ސްޓޭޑިއަމްގައި ކުރިއަށްދިޔަ މި މުބާރާތުގެ ލީގު ބުރުގައި ރާއްޖެ ވަނީ ބަންގްލަދޭޝް އަތުން 88-48 އިން ބަލިވެފަ އެވެ. އަދި، ލީގު ބުރުގައި އިންޑިއާ އަތުން 130-60 އިން ރާއްޖެ ބަލިވިއިރު، ސްރީ ލަންކާ އަތުން ބަލިވީ 132-42 އިންނެވެ. 

އިއްޔެ ކުޅުނު ތިން ވަނަ ހޮވި މެޗުގައި، ރާއްޖޭން ނުކުމެ ބަންގްލަދޭޝް ކައިރީގައި ފުރަތަމަ ކުއާޓަރުން ފެށިގެން ފަހު ކުއާޓަރުގެ ނިޔަަލަށް ވަނީ ވިސްނުންތެރިކަމާ އެކު ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

މި މެޗުގެ، މެޗުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު، ރާއްޖޭން ކުރިީގައި އޮތީ 12-20 ޕޮއިންޓުންނެވެ. އެ ލީޑު ދަމަހައްޓައިގެން ކުރިއަށްދާން މަސައްކަތްކުރިއިރު، ބަންގްލަދޭޝް އިން ދިޔައީ ޗެލެންޖު ދެމުންނެވެ. އެކަމަކު، ހަަތަރު ވަނަ ކުއާޓަރުގައި ވެސް ރާއްޖޭގެ ކޮންޓްރޯލް ގެއްލުނަނުދީ ކުޅުމުގެ ނަތީޖާ އަކަށްވީ، ތިން ޕޮޮއިންޓުގެ ފަަރަގުން މެޗުން މޮޅުވުމެވެ. ރާއްޖެ މޮޅުވީ، 59-62 ޕޮއިންޓުންނެވެ.  މި މެޗުގައި، ރާއްޖޭގެ ޓީމުގެ، އިސްމާއިލް ޒުއިޒް މުހައްމަދު ޒިލާލް 19 ޕޮއިންޓް އެއްކުރި އެވެ. 

މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން އިންޑިއާ އިން ހޯދީ 78-56 އިން ސްރީ ލަންކާ ބަލިކޮށްފަ އެވެ. 

ސާބާ ކޮލިފަޔާސްގެ އަންހެން ޑިވިޝަނުގައި ކުޅުނީ ރާއްޖޭގެ އިތުރުން އިންޑިއާ އާއި ސްރީ ލަންކާ އެވެ. ރާއްޖެ ވަނީ ކުޅުނު ދެ މެޗުން ވެސް ބަލިވެފަ އެވެ. އެއީ، ސްރީ ލަންކާ އަތުން 74-44 އިންނާއި އިންޑިއާ އަތުން 110-24 އިންނެވެ. ރޭ ކުޅުނު ފައިނަލުގައި، ސްރީ ލަންކާ އަތުންް އިންޑިއާ މޮޅުވީ 57-87 އިންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox