ތުހުމަތުތަކާ ގުޅޭ ގޮތުން ސުވާލު ކުރުމުން މުއިއްޒު އަންގަވައިގެން އަދަދުގެ ޝަހުޒާން ނޫސްވެރިންގެ ބައްދަލުވުމުން ބޭރުކޮށްލައިފި

May 11, 2026, 11:17 AM
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޝަހުޒާން ބޭރުކުރަނީ: މުއިއްޒު ވިދާޅުވީ ޝަހުޒާން ކޯޓު ނެރުނު ގޭގް އޯޑަރާ ހިލާފުވެފައިވާ ކަމަށް -- ފޮޓޯ: ވީޑިއޯ ސްކްރީންޝޮޓް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޝަހުޒާން ބޭރުކުރަނީ: މުއިއްޒު ވިދާޅުވީ ޝަހުޒާން ކޯޓު ނެރުނު ގޭގް އޯޑަރާ ހިލާފުވެފައިވާ ކަމަށް -- ފޮޓޯ: ވީޑިއޯ ސްކްރީންޝޮޓް

ރައީސް މުހައްމަދު މުއިއްޒަށް ޖިންސީ ކުށުގެ ތުހުމަތުތަކެއް އަމާޒުވެފައިވާތީ އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުން ބޭރުކޮށްލައިފި އެވެ. 

މުއިއްޒުގެ ނޫސްވެރިންގެ ބައްދަލުވުމުން ޝަހުޒާން ނެރެލީ ރައީސް އޮފީހުގެ ސެކިއުރިޓީ ބަލަހައްޓާ ސިފައިންގެ އޮފިސަރުން ބޭނުންކޮށްގެންނެވެ. އެ މާލަމުން ޝަހުޒާން ބޭރުކޮށްލަން އެންގެވީ ސީދާ މުއިއްޒު އެވެ. ޝަހުޒާން ކުރި ސުވާލުގައި އޭނާ އެހީ، ރައީސްއަށް ތުހުމަތު ކުރާ މީހާގެ ފޯނަށް ދަންވަރާއި ފަތިހުގެ ވަގުތުތައް ހިމެނޭ ގޮތަށް އެކި ވަގުތުތަކުގައި ގިނަ ފަހަރު ގުޅުއްވީ ކީއްވެގެންތޯ އެވެ. 

ނޫސްވެރިޔާގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި މުއިއްޒު ވިދާޅުވީ، އެމަނިކުފާނަށް ތުހުމަތު ކުރާ މީހާގެ ބަސް ހިމަނައިގެން އަދަދު ނޫހުން ގެނެސްދިން ޑޮކިއުމެންޓަރީ އާއި ޑޮކިއުމެންޓަރީގެ ވާހަކަ ދެއްކުން މަނާކޮށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރާ ޝަހުޒާން ހިލާފުވެފައިވާ ކަމަށެވެ. 

Advertisement

"މިހާރު ކޯޓުން އެ އޮތީ ގެގް އޯޑާއެއް ނެރެފަ. ޝަހުޒާން ތިވަނީ މިހާރު ކޯޓު އަމުރާ ހިލާފުވެފައި. އެހެންވީމާ އަޅުގަނޑު އެދެނީ ޝަހުޒާން މި މާލަން ދޫކޮށް ވަޑައިގަންނަވަން. ކަނޑައެޅިގެން ދޮގު ވާހަކައެއް، ދޮގު ތުހުމަތެއް އަޅުގަނޑުގެ ބޮލުގައި ތި އަޅުވަނީ،" މުއިއްޒު ވިދާޅުވި އެވެ. 

ރައީސް އެހެން ވިދާޅުވުމުން ވެސް ޝަހުޒާން ވަނީ އިތުރު ސުވާލުތަކެއްކޮށްފަ އެވެ. އެކަމަކު އެ ސުވާލުތަކަށް ވެސް މުއިއްޒު ޖަވާބެއް ނުދެއްވަ އެވެ. 

"ކަނޑައެޅިގެން ދޮގު ތުހުމަތު އަޅުގަނޑުގެ ބޮލުގައި ތި އަޅުވަނީ. ތިއީ އެއްގޮތަކަށް ވެސް އަޅުގަނޑު ބަލައިގަންނަ ކަމެއް ނޫން. މި މާލަމަކުއެއް ކޯޓު އަމުރަކާ ހިލާފަކަށް ކަންކަމެއް ނުކުރެވޭނެ. ރޫލް އޮފް ލޯ ރައީސް އޮފީހުގެ ތެރޭގައި ހިފެހެއްޓޭނެ،" މުއިއްޒު ވިދާޅުވި އެވެ. 

"އައިޝާ" ޑޮކިއުމެންޓަރީ އާއި އޭގެ ވާހަކަ ދެއްކުން ކްރިމިނަލް ކޯޓުން މަނާ ކުރީ، އެ ޑޮކިއުމެންޓަރީގެ މައްސަލައިގައި އަދަދު ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފުކުރުމުގެ ދައުވާ ދައުލަތުން އުފުލުމުންނެވެ. އެ މައްސަލައިގެ ޝަރީއަތް ކުރިއަށްގެންދަން ކޯޓުން ނިންމާފައި ވަނީ ސިއްރުކޮށްގެންނެވެ. 

