މަހުދީ އަޑިން ނެގީ ފުލުހުންގެ ރެސްކިއު ޑައިވް ޓީމަކުން

May 17, 2026, 5:42 PM
އެމްއެންޑީއެފްއިން ހިންގި ރެސްކިޔު އޮޕަރޭޝަނުގެ ތެރެއިން

އެމްއެންޑީއެފްއިން ހިންގި ރެސްކިޔު އޮޕަރޭޝަނުގެ ތެރެއިން

ވާވު އަތޮޅު ދެވަނަ ކަނޑުގެ ވަރަށް ފުނުގައި އޮންނަ ހޮހޮޅައަކަށް ފީނަނިކޮށް ގެއްލުން އިޓަލީ ޓޫރިސްޓުން ހޯދުމުގެ އޮޕަރޭޝަނުގައި އުޅެނިކޮށް ނިޔާވީ ސްޓާފް ސާޖަންޓު މުހައްމަދު މަހުދީ އަޑިން ނެގީ، ސިފައިންނާއެކީ އެ އޮޕަރޭޝަނުގައި ބައިވެރިވި ފުލުހުންގެ ރެސްކިޔު ޑައިވަރުންގެ ޓީމަކުންކަން އެނގިއްޖެ އެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ކޯސްޓުގާޑުގެ އެންމެ ތަޖުރިބާހުރި ޑައިވަރުންގެ ތެރޭގައި ހިމެނޭ މަހުދީ ނިޔާވީ، ސިފައިން ބުނި ގޮތުގައި، އިއްޔެ ފީނަނިކޮށް ހާލު ދެރަވެގެން މާލެ ގެނައި ފަހުންނެވެ. 

މިކަމާ ގުޅިގެން ބައިނަލްއަގުވާމީ މީޑިއާތަކަށް މައުލޫމާތު ދެމުން ސަރުކާރުގެ އިސް ތަރުޖަމާނުު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވީ، މަހުދީ ނެތްކަން އެނގުނީ ފީނަން ދިޔަ ޑައިވަރުންގެ ޓީމު މައްޗަށް އެރި ފަހުންނެވެ.

"މިއަދު، އަށް ރެސްކިއު ޑައިވަރުން މޫދަށް ފޭބި. އެ މީހުން މައްޗަށް އެރިއިރު، މަހުދީ މައްޗަށް ނާރާކަން އެނގުނު،" މުންދުއާ ހަވާލާދީ ބީބީސީގައި ލިޔެފައިވެ އެވެ.

މިލިޓަރީ ޑައިވަރުން މައްޗަށް އެރީ ފުނުގައި ތިބިފައި ކަމުން މަހުދީ ބަލާ އެ ޑައިވަރުންނަކަށް ދެވޭނެ ގޮތެއް ނެތެވެ. އަދި، މަހުދީ އަޑިން ނެގީ، އޭރު އެ އޮޕަރޭޝަނުގައި ބައިވެރިވާން ގޮސް ތިބި ހަތަރު ފުލުހުންގެ ޓީމަކުން ފީނާފައި ގޮހެވެ. މިކަން މުންދު ވެސް ވަނީ އަދަދު ނޫހަށް ކަށަވަރުކޮށްދެއްވާފަ އެވެ.

މަހުދީ ނިޔާވީ ފަހުން ހޮހޮޅަ ތެރޭގައި ތާށިވެފަ ތިބި ކަމަށް ބެލެވާ އިޓަލީގެ ހަތަރު ޓޫރިސްޓުން ހޯދަން ހިންގާ އޮޕަރޭޝަން ވަނީ މެދުކަނޑާލާފަ އެވެ. 

އޮޕަރޭޝަން އަލުން ފަށަނީ ކޮން އިރަކުންތޯ ސުވާލުކުރުމުން މުންދު ވިދާޅުވީ، މިއަދު ރާއްޖެ އައި ފިންލެންޑުގެ ތަޖުރިބާކާރު ޑައިވަރުންގެ ޓީމާއި ސިފައިންނާ އޮޕަރޭޝަން ކުރިއަށް ގެންދާނެ ގޮތް ރާވަމުންދާ ކަމަށެވެ. 

މި ފިންލެންޑުގެ ތަޖުރިބާކާރުންގެ ޓީމަކީ މީގެ ކުރިން ވެސް ކޭވް ޑައިވް ރެސްކިޔު އޮޕަރޭޝަންތަކުގައި ބައިވެރިވެފައިވާ، މި ދާއިރާގައި އެންމެ ފުންނާބު އުސް މީހުންނެވެ. މިއީ އިޓަލީ ސަރުކާރުން މެދުވެރިވެގެން ފޮނުވި ޓީމެކެވެ.

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox