އަދަދުގެ ޝަހުޒާން ކޯޓު އަމުރާ ހިލާފުވި ކަމަށް މުއިއްޒު "ހުކުމް" ކުރައްވައިފި

މުހައްމަދު މުއިއްޒު: ކްރިމިނަލް ކޯޓުން ނެރެފައިވާ ގެގް އޯޑަރާ އަދަދު ނޫހުގެ މުހައްމަދު ޝަހުޒާން ހިލާފުވެފައިވާ ކަމަށް އެމަނިކުފާނު ވަނީ ހުކުމް ކުރައްވާފައި

މުހައްމަދު މުއިއްޒު: ކްރިމިނަލް ކޯޓުން ނެރެފައިވާ ގެގް އޯޑަރާ އަދަދު ނޫހުގެ މުހައްމަދު ޝަހުޒާން ހިލާފުވެފައިވާ ކަމަށް އެމަނިކުފާނު ވަނީ ހުކުމް ކުރައްވާފައި

ރައީސް މުހައްމަދު މުއިއްޒުއަށް ޖިންސީ ކުށުގެ ތުހުމަތުތަކެއް ކުރާތީ އެކަމާ ގުޅުވާ،  އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ސުވާލު ކުރުމުން، ކްރިމިނަލް ކޯޓުން ނެެރެފައިވާ ގެގް އޯޑަރާ އޭނާ ހިލާފުވެފައިވާ ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެ އެވެ. 

ޝަހުޒާން ކުރި ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި މުއިއްޒު ވިދާޅުވީ، އެމަނިކުފާނަށް ތުހުމަތު ކުރާ މީހާގެ ބަސް ހިމަނައިގެން އަދަދު ނޫހުން ގެނެސްދިން ޑޮކިއުމެންޓަރީ އާއި ޑޮކިއުމެންޓަރީގެ ވާހަކަ ދެއްކުން މަނާކޮށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރާ ޝަހުޒާން ހިލާފުވެފައިވާ ކަމަށެވެ. 

"މިހާރު ކޯޓުން އެ އޮތީ ގެގް އޯޑާއެއް ނެރެފަ. ޝަހުޒާން ތިވަނީ މިހާރު ކޯޓު އަމުރާ ހިލާފުވެފައި. އެހެންވީމާ އަޅުގަނޑު އެދެނީ ޝަހުޒާން މި މާލަން ދޫކޮށް ވަޑައިގަންނަވަން. ކަނޑައެޅިގެން ދޮގު ވާހަކައެއް، ދޮގު ތުހުމަތެއް އަޅުގަނޑުގެ ބޮލުގައި ތި އަޅުވަނީ،" މުއިއްޒު ވިދާޅުވި އެވެ. 

މުއިއްޒު އެހެން ވިދާޅުވުމުން ވެސް ޝަހުޒާން ވަނީ އިތުރު ސުވާލުތަކެއްކޮށްފަ އެވެ. އެކަމަކު އެ ސުވާލުތަކަށް ވެސް މުއިއްޒު ޖަވާބެއް ނުދެއްވަ އެވެ. 

"ކަނޑައެޅިގެން ދޮގު ތުހުމަތު އަޅުގަނޑުގެ ބޮލުގައި ތި އަޅުވަނީ. ތިއީ އެއްގޮތަކަށް ވެސް އަޅުގަނޑު ބަލައިގަންނަ ކަމެއް ނޫން. މި މާލަމަކުއެއް ކޯޓު އަމުރަކާ ހިލާފަކަށް ކަންކަމެއް ނުކުރެވޭނެ. ރޫލް އޮފް ލޯ ރައީސް އޮފީހުގެ ތެރޭގައި ހިފެހެއްޓޭނެ،" މުއިއްޒު ވިދާޅުވި އެވެ. 

"އައިޝާ" ޑޮކިއުމެންޓަރީ އާއި އޭގެ ވާހަކަ ދެއްކުން ކްރިމިނަލް ކޯޓުން މަނާ ކުރީ، އެ ޑޮކިއުމެންޓަރީގެ މައްސަލައިގައި އަދަދު ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފުކުރުމުގެ ދައުވާ ދައުލަތުން އުފުލުމުންނެވެ. އެ މައްސަލައިގެ ޝަރީއަތް ކުރިއަށްގެންދަން ކޯޓުން ނިންމާފައި ވަނީ ސިއްރުކޮށްގެންނެވެ. 