އެ މައްސަލައިގައި ކޯޓުން އަމުރު ނެރުނީ އެންމެހާ ރައްޔިތުން އެއަށް އަމަލު ކުރުން ލާޒިމުވާ ގޮތަށެވެ. އަދި އެ އަމުރު ވަނީ ސިޔާސީ ޕާޓީތަކާއި މީޑިއާތަކަށް ވެސް ފޮނުވައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގަތުލުއާންމު ކުށަކަށް ހަދަނީ "ނުކުތާތަކަށް އަސަރުކޮށްފާނެތީ"

މިއީ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން ރާއްޖެއިން އަދާކުރަންޖެހޭ ޒިންމާއެއް ކަމަށާއި، މި ބިލުގެ ސަބަބުން ފަލަސްތީނާއި ރޮހިންޔާ މުސްލިމުންގެ ދިފާއުގައި ރާއްޖެއިން ކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް އުޝާމް ފާހަގަކުރެއްވި. ސަރުކާރުން މި ބިލު ހުށަހަޅާފައި މި ވަނީ މައްސަލައިގައި ތަދައްހުލުވާން ހުށަހެޅިތާ ދެ އަހަރު ފަހުން.

"ރަސްމާލެ އަދި ނ. އަތޮޅު ޓައުންޝިޕް މަޝްރޫއު ހުއްޓާލަން ޖެހޭ"

ރަސްމާލެ މަޝްރޫއާއި ނ. އަތޮޅުގައި ހިންގާ ޓައުންޝިޕް މަޝްރޫއަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެ، އެ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް މެންބަރު ޑރ. އަހްމަދު ޝަމްހީދު ގޮވާލައްވައިފިއެވެ. ރަސްމާލެ އެއްބަސްވުން ހާމަކުރަން ހުށަހެޅި ގަރާރަށް ބަހުސްކުރައްވަމުން ޝަމްހީދު ވިދާޅުވީ، ދައުލަތުގެ ބޮޑު ހޭދައަކުން ހިއްކާ ބިންތައް ބޭރުގެ ފަރާތްތަކަށް ހިލޭ ދިނުމާއި ރެޒިޑެންސީ ވިސާ ދޫކުރުމަކީ ބޮޑު ގޯހެއް ކަމަށެވެ.

ގާނޫނުލްއުގޫބާތު ބަދަލުކުރާ ބިލު އެޖެންޑާއިން ނަގައިފި

ގައުމަށް ގައްދާރުވުމާއި އިގްތިސާދަށް ގެއްލުންދިނުން ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް ހުށަހެޅި ބިލު، ރައްޔިތުންގެ މަޖިލީހުގެ އެޖެންޑާއިން ކުއްލި ގޮތަކަށް ވަނީ އުނިކޮށްފަ. މި ބިލުގައި ހުރި ބައެއް މާއްދާތަކުގެ ސަބަބުން ސަރުކާރުގެ މަޝްރޫއުތަކާ ދެކޮޅަށް އަޑުއުފުލާ ސިޔާސީ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ލިބުމުގެ ބިރު އޮތްކަން ފާހަގަކުރެވޭ.

ޖުމްހޫރީ ދުވަހުގެ ޖަލްސާ ފަސްކޮށްފި

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ އަންނަ މަހުގެ 19 އަށް ސަރުކާރުން ފަސްކޮށްފި. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ މި ޖަލްސާގައި، ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމުތައް ދޭން ވަނީ ހަމަޖެހިފަ.

ސަރުކާރުން އަބަދު ކުރާ ކަމަކީ އުނބަށް ޖެހުން: ޒިޔާދު

ޓެކްސް ގާނޫނަށް ގެންނަ ބަދަލުތަކާ ޒިޔާދު (ފިއްޓޭ) ވިދާޅުވީ، ސަރުކާރުން ގާނޫނުތަކަށް ތާއަބަދު ބަދަލު ގެނައުމަކީ "އުނބަށް ޖެހުން" ކަމަށް. އަދި، މަޖިލިސް މެންބަރުން ސަރުކާރުން އަންގާ ގޮތަށް އަމަލުކުރަމުންދާތީ، ގައުމުގެ ހަގީގީ މައްސަލަތަކަށް ހައްލު ނުލިބި ރައްޔިތުންނާއި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

ރަސްމާލެ ޑީލާ ގުޅިގެން ރިފަރެންޑަމަކަށް ދާކަށް ނުޖެހޭ: އައިބީ

ރަސްމާލެ މަޝްރޫއުގެ ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ނުޖެހޭނެ ކަމަށް މެންބަރު އައިބީ ވިދާޅުވި. އިދިކޮޅު މެންބަރުންނާއި ކުރީގެ ރައީސް ޔާމީން މިކަމުގައި ރެފަރެންޑަމަކަށް ދާން ގޮވާލެއްވި ނަމަވެސް، ސަރުކާރުން ދަނީ މި މަޝްރޫއަށް ބޭނުންވާ ގާނޫނީ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން.

ވިލުފުށީ ހައުސިންއަށް ލިބުނު ޕޮއިންޓްތައް ފެންނާނީ ޕޯޓަލްއިން

ތ. ވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލީ މީހުންނަށް ލިބުނު ޕޮއިންޓް "ހިޔާވެހި" ޕޯޓަލް މެދުވެރިކޮށް މިހާރު ބަލައިލެވޭނެ. ޕޮއިންޓް ދީފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ، އަންނަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox