ނޫސްވެރިންގެ ބައްދަލުވުން ނިމުނު ގޮތަށް މުއިއްޒު ސިފައިންގެ މައި މަރުކަޒަށް

May 11, 2026, 12:28 PM
މުއިއްޒު ސިފައިންގޭގައި: އަމާޒުވެފައިވާ ޖިންސީ ކުށުގެ ތުހުމަތުތަކަށް ޖަވާބެއް ނުދެއްވި -- ފޮޓޯ: ރައީސް އޮފީސް

މުއިއްޒު ސިފައިންގޭގައި: އަމާޒުވެފައިވާ ޖިންސީ ކުށުގެ ތުހުމަތުތަކަށް ޖަވާބެއް ނުދެއްވި -- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ނިމުނު ގޮތަށް ރައީސް މުހައްމަދު މުއިއްޒު ސިފައިންގެ މައި މަރުކަޒު، ބަންޑާރަކޮށްޓަށް ވަދެވަޑައިގެންފި އެވެ. 

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދަދު ނޫހުގެ މުހައްމަދު ޝަހުޒާން ސުވާލެއް ކުރުމުން މުއިއްޒު ވަނީ ކޯފާވެވަޑައިގެން އެ ބައްދަލުވުމުން ނޫސްވެރިޔާ ބޭރުކޮށްލައިފަ އެވެ. 

މުއިއްޒު ބަންޑާރަކޮށްޓަށް ވަދެވަޑައިގެންނެވި މަންޒަރު ފެނުނު މީހަކު މި ނޫހަށް އެކަން ކަށަވަރުކޮށްދިނެވެ. ނަމަވެސް އެމަނިކުފާނު ސިފައިންގެ މައި މަރުކަޒަށް ވަޑައިގެންނެވި ސަބަބެއް އަދި ނޭނގެ އެވެ. ރައީސްގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފްއާ އެކަމާ ގުޅޭ ގޮތުން ސުވާލު ކުރި ނަމަވެސް އޭނާ ޖަވާބެއް ނުދެއްވަ އެވެ.

ޝަހުޒާން ކުރި ސުވާލުގައި އޭނާ އެހީ، ރައީސްއަށް ތުހުމަތު ކުރާ މީހާގެ ފޯނަށް ދަންވަރާއި ފަތިހުގެ ވަގުތުތައް ހިމެނޭ ގޮތަށް އެކި ވަގުތުތަކުގައި ގިނަ ފަހަރު ގުޅުއްވީ ކީއްވެގެންތޯ އެވެ.

ނޫސްވެރިޔާގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި މުއިއްޒު ވިދާޅުވީ، އެމަނިކުފާނަށް ތުހުމަތު ކުރާ މީހާގެ ބަސް ހިމަނައިގެން އަދަދު ނޫހުން ގެނެސްދިން ޑޮކިއުމެންޓަރީ އާއި ޑޮކިއުމެންޓަރީގެ ވާހަކަ ދެއްކުން މަނާކޮށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރާ ޝަހުޒާން ހިލާފުވެފައިވާ ކަމަށެވެ. 

"މިހާރު ކޯޓުން އެ އޮތީ ގެގް އޯޑާއެއް ނެރެފަ. ޝަހުޒާން ތިވަނީ މިހާރު ކޯޓު އަމުރާ ހިލާފުވެފައި. އެހެންވީމާ އަޅުގަނޑު އެދެނީ ޝަހުޒާން މި މާލަން ދޫކޮށް ވަޑައިގަންނަވަން. ކަނޑައެޅިގެން ދޮގު ވާހަކައެއް، ދޮގު ތުހުމަތެއް އަޅުގަނޑުގެ ބޮލުގައި ތި އަޅުވަނީ،" މުއިއްޒު ވިދާޅުވި އެވެ. 

ރައީސް އެހެން ވިދާޅުވުމުން ވެސް ޝަހުޒާން ވަނީ އިތުރު ސުވާލުތަކެއްކޮށްފަ އެވެ. އެކަމަކު އެ ސުވާލުތަކަށް ވެސް މުއިއްޒު ޖަވާބެއް ނުދެއްވަ އެވެ. 

"ކަނޑައެޅިގެން ދޮގު ތުހުމަތު އަޅުގަނޑުގެ ބޮލުގައި ތި އަޅުވަނީ. ތިއީ އެއްގޮތަކަށް ވެސް އަޅުގަނޑު ބަލައިގަންނަ ކަމެއް ނޫން. މި މާލަމަކުއެއް ކޯޓު އަމުރަކާ ހިލާފަކަށް ކަންކަމެއް ނުކުރެވޭނެ. ރޫލް އޮފް ލޯ ރައީސް އޮފީހުގެ ތެރޭގައި ހިފެހެއްޓޭނެ،" މުއިއްޒު ވިދާޅުވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސިނާނު އައްޔަނުކޮށްފި

މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެގްރޯނެޓުގެ އެމްޑީގެ މަގާމަށް ސިނާން އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ދީދީ ވަކިކުރުމާ ގުޅިގެންނެވެ.

އުތުރުގެ ރަށެއްގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭތީ، މި ހާދިސާ ހިނގި ރަށާއި އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ދިވެއްސަކު މަރުވި އެކްސިޑެންޓުގަ ކާރު ދުއްވި މީހާ މެތަށް ޕޮޒިޓިވް

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އުމުރުން 21 އަހަރުގެ ދިވެހި ދަރިވަރަކު މަރުވެފައިވާއިރު، އޭނާ އިން ކާރު ދުއްވި ޑްރައިވަރު ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. މި ހާދިސާއާ ގުޅިގެން 37 އަހަރުގެ ޑްރައިވަރު ހައްޔަރުކޮށްފައިވާއިރު، އެކްސިޑެންޓުވި ކާރުގައި ދެން އިން ފަސިންޖަރަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޑޭޓާ ހަބަކަށްވުމުގެ ފުރުސަތު ސަރުކާރުން ގެއްލުވާލައިފި: ފައްޔާޒް

މި މަޝްރޫއު ހުއްޓުނީ ކޭބަލް އޮޕަރޭޝަނަލައިޒް ކުރަން ބޭނުންވާ ފައިސާ މި ސަރުކާރަށް ހަމަޖައްސައިނުދެވުމުން ކަމަށާއި، މީގެ ސަބަބުން އިންޓަނެޓްގެ އަގު ހެޔޮކުރުމަށް އޮތް ދޮރު ބަންދުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫގެ ޑްރަގު ލޯޑު، އަބުޗާ ޕެރޯލް ބޯޑުން ދޫކޮށްލައިފި

98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި 25 އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ އިބްރާހިމް (އަބުޗާ)، ގާނޫނާ ހިލާފަށް ޕެރޯލް ބޯޑުން ދޫކޮށްލައިފިއެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން އޭނާއަށް ޕެރޯލްގެ ފުރުސަތު ލިބެންޖެހެނީ ހުކުމުގެ ދެބައިކުޅަ އެއްބައި ކަމަށްވާ 12 އަހަރާއި ބައި ފުރިހަމަކުރުމުން ކަމަށްވިޔަސް، އޭނާ ދޫކޮށްލާފައިވަނީ އެ މުއްދަތު ހަމަނުވަނީހެވެ.

މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކުރީގެ ނައިބު ރައީސް އަދީބުގެ މަސްލަހަތު އޮތް މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. އެ ކުންފުންޏަށް އެސްއޯއެފް މެދުވެރިކޮށް 150,000 ޑޮލަރު ލިބިފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމަށްވެސް އޭސީސީން ވަނީ އެދިފައެވެ.

އައްޑޫ ހޮސްޕިޓަލުން އަގު ބޮޑުކޮށް ތަކެތި ގަތުމުން ބޮޑު ގެއްލުމެއް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގަތުމުގައި ބަލްކް ޑިސްކައުންޓް ނުލިބޭ ގޮތަށް ވަކިވަކި ޔުނިޓް އަގުގައި ތަކެތި ގަތުމާއި، ބީލަންތައް އިވެލުއޭޓް ކުރުމުގައި ގެންގުޅުނު ނުރަނގަޅު އުސޫލުތަކުގެ ސަބަބުން މިލިއަނުން ގެއްލުންވެފައިވާކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކޮށްފައިވޭ.

Newsletter

Get the latest news delivered straight to your inbox