އެ މައްސަލައިގައި ކޯޓުން އަމުރު ނެރުނީ އެންމެހާ ރައްޔިތުން އެއަށް އަމަލު ކުރުން ލާޒިމުވާ ގޮތަށެވެ. އަދި އެ އަމުރު ވަނީ ސިޔާސީ ޕާޓީތަކާއި މީޑިއާތަކަށް ވެސް ފޮނުވައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސިނާނު އައްޔަނުކޮށްފި

މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެގްރޯނެޓުގެ އެމްޑީގެ މަގާމަށް ސިނާން އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ދީދީ ވަކިކުރުމާ ގުޅިގެންނެވެ.

އުތުރުގެ ރަށެއްގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭތީ، މި ހާދިސާ ހިނގި ރަށާއި އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ދިވެއްސަކު މަރުވި އެކްސިޑެންޓުގަ ކާރު ދުއްވި މީހާ މެތަށް ޕޮޒިޓިވް

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އުމުރުން 21 އަހަރުގެ ދިވެހި ދަރިވަރަކު މަރުވެފައިވާއިރު، އޭނާ އިން ކާރު ދުއްވި ޑްރައިވަރު ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. މި ހާދިސާއާ ގުޅިގެން 37 އަހަރުގެ ޑްރައިވަރު ހައްޔަރުކޮށްފައިވާއިރު، އެކްސިޑެންޓުވި ކާރުގައި ދެން އިން ފަސިންޖަރަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޑޭޓާ ހަބަކަށްވުމުގެ ފުރުސަތު ސަރުކާރުން ގެއްލުވާލައިފި: ފައްޔާޒް

މި މަޝްރޫއު ހުއްޓުނީ ކޭބަލް އޮޕަރޭޝަނަލައިޒް ކުރަން ބޭނުންވާ ފައިސާ މި ސަރުކާރަށް ހަމަޖައްސައިނުދެވުމުން ކަމަށާއި، މީގެ ސަބަބުން އިންޓަނެޓްގެ އަގު ހެޔޮކުރުމަށް އޮތް ދޮރު ބަންދުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫގެ ޑްރަގު ލޯޑު، އަބުޗާ ޕެރޯލް ބޯޑުން ދޫކޮށްލައިފި

98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި 25 އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ އިބްރާހިމް (އަބުޗާ)، ގާނޫނާ ހިލާފަށް ޕެރޯލް ބޯޑުން ދޫކޮށްލައިފިއެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން އޭނާއަށް ޕެރޯލްގެ ފުރުސަތު ލިބެންޖެހެނީ ހުކުމުގެ ދެބައިކުޅަ އެއްބައި ކަމަށްވާ 12 އަހަރާއި ބައި ފުރިހަމަކުރުމުން ކަމަށްވިޔަސް، އޭނާ ދޫކޮށްލާފައިވަނީ އެ މުއްދަތު ހަމަނުވަނީހެވެ.

މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކުރީގެ ނައިބު ރައީސް އަދީބުގެ މަސްލަހަތު އޮތް މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. އެ ކުންފުންޏަށް އެސްއޯއެފް މެދުވެރިކޮށް 150,000 ޑޮލަރު ލިބިފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމަށްވެސް އޭސީސީން ވަނީ އެދިފައެވެ.

އައްޑޫ ހޮސްޕިޓަލުން އަގު ބޮޑުކޮށް ތަކެތި ގަތުމުން ބޮޑު ގެއްލުމެއް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގަތުމުގައި ބަލްކް ޑިސްކައުންޓް ނުލިބޭ ގޮތަށް ވަކިވަކި ޔުނިޓް އަގުގައި ތަކެތި ގަތުމާއި، ބީލަންތައް އިވެލުއޭޓް ކުރުމުގައި ގެންގުޅުނު ނުރަނގަޅު އުސޫލުތަކުގެ ސަބަބުން މިލިއަނުން ގެއްލުންވެފައިވާކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކޮށްފައިވޭ.

Newsletter

Get the latest news delivered straight to your inbox