މަހުދީ ނިޔާވިތާ މަސްދުވަސް، ތަހުގީގުގެ އަޕްޑޭޓެއް ފުލުހުން ނުދިން

މަހުދީ

މަހުދީ

ވާވު އަތޮޅު ދެވަނަ ކަނޑު ހޮހޮޅައަށް ފީނަން ގޮސް އުޅެނިކޮށް ތާށިވީ އިޓަލީގެ ޓޫރިސްޓުންގެ ހަށިގަނޑުގެ ރިކަވަރީ އޮޕަރޭަޝަނުގައި އުޅެނިކޮށް ނިޔާވި ސިފައިންގެ ސާޖަންޓު މުހައްމަދު މަހުދީގެ ފުރާނަގެއްލުނު ހާދިސާ ތަހުގީގުގެ އަޕްޑޭޓެއް ނުދީ ފުލުހުން ހަނުތިބެއްޖެ އެވެ.

ރަސްމީ އިދާރާތަކުން ބުނެފައި ވަނީ މަހުދީ ނިޔާވީ އޭނާ އާއި ސިފައިންގެ ހަތް ޑައިވަރަކު ހޮހޮޅައަށް ކުރި ޑައިވަކަށް ފަހު މައްޗަށް އެރިއިރު އޭނާ ނެތްކަން އެނގުމުން، ފުލުހުންގެ ޑައިވަރުންގެ ޓީމަކުން އަޑިއަށް ގޮސް ނެގިއިރު ހާލުދެރަވެގެން ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަމަށެވެ.

ނަމަވެސް އެ ހާދިސާ ހިނގައިިދިޔައީ އެހެން ނޫން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ގިނަ ވާހަކަތަކެއް ވަނީ ދައުރުވެފަ އެވެ. ގިނަ ބަޔަކު އެ ކަމުގައި އުފެއްދި ސުވާލަކީ މަހުދީ ވެސް ދިޔައީ ޑައިވިންގައި ކޮންމެހެން އަމަލުކުރަން ޖެހޭ ބަޑީ އުސޫލު ބުނާ ގޮތުން އެހެން ޑައިވަރަކާ އެކީ ކަމަށް ބުނާއިރު މައްޗަށް އެރިފަހުން ނެތް ކަން އެނގުނީ ކިހިނެއްތޯ އެވެ. 

ރިކަވަރީ އޮޕަރޭޝަނުގައި އުޅެނިކޮށް މަހުދީ ނިޔާވި ގޮތް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި

މި ހާދިސާގައި ސަލާމަތީ ކަންކަމާއި ސިފައިންގެ ތަމްރީނުތަކާ ގުޅޭގޮތުން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު، މަހުދީ ނިޔާވީ ޑައިވް ނިންމާފައި މައްޗަށް އެރިއިރު އޭނާ ނެތްކަން އެނގިގެން ހޯދައި ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަމަށް ބުނާ ވާހަކަތައް ދެކޮޅު ނުޖެހޭ

އެ މައްސަލައިގައި ކަން ހިނގައިދިޔަ ގޮތް ބެލުމަށް ތަހުގީގެއް ހިންގަން ފެށި ކަމަށް ފުލުހުން ބުނީ މެއި 20 ގަ އެވެ. ނަމަވެސް، އެ ހާދިސާއަށް މަސްދުވަސް ފާއިތުވެގެންދިޔައިރު، މިއަދާ ހަމައަށް އެކަމުގެ އެއްވެސް އަޕްޑޭޓެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

އެ ތަހުގީގާ ބެހޭގޮތުން އިއްޔެ ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކަމުގެ މައުލޫމާތު ހޯދުމަށްފަހު ހިއްސާ ކުރާނެ ކަމަށެވެ. ނަމަވެސް، އޭގެފަހުން، މިއަދު މި ހަބަރު ޝާއިއު ކުރުމާ ހަމައަށް ވެސް ފުލުހުންގެ ފަރާތުން އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ.

މަހުދީ ނިޔާވާން މެދުވެރިވީ ހާދިސާއާ ގުޅިގެން ސަރުކާރާއި މި އޮޕަރޭޝަން ކުރިއަށް ގެންދަން ހުއްދަ ދިން ސިފައިން ކޮމާންޑަށް އަމާޒުވާ އެންމެ ބޮޑު ފާޑުކިޔުމަކީ އެކަށީގެންވާ ތަމްރީނާއި ވަސީލަތްތައް ނެތި ރިކަވަރީ އޮޕަރޭޝަން ކުރިއަށް ގެންދަން ނިންމި ސަބަބަކާ ގުޅިގެންނެވެ. 

މަހުދީ ނިޔާވި ޑައިވުގައި ވީގޮތް އެހާ ފަސޭހައިން ވަޅުލެވޭކަށް ނެތް!

ވާވު އަތޮޅުގައި ގެއްލުނު އިޓަލީގެ ޑައިވަރުންގެ މަރުގެ މައްސަލަ ބައިނަލްއަގުވާމީ ފެންވަރުގައި ތަހުގީގު ކުރަމުންދާއިރު އެ މީހުން ހޯދުމުގެ އޮޕަރޭޝަނުގައި އުޅުނު ދިވެހި ސިފައިންގެ މީހާ، މުހައްމަދު މަހުދީ ނިޔާވި ހާދިސާގެ ހަގީގަތެއް ނޭނގޭ. މަހުދީ ނިޔާވި ގޮތުގެ ތަފްސީލު ހާމަނުކޮށް، އޮޓޮޕްސީއެއް ވެސް ނުހަދައި އޭނާ ވަޅުލާފައިވާތީ ގިނަ ސުވާލުތަކެއް އުފެދޭ.

މި ގޮތަށް މި ވާހަކަތައް ދެކެވުނީ، މި ހާދިސާ ހިނގުމުގެ ކުރިން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ކޮމާންޑާންޓް މުހައްމަދު ސަލީމް ލައިވް ޓީވީގައި، ސިފައިން ތަމްރީނުތައް ހަދާފައި ވަނީ 50 މީޓަރު ފުނަށް ދާން ކަަމަށް ވިދާޅުވެފައި އޮތުމުންނެވެ.

ނަމަވެސް ހާދިސާ ހިނގި ފަހުން ސަލީމް ވަނީ އޭރު އެހެން ވިދާޅުވި ނަމަވެސް، ސިފައިންނަކީ ނޯމަލް ކޮމްޕްރެސްޑް އެއާގައި 50 މީޓަރަށް ވުރެ ފުނަށް ފީނުމުގެ ގާބިލުކަން ލިބިފައިވާ ބަޔެއް ކަމަށް ބުނެ އޭރު ދެއްކެވި ވާހަކަތައް ބަދަލުކުރައްވާފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox